Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިމާ އީގަލްސްއާ ދުރަށް

ނިމާ އީގަލްސްއާ ދުރަށް!

13 ސެޕްޓެމްބަރު 2022 | އަންގާރަ 09:06

އެހެން ކްލަބްތަކުގެ ހުށަހެޅުންތައް ވަނީ ލިބިފައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 13 ސެޕްޓެމްބަރު 2022 | އަންގާރަ 09:06
ކޯޗު އަހުމަދު ނިމާދު (ނިމާ): ފޮޓޯ-އީގަލްސް

ކޯޗު އަހުމަދު ނިމާދު (ނިމާ): ފޮޓޯ-އީގަލްސް

ކުޅުންތެރިއެއްގެ ގޮތުގައާއި, ކޯޗެއްގެ ގޮތުގައި އީގަލްސްގައި ކެރިއަރު ހޭދަކުރަމުން އައި އަހުމަދު ނިމާދު (ނިމާ) އީގަލްސްއާ ދުރަށް ޖެހިލައިފިއެވެ.

ކުޅުންތެރިއެއްގެ ގޮތުގައި އެންމެ އަހަރަކު ފިޔަވައި އީގަލްސްއަށް ކުޅެ, ކުޅުން ހުއްޓާލުމަށްފަހު އީގަލްސްގެ ކޯޗިން ޓީމްގައި މަސައްކަތްކުރަމުން އައި ނިމާ އީގަލްސްއާ ދުރަށް ޖެހިލީ މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއަރ ލީގުގެ ތެރެއިންނެވެ. ނިމާ ބުނީ ކުރިއަށް އޮތް ސީޒަންގައި އޭނާ އީގަލްސްއިން ފެނުމަކީ ދުރުކަމެއް ކަމަށެވެ. އީގަލްސްއާއެކު ގިނަ މަސައްކަތްތަކެއް ކުރެވި, އީގަލްސްގެ ފެންވަރުން ހޯދި ކާމިޔާބީތަކުގައިވެސް ހިއްސާވެވިއްޖެކަމަށް ނިމާ ބުންޏެވެ. ފުރަތަމަ ޑިވިޝަނާއި, ދެވަނަ ޑިވިޝަނުންވެސް ހުށަހެޅުންތަކެއް ލިބިފައިވާކަމަށާއި, މިހާރު ބޭނުންވަނީ އެހެން ޓީމަކާއެކު ތަޖުރިބާއެއް ކުރަންކަމަށް ނިމާ ބުންޏެވެ.

މިދިޔަ ސީޒަންގައި ދިވެހި ޕްރިމިއަރ އީގަލްސްއިން ފެށީ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރެ އީގަލްސްގެ ހެޑް ކޯޗުގެ ޒިންމާ ނަގަމުންނެވެ. ލީގުގެ ފުރަތަމަ ބުރު އީގަލްސް ކުޅުނީ ނިމާގެ އިރުޝާދުގެ ދަށުންނެވެ. ދެވަނަ ބުރުގެވެސް ބޮޑުބައިގައި ޓީމަށް އިރުޝާދުދިނީ ނިމާއެވެ. އެމުއްދަތުގައި އީގަލްސްގެ ފުރަތަމަ ޑިވިޝަންގެ ހަޔާތުގައިވެސް ވިދިވިދިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑެއް ހެދިއެވެ. ނިމާއާއެކު އީގަލްސްއިން ހޯދި ރަނގަޅު ނަތީޖާތަކާއެކު އެއްވަނާގައި އޮތް މާޒިޔާއާ ދެމެދު އޮތީ ފަސް ޕޮއިންޓްގެ ފަރަޤެކެވެ. ލީގުގެ ދެވަނަ ބުރުގައި މާޒިޔާ ބަލިކުރިއެވެ. ލީގުގައި މާޒިޔާ ބަލިކުރި ހަމައެކަނި ޓީމަކީވެސް އީގަލްސްއެވެ. އެކަމަކު ދެވަނަ ބުރުގެ ފަހު ހަތަރު މެޗާ ހަމައިން ނިމާ އީގަލްސްއާ ދުރަށް ޖެހިލީ ނުތަނަވަސްކަމަކާއެކުއެވެ. އެހިސާބުން އީގަލްސްގެ ކޯޗަކީ މުޙައްމަދު އާތިފްއެވެ. އާތީއާއެކު އީގަލްސްގެ ނަތީޖާތަށް ދަށްވިއެވެ. އެކަމަކު ނިމާ ޤަބޫލުކުރާ ގޮތުގައި އެއީ ކޯޗުގެ ސަބަބުން ވީގޮތެއް ނޫނެވެ. އެހެން ގިނަ މައްސަލަތަކެއް އެކުވެ ނަތީޖާތަކަށް އަސަރުކުރީކަމަށް ނިމާ ބުންޏެވެ.

ނިމާއާއެކު އީގަލްސްއިން ވަނީ ޔޫތު މުބާރާތްތަކުގައިވެސް ކާމިޔާބީތައް ހޯދާފައެވެ. އީގަލްސް އަޑިއަޅާލާ ކޮންމެ ވަގުތެއްގައި ޓީމް ކޮޅަށް ޖެހުމުގައި ކޯޗެއްގެ ގޮތުން އިސްނަގަނީ ނިމާއެވެ. 1998 ވަނަ އަހަރު ކުޅުންތެރިއެއްގެ ގޮތުގައި ނިމާ ފެށި ދަތުރުގައި އެއް އަހަރު ފިޔަވައި ހޭދަކުރީ އެކްލަބްގައެވެ. ކުޅުން ހުއްޓާލުމަށްފަހުވެސް ނިމާ ހުރީ އީގަލްސްގެ މީހެއްގެ ގޮތުގައެވެ.

ކުލަބު އީގަލްސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
09 ނޮވެމްބަރު 2025

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް
03 ނޮވެމްބަރު 2025

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު
28 އޮކްޓޯބަރު 2025

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި
02 އޮކްޓޯބަރު 2025

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

02 އޮކްޓޯބަރު 2025
ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ
29 ސެޕްޓެމްބަރު 2025

މުއިއްޒުގެ އާއިލީ ކުންފުނިން ފުރަތަމަ ޑިވިޝަންގެ ތިން ފުޓުބޯޅަ ކުލަބެއް ސްޕޮންސާކޮށްފި

29 ސެޕްޓެމްބަރު 2025
މުއިއްޒުގެ އާއިލީ ކުންފުނިން ފުރަތަމަ ޑިވިޝަންގެ ތިން ފުޓުބޯޅަ ކުލަބެއް ސްޕޮންސާކޮށްފި
25 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ބުރުން އީގަލްސްއާ އެއްވަރު ކޮށްފި

25 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ބުރުން އީގަލްސްއާ އެއްވަރު ކޮށްފި
16 ސެޕްޓެމްބަރު 2025

އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި

16 ސެޕްޓެމްބަރު 2025
އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި
14 ސެޕްޓެމްބަރު 2025

މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ

14 ސެޕްޓެމްބަރު 2025
މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ
01 ފެބުރުއަރީ 2024

ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި

01 ފެބުރުއަރީ 2024
ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް