Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައިބުރައީސް ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅު

ނައިބުރައީސް، ސިންގަޕޫރުގެ މިނިސްޓަރ ފޯރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ބައްދަލުކުރައްވައިފި

8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 13:40

ސިންގަޕޫރަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 13:40
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސިންގަޕޫރުގެ މިނިސްޓަރ ފޯރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސިންގަޕޫރުގެ މިނިސްޓަރ ފޯރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ސިންގަޕޫރުގެ މިނިސްޓަރ ފޯރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް، މަސަގޮސް ޒުލްކިފްލީއާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހާރު ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

Advertisement - newsAdvertisement

މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދިވެހިރާއްޖެއާ ސިންގަޕޫރާ ދެގައުމުގެ ސަރުކާރުގެ މަތީފަންތީގެ އިސްވެރިންގެ ޒިޔާރަތްތަކުގައި ދެގައުމަށް ފައިދާހުރި ގިނަ ފަހުމުނާމާތަކެއްގައި ސޮއިކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، ސިންގަޕޫރަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ދިފާއީ، އިޖުތިމާއީ، އިގުތިސާދީ ތަރައްގީއާއި، ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިންނާއި، ޒުވާނުން ބާރުވެރިކުރުވުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ، ތައުލީމީ ދާއިރާއާއި އަރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓްގެ ދާއިރާއާ ގުޅޭގޮތުން މަޝްވަރާކުރައްވައި، މި ދާއިރާތަކުން ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމުގައި އެހީތެރިކަން ބޭނުންވާކަން ހާމަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، އަދި ސިންގަޕޫރުގެ މިނިސްޓަރ ފޯރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓްގެ ދެބޭފުޅުންވެސް ވަނީ، ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން ދިނުމާއި، ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކުރުންފަދަ، ދެ ގައުމުންވެސް ޝައުގުވެރިވާ ދާއިރާތަކުން މަޝްވަރާކުރައްވާފައެވެ. އަދި، ދިވެހިރާއްޖެއާ ސިންގަޕޫރާ ދެމެދު މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުއްމީދުކުރައްވާކަމުގައިވެސް ދެބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ނައިބު ރައީސް, ފައިޞަލް ނަސީމްސިންގަޕޫރުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
04 ޑިސެމްބަރު 2025

މަޖިލީހުގެ ކޮމިޓީ އަކަށް ދޮގު ހެދުމުގެ މައްސަލަ އެއް ގައި ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ކުށްވެރިވާ ކަމަށް ކުރި ހުކުމް ދަމަހައްޓައިފި

04 ޑިސެމްބަރު 2025
މަޖިލީހުގެ ކޮމިޓީ އަކަށް ދޮގު ހެދުމުގެ މައްސަލަ އެއް ގައި ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ކުށްވެރިވާ ކަމަށް ކުރި ހުކުމް ދަމަހައްޓައިފި
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް