Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސިންގަޕޫރު

މަޖިލީހުގެ ކޮމިޓީ އަކަށް ދޮގު ހެދުމުގެ މައްސަލަ އެއް ގައި ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ކުށްވެރިވާ ކަމަށް ކުރި ހުކުމް ދަމަހައްޓައިފި

ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ޕްރިތަމް ސިންގް، ޕާލިމެންޓަރީ ކޮމިޓީއަކަށް އޭނާގެ ޕާޓީގެ ކުރީގެ މެމްބަރަކު ދޮގު ހެދި މައްސަލައިގައި ކުށްވެރިވާ ކަމަށް ކުރި ހުކުމް އިސްތިއުނާފު ކުރުމުން ހުކުމް ދެމެހެއްޓުމާ އެކު 14،000 ސިންގަޕޫރު ޑޮލަރު ދައްކަން ޖެހިއްޖެ އެވެ. އޭނާ އެ ހުކުމް ފުރިހަމައަށް ގަބޫލުކުރައްވައި ޖޫރިމަނާ ދައްކަވާފައިވާއިރު، ހުކުމާ މެދު ހިތާމަ ކުރާ ކަމަށް ބުނެފައިވެއެވެ.

ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2025 | ބުރާސްފަތި 14:52
ޕްރިތަމް ސިންގް އޭނާގެ މައްޗަށް ސާބިތުވި ހުކުމް އިސްތިއުނާފު ކުރުމުން ނޮވެމްބަރު މަހު ބޭއްވި އަޑުއެހުމެއްގައި ބައިވެރިވުމަށްފަހު ކޯޓުން ނުކުންނަނީ

ޕްރިތަމް ސިންގް އޭނާގެ މައްޗަށް ސާބިތުވި ހުކުމް އިސްތިއުނާފު ކުރުމުން ނޮވެމްބަރު މަހު ބޭއްވި އަޑުއެހުމެއްގައި ބައިވެރިވުމަށްފަހު ކޯޓުން ނުކުންނަނީ

ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ޕްރިތަމް ސިންގް، ޕާލިމެންޓަރީ ކޮމިޓީއަކަށް ދޮގު ހެދި މައްސަލަ އެއް ގައި އޭނާ ކުށްވެރިވާ ކަމަށް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުން، ހުކުމް ދަމަހައްޓައިފި އެވެ.

ފެބްރުއަރީ މަހު ސިންގް 14,000 ސިންގަޕޫރު ޑޮލަރު އިން ޖޫރިމަނާކުރެވުނެވެ. މި ޖޫރިމަނާ ކުރެވުނީ އޭނާގެ ޕާޓީ އަށް ނިސްބަތްވާ ކުރީގެ ޕާލިމެންޓް މެންބަރެއް ކަމަށްވާ ރައީސާ ޚާން، ޕާލިމެންޓުގެ ކޮމިޓީ އަކަށް ދޮގު ހެދި މައްސަލައިގައި ސިންގް އޭނާ އަށް ވާގިވެރިވި ކަމަށް ކުރި ތުހުމަތުގައި ކުރިއަށް ގެންދިޔަ ދެ ދަޢުވާއަކާ ގުޅިގެންނެވެ.

މި މައްސަލަ ފެށިފައިވަނީ 2021 ވަނަ އަހަރުގައެވެ. އެއީ ޚާން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އެއް ގައި ދެއްކި ވާހަކަ އަކާ ގުޅިގެންނެވެ. ޚާން ބުނެފައިވަނީ ޖިންސީ ޝިކާރައަކަށް ވި މީހެއްގެ މައްސަލައިގައި ފުލުހުން އެމީހާ އާ މެދު އަދަބު ކުޑަކޮށް މުޢާމަލާތް ކުރާތަން އޭނާ ދުށް ކަމަށެވެ.

އޭނާ ދެއްކި ވާހަކައަކީ ތެދެއް ނޫންކަމަށް އޭނާ ފަހުން އިއުތިރާފުވި އެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ތަޙްޤީޤެއްގައި އޭނާ ބުނެފައިވަނީ، ސިންގް ވެސް ހިމެނޭ ގޮތަށް، ޕާޓީގެ އިސްވެރިން އެއީ ދޮގެއްކަން އެނގިތިބެ، "އެވާހަކަ އެ ގޮތައް ދައްކަމުން ގެންދަން" އޭނާ އަށް އަންގާފައިވާ ކަމަށެވެ.

އެ ހާދިސާއަށްފަހު ޚާން ވަނީ ޕާޓީންނާއި ރައްޔިތުންގެ މަޖިލީހުން އިސްތިޢުފާ ދީފަ އެވެ. ދޮގު ހެދުމާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ކުށުގައި ޚާން 35,000 ސިންގަޕޫރު ޑޮލަރުން ޖޫރިމަނާކުރެވުނެވެ.

ޕާޓީގެ ލީޑަރު ސިންގް ގެ ޢަމަލުތަކުން "ވަރަށް ބޮޑަށް ދައްކުވައިދެނީ" ޚާންގެ ދޮގު ބަޔާން އިސްލާޙުކުރަން އޭނާ ބޭނުންނުވި ކަން ސާބިތުވާ ކަމަށް ބުނެ ފެބްރުއަރީ މަހު ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

ހުކުރު ދުވަހު އާންމުންނަށް ހުޅުވާލައިގެން ބޭއްވުނު ކުރު އިސްތިއުނާފު އަޑުއެހުމެއްގައި ފަނޑިޔާރު ވިދާޅުވީ، ސިންގް ކުށްވެރިވާކަން ހުށަހެޅުނު ހެކިތަކުން ސާފުވާ ކަމަށެވެ.

އިދިކޮޅު މައި ޕާޓީ - ވޯކަރސް ޕާޓީގެ ލީޑަރު ސިންގް ވިދާޅުވީ، ފަނޑިޔާރުގެ ނިންމެވުމާ މެދު އޭނާ ހިތާމަ ކުރާ ކަމަށާއި ނަމަވެސް އެ ނިންމުން "ފުރިހަމަ އަށް އަދި އެއްވެސް ޝަރުޠަކާ ނުލައި" ގަބޫލުކުރައްވާ ކަމަށެވެ.

ހުކުރު ދުވަހު ކޯޓުގެ އަޑުއެހުން ނިމުމުން އޭނާ ވަނީ ޖޫރިމަނާ ދައްކާފައެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، "ވީހާވެސް އަވަހަށް ކަންކަން ނިންމާލުން ރަނގަޅު" ކަމަށެވެ.

މި ހުކުމާއެކު ވެސް ސިންގް އަށް ލިބިފައިވާ ޕާލިމެންޓުގެ ގޮނޑި ދެމިހުންނާނެ އެވެ. ހުކުރު ދުވަހު އޭނާ ވިދާޅުވީ އޭނާ ސިންގަޕޫރުގެ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުން ކުރިއަށް ގެންދާނެ ކަމަށެވެ.

ވޯކަރސް ޕާޓީ އަކީ ސިންގަޕޫރުގެ މިހާރުގެ ޕާލިމެންޓުގެ ހަމައެކަނި އިދިކޮޅު ޕާޓީ އެވެ. ޕާލިމެންޓުގެ 99 ގޮނޑީގެ ތެރެއިން 12 ގޮނޑި އެޕާޓީ ހޯދާފައިވެއެވެ.

ޕްރިތަމް ސިންގްސިންގަޕޫރުރައީސާ ޚާންވޯކަރސް ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސް ގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސް ގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

05 އޯގަސްޓު 2025
ސިންގަޕޫރު ނުރަސްމީ ދަތުރުފުޅަށް ފަހު، ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ވާހަކަ ދޮގު ކޮށްފި

ސިންގަޕޫރު ނުރަސްމީ ދަތުރުފުޅަށް ފަހު، ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ވާހަކަ ދޮގު ކޮށްފި

02 އޯގަސްޓު 2025
ސްކޫލު ދަތުރެއްގައި ރާއްޖެ އައި ސިންގަޕޫރުގެ އުމުރުން 15 އަހަރުގެ ޖެނާ މަރުވިތާ 8 މަސް ފަހުން ވެސް ތަހުގީގު ނުނިމޭތީ އާއިލާ އިން ކަންބޮޑުވެފައި!

ސްކޫލު ދަތުރެއްގައި ރާއްޖެ އައި ސިންގަޕޫރުގެ އުމުރުން 15 އަހަރުގެ ޖެނާ މަރުވިތާ 8 މަސް ފަހުން ވެސް ތަހުގީގު ނުނިމޭތީ އާއިލާ އިން ކަންބޮޑުވެފައި!

17 ޖުލައި 2025
 މެޑަމް ސާޖިދާގެ އަތްޕުޅު، ދިވެހިންގެ ބޮލުގެ ރިހުމަކަށް!

މެޑަމް ސާޖިދާގެ އަތްޕުޅު، ދިވެހިންގެ ބޮލުގެ ރިހުމަކަށް!

01 ޖުލައި 2025

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު