Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން

6 މޭއިގައި ރައީސް ނަޝީދަށް ދިން ހަމަލާގެ ސަބަބުން ބުރަ ބޮޑުވީ ރައްޔިތުންގެ ޖީބަށް: މާރިޔާ

ހަމަލާތަކުގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކުރަން ޖެހޭ ޚަރަދު އިތުރުވެގެންދޭ: މާރިޔާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ސެޕްޓެމްބަރު 2022 | ހޯމަ 04:59
ވިއަވަތި ރާއްޖެ މަހާސިންތާގެ ތެރެއިން

ވިއަވަތި ރާއްޖެ މަހާސިންތާގެ ތެރެއިން

މިދިޔަ އަހަރުގެ މޭއި މަހުގެ 6ގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުން ބުރަ ބޮޑުވީ ރައްޔިތުންގެ ޖީބަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ވިއަވަތި މަހާސިންތާގެ ތެރެއިން "ރާއްޖެ އެމްވީ" އަށް ދެއްވި ބަސްތީގަތުމެއްގައި މާރިޔާ ވިދާޅުވީ އެފަދަ ހަމަލާތަކުގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކުރަން ޖެހޭ ޚަރަދު އިތުރުވެގެންދާ ކަމަށެވެ. އަދި ދައުލަތުގެ އިސް މުއައްސަސާތަކުގެ އިސް ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކުރަން ޖެހޭ މަސައްކަތް ވެސް އެފަދަ ހަމަލާތަކުގެ ސަބަބުން އިތުރުވެގެންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހަރުކަށިފިކުރުގެ މައްސަލަ އަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ސީރިއަސް އެއް މައްސަލަަކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ އެފަދަ ކަންކަން އެންމެ ފަސޭހައިން ދެނެގަނެވޭނީ ކައިރީގައި އުޅޭ ފަރާތްތަކަށް ކަމަށް ވިދާޅުވެފައެވެ. އެފަދަ އަމަލަކަށް ހުށަހެޅިދާނެ ކަމަށް ބެލެވޭ ހިސާބުން ފެށިގެން ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސް، އެ ފަދަ މީހުންނަށް ދީނީ ގޮތުންނާއި އެހެން ގޮތްގޮތުން ދޭން ޖެހޭ ރަނގަޅު މައުލޫމަތު ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ގޮތުން "ރާއްޖެ އެމްވީ" އަށް  ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ ހަރުކަށިފިކުރުގެ ސަބަބުން ހިނގާ މައްސަލަތަކާއި ގުޅިގެން ގައުމީ ދިފާއީ ބާރުން އަދާކުރަނީ ރެސްޕޯންސިވް ދައުރެއްކަމަށެވެ. އެފަދަ ހަމަލާއެއް ދީފި ހާލަތެއްގައި އެކަމަށް އިޖާބަ ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ޝަމާލް ވިދާޅުވިއެވެ. މީގެ އިތުރުން ފަންނީ ގާބިލް މީހުން އިތުރު ކުރުމަށް ދިފާއީ ބާރުގެ ތެރެއިން ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަން އޭނާ ވަނީ ވިދާޅުވެފައެވެ.

ޝަމާލް ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އެމްއެންޑީއެފް އިން ދެމުންދާ ޚިދުމަތްތައް ފުޅާކޮށް، ހަރުދަނާކުރުމަށް ވެސް މަސައްކަތްކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ދިފާއީ ބާރުގެ ސަރަހައްދީ ބާރުވެރިކަން އިތުރުކުރުމަށް އިސްކަން ދެއްވާ ކަމަށް ޝަމާލް ވަނީ ވިދާޅުވެފައެވެ.

ވިއަވަތި ރާއްޖެވިއަވަތި ރާއްޖެ ކޮންފަރެންސްމިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

އިތުރަށް ކިޔާލަން

11 މެއި 2024

ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ

11 މެއި 2024
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
12 ސެޕްޓެމްބަރު 2023

ދިވެހި ސިފައިންގެ ބާރު ނުހިނގާ އެއްވެސް އަސްކަރީ މަރުކަޒެއް ރާއްޖޭގައި ނުހުންނާނެ - ޝަމާލް

12 ސެޕްޓެމްބަރު 2023
ދިވެހި ސިފައިންގެ ބާރު ނުހިނގާ އެއްވެސް އަސްކަރީ މަރުކަޒެއް ރާއްޖޭގައި ނުހުންނާނެ - ޝަމާލް
30 އޯގަސްޓު 2023

އިދިކޮޅު ފަރާތްތަކުން، އިންތިޚާބު އޮޅުވާލާނެ ކަމަށް ތުހުމަތުކުރަނީ ބަލިވާނެކަން ޔަގީންވާތީ: މާރިޔާ

30 އޯގަސްޓު 2023
އިދިކޮޅު ފަރާތްތަކުން، އިންތިޚާބު އޮޅުވާލާނެ ކަމަށް ތުހުމަތުކުރަނީ ބަލިވާނެކަން ޔަގީންވާތީ: މާރިޔާ
29 އޯގަސްޓު 2023

ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ދާއިރާގެ ކަންކަމުގެ ތެރޭގައި ނޯންނާނެ: މާރިޔާ

29 އޯގަސްޓު 2023
ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ދާއިރާގެ ކަންކަމުގެ ތެރޭގައި ނޯންނާނެ: މާރިޔާ
11 އޯގަސްޓު 2023

އިދިކޮޅު ލީޑަރޝިޕުން ހިތްވަރު ލިބިގެން ވިލިނގިލީގައި ޕީޕީއެމްގެ ސަޕޯޓަރުން ކުރި ކަންކަން ރައީސްގެ ކެމްޕޭން އޮފީހުން ކުށްވެރިކޮށްފި

11 އޯގަސްޓު 2023
އިދިކޮޅު ލީޑަރޝިޕުން ހިތްވަރު ލިބިގެން ވިލިނގިލީގައި ޕީޕީއެމްގެ ސަޕޯޓަރުން ކުރި ކަންކަން ރައީސްގެ ކެމްޕޭން އޮފީހުން ކުށްވެރިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު