Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގައުމީ އެސިސްޓެންޓް ކޯޗު އިސްތިއުފާ ދިނުން

ސިމާއޯ ކޮސްޓާގެ އިސްތިއުފާއިން ބުނެދެނީ އެފްއޭއެމްގެ ފީކަޅާ ވާހަކަތަ؟

މިފަހަކަށް އައިސް އެފްއޭއެމްގެ މާލީ މައްސަލަތަކުގެ ވާހަކައަކީ ވަރަށް ގިނައިން އިވެމުންދާ ވާހަކައެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2022 | އާދީއްތަ 07:37
އެފްއޭއެމްގެ ރައީސް ބައްސާމް އަދި ޤައުމީ ޓީމުގެ ކުރީގެ ކޯޗު ސިމާއޯ ކޮސްޓާ

އެފްއޭއެމްގެ ރައީސް ބައްސާމް އަދި ޤައުމީ ޓީމުގެ ކުރީގެ ކޯޗު ސިމާއޯ ކޮސްޓާ

މިފަހަކަށް އައިސް ރާއްޖޭގެ ފުޓުބޯޅައިގެ ހިންގުން ބޮއްސުންލާފައިވާ ވާހަކައަކީ ގިނަ މީހުން ދައްކާ ވާހަކައެކެވެ. ދިވެހި ފުޓުބޯޅަ ކުރި ނާރަނީ، ހަރުދަނާ ސިޔާސަތުތަކެއް ނެތުމުން ކަމަށް ގިނަ  މީހުން ބުނެއެވެ. އެވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ލިބެނީ ދޭތެރެއިން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ގުޅުވައިގެން ދެކެވޭ ވާހަކަތަކުންނެވެ. ގިނައިން ދެކެވެނީ މާލީ ގޮތުން ދެކެވޭ އަސާސީ ވާހަކަތަކެވެ.

މާލީ މައްސަލަތައް ކުރިމަތިވެފައިވާ އެފްއޭއެމަށް މިއަހަރުގެ ތެރޭގައި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ހުކުމްތަކެއް ވެސް ވަނީ ކުރިމަތިވެފަ އެވެ. ފުރަތަމަ އެންގުމަކީ ޤައުމީ ޓީމުގެ ކުރީގެ ކޯޗަކަށް ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަން އަށް ބަދަލު ދޭން އެންގި އެންގުމެވެ.

ޤައުމީ ކޯޗަކަށް ކޫޕްމަން ހަމަޖައްސާފައިވަނީ 2020 ވަނަ އަހަރުގެ ކުރީކޮޅުއެވެ. ކޫޕްމަންގެ އިރުޝާދުގެ ދަށުން ޤައުމީ ޓީމުން ރަސްމީ އެއްވެސް މެޗެއް ނުކުޅެ އޮއްވާ، އެފްއޭއެމުން ވަނީ އޭނާގެ އެއްބަސްވުން އައުކޮށްފައެވެ. އިތުރު ތިން އަހަރަށް ކޫޕްމަން ޤައުމީ ޓީމުގައި ބަހައްޓަން ނިންމިތާ މާގިނަ ދުވަހެއްނުވެ އޭނާގެ އެއްބަސްވުން އުވާލި އެވެ. އެއީ ވޯލްޑްކަޕް ކޮލިފައިންގައި ކުޅުނު ތިން މެޗަށްފަހު ކުރި އެސެސްމަންޓަށް ބަލާފައި ކަމަށް އެފްއޭއެމުން ބުނެ އެވެ. ސެންޓްރަލައިޒްކޮށް ދުބާއީގައި ކުޅުނު ތިން މެޗުގެ ތެރެއިން ރާއްޖެ ވަނީ ދެ މެޗުން ބަލިވެ، އެއް މެޗުން އެއްވަރުވެފައެވެ. ރާއްޖެ ބަލިވެފައިވަނީ ސީރިއާ އަތުން 4-0 އިން އަދި ޗައިނާ އަތުން 5-0 އިންނެވެ. ކޮލިފައިންގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ އެއްވަރުވީ 1-1 އިންނެވެ. މި މެޗުތަކަށްފަހު އެއްބަސްވުން 2021 ވަނަ އަހަރު އުވާލީ ދެ ފަރާތް އެއްބަސްވުމަކަށް އާދެވިގެން ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ.

ނަމަވެސް ކޫޕްމަންގެ ވާހަކަ ތަފާތެވެ. މަގާމުން ވަކިކުރުރީ އެއްބަސްވުމާ ޚިލާފަށްކަމަށް ބުނެ، ކޫޕްމަން އެފްއޭއެމްގެ މައްސަލަ ފީފާ އަށް ހުށަހެޅިއެވެ. މައްސަލަ ބެލުމަށްފަހު ފީފާއިން އެފްއޭއެމަށް އެންގީ 45 ދުވަހުގެ ތެރޭގައި ކޫޕްމަންއާއެކު ހެދި އެއްބަސްވުމުގެ މުއްދަތަށް ބަދަލު ދިނުމަށެވެ. މި ބަދަލުގެ އަގު 2.5 މިލިއަން ރުފިޔާ އަށް އަރައެވެ. މި ފައިސާ މުއްދަތަށް ނުދައްކައިފިނަމަ، ފީފާ އިން އެފްއޭއެމަށް ދޭ ބަޖެޓުން އެ އަދަދު އުނިކުރާނެ ކަމަށް ވެސް އެންގިއެވެ.

އެފްއޭއެމް ގޮވައިގެން ފައިސާ ހޯދަން ދެ ވަނަ އަށް މައްސަލަ ޖެއްސީ ކޫޕްމަންގެ އެސިސްޓެންޓް ކޯޗު ހޮލެންޑްގެ ރެނޭ ހިޑިންކެވެ. އޭނާގެ އެއްބަސްވުން އެފްއޭއެމުން އުވާލީ ވެސް ތިން އަހަރަށް އެއްބަސްވުން އައު ކުރުމަށްފަހު، މާގިނަ ދުވަހެއްނުވަނީހެވެ. އޭނާގެ ފަރާތުން އެ މައްސަލަ ޖެއްސުމުން، ރެނޭ އަށް ވެސް އެފްއޭއެމުން ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ ދޭން ފީފާއިން ހުކުމްކުރި އެވެ.

ދެން ފެނިގެންދިޔައީ ޤައުމީ ޓީމުގެ މިހާރުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އެސިސްޓެންޓަކަށް ހުރި ސިމާއޯ ކޯސްޓާ އެފްއޭއެމުން މުސާރަ ނުދޭ ކަމަށް ބުނެ އިސްތިއުފާ ދިން މަންޒަރެވެ. އޭނާ ބުނާ ގޮތުން ފާއިތުވެދިޔަ ހަތް މަސްދުވަހު އޭނާ ރާއްޖޭގައި ހުރީ މުސާރަ ނުލިބި އެވެ. އެކަމަކު މިގޮތަށް މަސައްކަތް ކުރެވެން ނެތުމުން ގައުމީ ޓީމާ ވަކިވީ ކަމަށެވެ. އަދި ފީފާ އަށް މައްސަލަ ހުށަހަޅާނެ ކަމަށް އޭނާ ފޭސްބުކްގައި ދައްކާފައިވާ ވާހަކަތަކުން ޔަގީންކުރެވެ އެވެ. ސިމާއޯ އަށް އެފްއޭއެމުން ދޭން ޖެހޭނީ ކިހާވަރެއްގެ ފައިސާއެއްކަން އެނގޭނީ ފީފާގެ ހުކުމް އައުމުންނެވެ.

ކަން މިހެންއޮއްވައި ދެން ފެނިގެން ދިޔައީ އަންހެން ޤައުމީ ޓީމުގެ ކޯޗަކަށް ހުރި ޑޭވޯ ބާބާގެ ވާހަކައެވެ. ސާބިއާގެ ކޯޗާއެކު ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިގެން ކުރިއަށް ގެންދިޔައީ މިހާރު ކުރިއަށްދާ އަންހެން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށެވެ. އޭނާގެ އިރުޝާދުގެ ދަށުން ޤައުމީ އަންހެން ޓީމުން ވަނީ ފެބްރުއަރީ މަހު އެކުވެރިކަމުގެ ތިން މެޗު ކުޅެފައެވެ. އެއީ ސީޝެލްސްއާ ދެކޮޅަށް ކުޅުނު ދެ މެޗާއި، ސައުދީ އަރަބިއާއާ ދެކޮޅަށް ކުޅުނު މެޗެވެ. ފުރަތަމަ މެޗުގައި ރާއްޖެއިން ވަނީ 1-0 އިން ސީޝެލްސް ބަލިކޮށްފައެވެ. ދެ ވަނަ މެޗުގައި ސީޝެލްސް އަތުން 4-0 އިން ބަލިވިއިރު، ފަހު މެޗުގައި ސައުދީ އަތުން ވަނީ 2-0 އިން ބަލިވެފައެވެ.

ބާބާއާއެކު ފަރިތަކުރުން ފަށައި، ސާފް ޗެމްޕިއަންޝިޕްގައި ރަނގަޅު ނަތީޖާއެއް ނެރުމުގެ މަސައްކަތް ފެށިއިރު، މިހާރު ކޯޗު ވީ ތަނެއް ނޭނގެއެވެ. ނޭޕާލްގައި މިހާރު ކުރިއަށްދާ އަންހެން ސާފް ޗެމްޕިއަންޝިޕްގައި ޤައުމީ ޓީމަށް އިރުޝާދު ދެނީ އަހުމަދު ޝަރީފް (ޑުންގާ)އެވެ.

މިފަދަ ކަންކަމުން އެނގެނީ އެފްއޭއެމްގައި މާލީ މައްސަލަތަކާއެކު ހަރުދަނާ ސިޔާސަތެއް ވެސް ނެތްކަން ކަމަށް ފުޓްބޯޅައިގައި ހަރަކާތްތެރިވާ ގިނަ މީހުން ބުނެ އެވެ.

އަދި އެފްއޭއެމުން މުސާރަ ނުދޭކަމުގެ ޝަކުވާ އަކީ ވަރަށް ގިނައިން އިވޭ ޝަކުވާއެކެވެ. މުސާރަ ނުދެވި ދެ މަސް ދުވަހަށް ލަސްވެގެންދެއެވެ. އެންމެ ފަހުން އެފްއޭމުން ބޭއްވި ކޮންގްރެސްގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ފާސްކުރެވުނު ބަޖެޓާއެކު އެފްއޭއެމްގެ މާލީ މައްސަލަތައް ހައްލުވާނެކަމަށެވެ. ނަމަވެސް އޭގެ ފަހުން ވެސް ހައްލެއް އައި މަންޒަރު ފެންނާކަށްނެތެވެ. މުސާރަ ނުދީގެން ކޯޗުން އިސްތިއުފާދިނުން ހުއްޓުމަކަށްނާދެ އެވެ.

ސިމާއޯ ކޮސްޓާފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ބައްސާމް އަދީލް ޖަލީލްކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު