Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިއަވަތި ރާއްޖެ ކޮންފަރެންސް

އެލްޖީއޭއާ މެދު ކައުންސިލްތަކުން ދެކޭ ގޮތް ބަދަލުވުމަކީ މުހިންމު ކަމެއް: އަފްޝަން

އެލްޖީއޭ އަކީ ކައުންސިލްތަކުގެ އެހީތެރިއެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2022 | އާދީއްތަ 04:49
އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު ފާޠިމަތު އަފްޝަން ލަތީފް

އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު ފާޠިމަތު އަފްޝަން ލަތީފް

އެލްޖީއޭއާ މެދު ކައުންސިލްތަކުން ދެކޭ ގޮތް ބަދަލުވުމަކީ މުހިންމު ކަމެއް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު ފާޠިމަތު އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަފްޝަން ވިދާޅުވީ އެލްޖީއޭ އަކީ ކައުންސިލްތަކުގެ އެހީތެރިއެއް ކަމަށާއި އެކުވެރިއެއް ކަމަށެވެ. އަދި އަމާޒަކީ ކައުންސިލްތަކާއި އޮތް ގުޅުން ބަދަހި ކުރުން ކަމަށެވެ.

Advertisement - newsAdvertisement

8 މޮނީޓަރިންގް ރިޕޯޓު ނިމިފައިވާއިރު އެފަދަ ކަންތައްތަކަކީ ކައުންސިލްތައް ކުށްވެރިކޮށް، ކުށް ހޯދުން ނޫންކަން ފާހަގަކުރައްވާ އަފްޝަން ވިދާޅުވީ މިފަދަ ރިޕޯޓްތައް ހެދުމުގެ ބޭނުމަކީ ރަނގަޅު ކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދައިދީ އެކަމަށް ޖާގަ ތަނަވަސްކޮށްދިނުން ކަމަށެވެ.

ފާއިތުވި އަހަރު 98 ކައުންސިލަކާއި ބައްދަލުކުރެއްވި ކަމަށާއި މިއަހަރު ވެސް ގިނަ ކައުންސިލްތަކާ ބައްދަލުކުރައްވާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.

އަދި ވިއަވަތި ރާއްޖެ ކޮންފަރެންސަކީ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރުމަށް ކުރިއަށްގެންދާ މުހިންމު މަހާސިންތާއެއް ކަމަށް އަފްޝަން ވިދާޅުވިއެވެ.

ފަނޯއްލަ ދަރުބާރާއި ވިއަވަތި ކޮންފަރެންސް ބާއްވައިގެން ލިބޭ ނަތީޖާއަކީ ކޮބައިތޯ ވަރަށް ގިނަ މީހުން ސުވާލު ކުރާ ކަމަށާއި އިސްކުރެވުނީ ފުދުންތެރިކަމާއި މާލީ ބާރުވެރިކަން އަފްޝަން ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ދީފައިވާ ބާރުތަކަށް ހުރަސް އަޅާ ޤާނޫނުތައް ދެނެގަތުންކަން ފާހަގަކުރައްވާ އަފްޝަން ވިދާޅުވީ އެކަމުގެ މައްޗަށް ބިނާކޮށް ޤާނޫނުތައް އިސްލާހުކުރުމަށް މަޖިލީހަށް ހުށަހެޅިފައިވާ ކަމަށް އަދި ހުށަހަޅަމުންދާ ކަމަށެވެ.

އަފްޝަން އިތުރަށް ވުދާޅުވީ ކައުންސިލްތަކަށް ތަމްރީން ޕްރޮގްރާމުތައް ހިންގާފައިވާ ކަމަށާއި މާލީ ކަންކަމާއި ގުޅޭ ހަތް ދުވަހުގެ ޕްރޮގްރާމެއް މިދިޔަ ހަފްތާގައި ވެސް ހިންގާފައިވާ ކަމަށެވެ.

ދުނިޔޭގެ ތަހުޒީބީ ޤައުމުތަކުގައި ވެސް ލާމަރުކަޒީ ނިމާޒު ފުރިހަމަ ކުރުމަށް ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށާއި އެފަދައިން ރާއްޖޭގައި ވެސް މި ނިޒާމު ފުރިހަމަ ކުރުމަށް ގިނަ މަސައްކަތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަނޯއްލަ ދަރުބާރަށް ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށާއި ތަފާތު ޚިޔާލުތަކާއި ވިސްނުންތަކާއެކު އެކި ކަންތައްތަކުގެ މައްޗަށް މަޝްވަރާ ކުރުމަކީ މި މަހާސިންތާގެ އަމާޒު ކަމަށް ވެސް އަފްޝަން އިތުރަށް ވިދާޅުވިއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްއެލްޖީއޭއަފްޝަން ލަތީފް

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

25 ސެޕްޓެމްބަރު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އާއްމުކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވޭ، މިއީ ކަންބޮޑުވާ މައްސަލައެއް: ކޮލަމާފުށި ކައުންސިލް

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އާއްމުކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވޭ، މިއީ ކަންބޮޑުވާ މައްސަލައެއް: ކޮލަމާފުށި ކައުންސިލް

19 ސެޕްޓެމްބަރު 2025
ހޯހޯއެވެ! ބޮޑު ޚަރަދު ކޮށްފައި ވައުދު ފުއްދުނު ވަރު ބަލަން އަންނާނެ ކަމެއްނެތް.

ހޯހޯއެވެ! ބޮޑު ޚަރަދު ކޮށްފައި ވައުދު ފުއްދުނު ވަރު ބަލަން އަންނާނެ ކަމެއްނެތް.

18 ސެޕްޓެމްބަރު 2025
ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި

ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި

12 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު