Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އިސްތިއުފާދިނުން

މުސާރަ ނުދޭތީ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އިސްތިއުފާ ދީފި

އެފްއޭއެމްއިން ކޮސްޓާއަށް އެންމެ ފަހުން މުސާރަ ދިނީ މިދިޔަ ޖެނުއަރީ މަހު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 20:56
އެސިސްޓެންޓް ކޯޗު ސިމާއޯ ކޯސްޓާ އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެސިސްޓެންޓް ކޯޗު ސިމާއޯ ކޯސްޓާ އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު ސިމާއޯ ކޮސްޓާއަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މުސާރަ ނުދޭތީ އޭނާ މަގާމުން އިސްތިއުފާ ދީފިއެވެ.

މަގާމުން އިސްތިއުފާ ދިންކަން ކޮސްޓާ އިއުލާނުކުރީ ބުރާސްފަތި ދުވަހުގެރޭ ދަންވަރު, ފޭސްބުކްގައި އޭނާ ކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ކޮސްޓާ ބުނީ މަގާމުން އިސްތިއުފާދިނީ ފީފާގެ ގަވައިދުތަކާއި އެއްގޮތަށް ކަމަށެވެ. އަދި މިގޮތަށް ނިންމީ އޭނާއަށް އެފްއޭއެމްއިން ދޭން ޖެހޭ މުސާރަ ނުދޭތީ ކަމަށް ކޮސްޓާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ކޮސްޓާ އިތުރަށް ބުނީ މުސާރަ ނުލިބުނު ނަމަވެސް ފާއިތުވި ހަތް މަސް ދުވަހު އޭނާ ވަރަށް ކެތްކުރި ކަމަށެވެ. އަދި އެފްއޭއެމްއިން އޭނާއަށް އެންމެ ފަހުން މުސާރަދިނީ މިދިޔަ ޖެނުއަރީ މަހުގައި ކަމަށްވެސް ކޮސްޓާ ބުންޏެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމާއި ކޮސްޓާ ހަވާލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭގެ ފަހުން ކުޅުނު އޮފިޝަލް ހަތަރު މެޗުގެ ތެރެއިން ދެމެޗުން ރާއްޖެ މޮޅުވިއެވެ. އަނެއް ދެ މެޗުން ބަލިވީއެވެ.

ކޮސްޓާ ބުނީ އޭނާގެ ތަޖުރިބާއާއި ހުނަރު ބޭނުންކޮށްގެން ރާއްޖޭގެ ޓީމަށް ރަނގަޅު ނަތީޖާ ނެރެދެން މަސައްކަތްކޮށްފައި ވާނެކަމަށެވެ. އަދި އެފްއޭއެމްގެ ފަރާތުންވެސް އޭނާގެ މަސައްކަތް ވަރަށް ބޮޑަށް ބަލައިގަތްކަން ފާހަގަކޮށް އޭނާ ކޮސްޓާ ބުނީ މިއަހަރުގެ ޑިސެމްބަރު މަހު އަލުން އެއްބަސްވުން އައުކުރުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އޭނާއާއި މަޝްވަރާކުރި ކަމަށެވެ.

މުސާރަ ނުދިނުމުގެ ސަބަބުން ކޮސްޓާ މަގާމުން ދުރުވިއިރު, އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ މައްސަލަވެސް ވަރަށް ގިނައިން ފެންމަތިވެއެވެ. ކޯޗު އިސްތިއުފާ ދިނުމާއި ގުޅޭގޮތުން އެފްއޭއެމްގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީން ކުރި މަސައްކަތް ނާކާމިޔާބުވީ އެސޯސިއޭޝަންގެ މެމްބަރުން ފޯނަށް ޖަވާބުނުދޭތީއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައުމީ ފުޓްބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު