Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕްރޮޖެކްޓްތައް މަޑުޖައްސާލުން

އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލުމުގެ ވިސްނުމެއް ނެތް – އަމީރު

2022 ވަނަ އަހަރުގެ ބަޖެޓް ޕްލޭންއާއެކު ކުރިއަށްދިއުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2022 | ހުކުރު 08:40
ށ. ޅައިމަގު ބަނދަރު ހެދުމުގެ މަސައްކަތް

ށ. ޅައިމަގު ބަނދަރު ހެދުމުގެ މަސައްކަތް

ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުން ބައެއް ޕްރޮޖެކްޓްތައް މަޑުޖައްސާލި ނަމަވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ބަޖެޓް ޕްލެނާއި އެއްގޮތަށް ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ 2022 ވަނަ އަހަރުގެ ބަޖެޓު ޕްލޭނާއެކު ކުރިއަށްދިއުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި ކޮންމެވެސް ވަރަކަށް ބަޖެޓްގައި ހިމެނޭ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ޓެންޑަރު ކުރުމާއި، މި ކަންތައްތައް ކޮންމެވެސް ވަރަކަށް މަޑުޖައްސާލައިގެން ކުރިއަށްދާ ކަމަށާއި، އެއީ ދައުލަތަށް ނުވަތަ ސަރުކާރަށް ލިބޭ އާމްދަނީ ޔަގީކުރެވޭ ހާލަތަކަށް ދިޔާމަ ކޮންމެވެސް ވަރަކަށް ޓެންޑަރުކޮށްފައި ދެންހުރި ބައިތައް މަޑުކޮށްގެން، އެގޮތަށް މެނޭޖްކުރަމުން ގެންދަވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޖޫން މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތުގެ ރިކަރެންޓް ޚަރަދު، ލިބޭ އެއްޗަކުން ހަމަޖެއްސުން އެއީ ކުރައްވާނެ ކަމެއް ކަމަށާއި، އެގޮތަށް އަމާޒުހިފައި، އެގޮތަށް ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ޚަރަދު ކުޑަކުރުމުގެ ގޮތުން އެޅިފައިވާ ފިޔަވަޅުތަކުން ބަޖެޓް ކުރެވިފައި އޮތް، މޭ މަހުގެ ނިޔަލަށް 15.1 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް، މޭ މަސް ނިމުނުއިރުގައި ޚަރަދުކުރީ 14.1 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޚަރަދުތައް ކުޑަކުރެވިއްޖެ ކަމަށާއި، އަދި ބައެއް އައު މަޝްރޫޢުތައް ފެށުންވެސް ހުއްޓާލާފައިވާ ކަމަށެވެ. އަދި އިތުރު އައު ބޮޑު މަޝްރޫޢެއް، އަލުން ސޮއިކޮށްގެން، އަލުން ލޯނު ނަގައިގެން މިވަގުތަކު ކުރިއަކަށް ގެންދިޔުމުގެ ވިސްނުންފުޅެއް ނެތް ކަމަށާއި، މިހާރު ހަމަޖެހިފައި ހުރި ލޯނުތަކާ އެކީގައި މަޝްރޫޢުތައް ކުރިއަށްދާނެ ކަމަށެވެ.

ފާސްކުރި 2022 ވަނަ އަހަރުގެ ބަޖެޓުގައި ޑެބްޓް ފައިނޭންސިންގ ގެޕަކީ ގާތްގަނޑަކަށް 9.8 ބިލިއަން ރުފިޔާ ކަމަށާއި، އިތުރަށް ހޯދަންޖެހެނީ 2 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެތެރެއިން 7.9 ބިލިއަން ރުފިޔާ ސެކުއަރ ކުރެވިފައި އެބަހުރި ކަމަށާއި، އިތުރަށް ހޯދަން ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށެވެ. އަދި ސުވާލަކީ، އެ ނުލިބިއްޖިއްޔާ ދެން ކިހިނެއްތޯ ހަދާނީ ކަމަށާއި، ކުރަންޖެހޭނެ ކަމަކީ، ބައެއް މަޝްރޫޢުތައް ހުއްޓާލުން އަދި ޚަރަދުތައް ކުޑަކޮށްފައި، ލިބޭ އެއްޗަކުން ދެކޮޅުޖެއްސުން ކަމަށާއި، އެކަން ކުރައްވާނެ ކަމަށް ވެސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ.

ތަރައްގީގެ މަޝްރޫއުފިނޭންސް މިނިސްޓްރީފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ގދ.ރަތަފަންދޫގައި ވެސް މަޝްރޫއުތައް ހުއްޓިފައި : އާއްމުންގެ ކަންބޮޑުވުންތައް ބަންޑުން

ގދ.ރަތަފަންދޫގައި ވެސް މަޝްރޫއުތައް ހުއްޓިފައި : އާއްމުންގެ ކަންބޮޑުވުންތައް ބަންޑުން

29 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު