Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމީރާގެ ތަފާސްހިސާބު

އޮގަސްޓް މަހު މީރާއަށް 1.32 ބިލިއަން ރުފިޔާ

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއަރޕޯޓް ސަރވިސް ޗާޖު އިތުރުވުމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ސެޕްޓެމްބަރު 2022 | ހުކުރު 10:02
މީރާ

މީރާ

މިއަހަރުގެ އޮގަސްޓުމަހު މީރާއަށް 1.32 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 3.6 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 5.9 އިންސައްތަ އިތުރު އަދަދެއް ކަމަށް މިރާ އިން ބުނެއެވެ.

މީރާ އިން ބުނީ މިދިޔަ އަހަރުގެ އޮގަސްޓުމަހު ލިބުނު އާމްދަނީއާ އަޅައިބަލާއިރު މިއަހަރުގެ އޮގަސްޓްމަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށެވެ. އަދި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު އަންދާޒާކޮށްފައިވާ މިންވަރަށްވުރެ 5.4 އިންސައްތަ އިތުރުވެފައިވާތީއެވެ.

މިކަމުގެ ސަބަބުން ޓި.ޖީ.އެސް.ޓީ އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ. މިއަހަރުގެ އޮގަސްޓްގެ އާމްދަނީ އިތުރުވުމުގެ ސަބަބުތަކުގެ ތެރޭގައި، އިންކަމް ޓެކްސްގެ ކުރީގެ ޑެޑްލައިންތަކުގައި ލިބެންޖެހޭ އާމްދަނީ އޮގަސްޓު މަހުގައި ލިބިފައިވުން ހިމެނޭ ކަމަށް މީރާ އިން ބެނެއެވެ. މީގެއިތުރުން، މިއަހަރުގެ އޮގަސްޓްގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ މިދިޔަ އަހަރުގެ އޮގަސްޓުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު މިއަހަރުގެ އޮގަސްޓުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެއްކަމަށްވެސް މީރާއިން ވިދާޅުވެއެވެ. މި ފީ މިދިޔަ އަހަރުގެ އޮގަސްޓުގައި ލިބިފައެއް ނުވެއެވެ.

މިއަހަރުގެ އޮގަސްޓްގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ ޖުމަލް އާމްދަނީގެ 645.81 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އިންކަމް ޓެކްސްގެ ގޮތުގައި 263.86 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.50 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 73.09 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 69.43 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ޖުމްލަ 196.28 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ހާމަކުރެއެވެ.

އޮގަސްޓްމަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 46.10 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ

އިތުރަށް ކިޔާލަން

13 ޖުލައި 2025

މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި

13 ޖުލައި 2025
މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި
13 ސެޕްޓެމްބަރު 2023

އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި މީރާއަށް 1.6 ބިލިއަން ރުފިޔާ

13 ސެޕްޓެމްބަރު 2023
އޮގަސްޓު މަހު އާމްދަނީގެ ގޮތުގައި މީރާއަށް 1.6 ބިލިއަން ރުފިޔާ
12 ޖެނުއަރީ 2023

ފައިސާގެ އިނާމުތަކާއެކު، "ކޮބާ ރަސީދު؟"ގެ ނަމުގައި މީރާގެ ކެމްޕޭނެއް

12 ޖެނުއަރީ 2023
ފައިސާގެ އިނާމުތަކާއެކު، "ކޮބާ ރަސީދު؟"ގެ ނަމުގައި މީރާގެ ކެމްޕޭނެއް
04 އޯގަސްޓު 2022

ގްރީން ޓެކްސްގެ މައްސަލަ ހައްލުކުރަން މަޖިލީހަށް ބިލެއް ހުށަހަޅަނީ

04 އޯގަސްޓު 2022
ގްރީން ޓެކްސްގެ މައްސަލަ ހައްލުކުރަން މަޖިލީހަށް ބިލެއް ހުށަހަޅަނީ
08 ޖުލައި 2022

ޖޫން މަހު މީރާއިން 2.32 ބިލިއަން ރުފިޔާ ބަލައިގަނެފި

08 ޖުލައި 2022
ޖޫން މަހު މީރާއިން 2.32 ބިލިއަން ރުފިޔާ ބަލައިގަނެފި
06 ޖުލައި 2022

ޓެކްސް ކްލިއަރެންސް ރިޕޯޓް އެކި ފަރާތްތަކުން ފޯޖްކޮށް ދައުލަތުގެ އިދަރާތަކަށް ހުށަހަޅަމުންދޭ: މީރާ

06 ޖުލައި 2022
ޓެކްސް ކްލިއަރެންސް ރިޕޯޓް އެކި ފަރާތްތަކުން ފޯޖްކޮށް ދައުލަތުގެ އިދަރާތަކަށް ހުށަހަޅަމުންދޭ: މީރާ
10 ޖޫން 2022

މެއި މަހު ދައުލަތަށް 1.28 ބިލިއަން ރުފިޔާ ލިބިއްޖެ

10 ޖޫން 2022
މެއި މަހު ދައުލަތަށް 1.28 ބިލިއަން ރުފިޔާ ލިބިއްޖެ
13 މެއި 2022

އެޕްރީލް މަހު މީރާއިން 1.63 ބިލިއަން ރުފިޔާ ބަލައިގެންފި

13 މެއި 2022
އެޕްރީލް މަހު މީރާއިން 1.63 ބިލިއަން ރުފިޔާ ބަލައިގެންފި
10 އެޕްރީލު 2022

މާރޗް މަހު މީރާއަށް 2.18 ބިލިއަން ރުފިޔާ

10 އެޕްރީލު 2022
މާރޗް މަހު މީރާއަށް 2.18 ބިލިއަން ރުފިޔާ
01 އެޕްރީލު 2022

މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް 16 ބިލިއަން ރުފިޔާ ހޯދަން ޖެހޭ: މީރާ

01 އެޕްރީލު 2022
މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް 16 ބިލިއަން ރުފިޔާ ހޯދަން ޖެހޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު