Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ކަނޑު އަޑީގެ ދިރާސާ

ރާއްޖޭގެ ކަނޑުތައް ދިރާސާ ކުރާ ޓީމާ ރައީސް ބައްދައްލުކުރައްވައިފި

ރައީސް ވަނީ ރާއްޖޭގެ ހަތަރު އެކުއަނޯޓުންނާ ބައްދަލު ކުރައްވާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2022 | އަންގާރަ 02:52
ރައީސް ކުރެއްވި ޒިޔާރަތުގެ ތެރެއިން

ރައީސް ކުރެއްވި ޒިޔާރަތުގެ ތެރެއިން

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ރާއްޖޭގެ ކަނޑުތައް ދިރާސާކުރަމުންދާ ޓީމާ ރައީސް ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ.

ރައީސް މި ޓީމާ ބައްދަލުކުރެއްވީ ހޯމަ ދުވަހު ލ. ގަމުގައި ކުރިއަށްދިޔަ ވިއަވަތި ކޮންފަރެންސް ނިންމަވައިލެއްވުމަށްފަހުއެވެ. ޓީމާ ބައްދަލުކުރައްވަން ރައީސް ވަނީ މި މަސައްކަތްތައް ކުރިއަށްގެންދާ މަނަވަރަށް ވަޑައިގެން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

Advertisement - newsAdvertisement

ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސަރޗް ފައުންޑޭޝަނެއް ކަމަށްވާ "ނެކްޓަން" ގުޅިގެން ކުރިއަށްގެންދާ މި ދިރާސާ ފަށާފައިވަނީ ލ. އަތޮޅުގައެވެ. މި ދިރާސާގައި ބައިނަލްއަގުވާމީ ފަރާތްތަކާއި ދިވެހިން ހިމެނޭހެން 40 ސައިންސްވެރިންނާއި ތަޖުރިބާކަރުންގެ ޓީމެއް ހަރަކާތްތެރިވެއެވެ. މީގެ ތެރޭގައި 16 ދިވެހިން ހިމެނެއެވެ.

މި ދިރާސާ ކުރިއަށްގެންދާ މަނަވަރަށް ވަޑައިގެން ރައީސް ވަނީ ރާއްޖޭގެ ހަތަރު އެކުއަނޯޓުންނާ ވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން، ރައީސްއާ ބައްދަލުކުރެއްވި ހަތަރު އެކުއަނޯޓުން މިހާތަނަށް ކަނޑުގެ 500 މީޓަރު އަޑިއަށް ގޮސް ސާވޭތައް ކޮށްފައިވާ އެކައުނޯޓުން ކަމަށް ނެކްޓަންއިން މައުލޫމާތު ދެއެވެ.

ނެކްޓަންއިން ބުނީ މިހާތަނަށް ކުރެވުނު މަސައްކަތުން އެއްކޮށްފައިވާ ޑޭޓާ ރައީސްއާ ހިއްސާކޮށްފައިވާ ކަމަށާއި މިހާރު ކުރަމުން އަންނަނީ އެ ޑޭޓާ އެނަލައިޒް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި ދިރާސާގައި ހޯދާ ހުރިހާ ހޯދުންތަކަކީ ދިވެހި ސަރުކާރުގެ މިލްކިއްޔާތެއް ކަމަށް ވެސް ނެކްޓަންއިން ވަނީ ބުނެފައެވެ.

ރައީސް ކުރެއްވި މި ޒިޔާރަތްޕުޅުގައި އެމަނިކުފާނުގެ އަރިހުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ދެ މިނިސްޓަރުން ވެސް ނެކްޓަންގެ މަސައްކަތަކީ ރާއްޖެއަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ކުރާ ކަނޑުގެ އެންމެ ބޮޑު ދިރާސާއެވެ. މި ދިރާސާގައި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބިދޭ ގެއްލުން ކުޑަކުރާނެ ގޮތްތައް ދެނެގަނެ، ދިރާސާއިން ލިބޭ މަޢުލޫމާތު ސައިންސްވެރިންނާއި ޕޮލިސީ މޭކަރުންނާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދިރާސާގައި ކަނޑުގެ އެންމެ މަތީ ފަށަލައިން ފެށިގެން 1000 މީޓަރާއި ހަމައަށް ސާރވޭކުރާނެއެވެ. މި ދިރާސާގައި ކަނޑަށް ފޭބި އެންމެ ފުރަތަމަ ޓީމުގައި ދިވެހި ދެ އަންހެނުން ހިމެނެއެވެ. އެއީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް ޝާފިޔާ ނައީމް އާއި ނެކްޓަން މޯލްޑިވްސްގެ ރިސާޗު އެސިސްޓެންޓް، ފަރާހް އަމްޖަދުއެވެ.

35 ދުވަހަށް ކުރިއަށްގެންދާ މި ދިރާސާގައި ބޭނުން ކުރަނީ ކަނޑުގެ އެންމެ ފުނަށްދެވޭ ޒާތުގެ ސަބްމާރސިބަލްއާއި ރޮބޮޓިކް ސިސްޓަމްތައް ބޭނުންކޮށްގެންނެވެ.

މި މިޝަންގެ ސަބަބުން ދެމެހެއްޓެނިވި ގޮތަކަށް ރާއްޖޭގެ އިޤްތިޞާދާއި​​ އާމްދަނީ ލިބޭނެ ގޮތްތައް ފުޅާކުރުމާއެކު، ކަނޑުތަކުގެ ވިލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މެރިން ޕްރޮޓެކްޓެޑް އޭރިއާޒް ޤާއިމްކުރުމަށް ބޭނުންވާ މަޢުލޫމާތު ލިބިގެންދާނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުކްލައިމެޓް ޗޭންޖް

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު