Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫތު މިނިސްޓްރީ

3 ރަށެއްގައި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ޤާއިމްކުރުމަށް ކޮންޓްރެކްޓަރުންނާއެކު ސޮއިކޮށްފި

ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައިވަނީ ބ.ގޮއިދޫ، ދ.ހުޅުދެލި އަދި ގދ.ތިނަދޫގައި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ޤާއިމްކުރުމަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 09:29
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ތިން ރަށެއްގައި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ޤާއިމްކުރުމަށް ކޮންޓްރެކްޓަރުންނާއެކު ޔޫތު މިނިސްޓްރީން ސޮއިކޮށްފިއެވެ.

ޔޫތު މިނިސްޓްރީގައި ބުރާސްފަތި ދުވަހު ކުރިޔަށްގެންދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައިވަނީ ބ.ގޮއިދޫ، ދ.ހުޅުދެލި އަދި ގދ.ތިނަދޫގައި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ޤާއިމްކުރުމަށެވެ.

އެގޮތުން ބ.ގޮއިދޫގައި ސްކޭޓް ޕާކެއް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ބްރަދަރސް މޯލް ކޮންޕެނީއާއެވެ. މި ޕްރޮޖެކްޓް ބްރަދަރސް މޯލް އާއި ހަވާލުކޮށްފައިވަނީ 1،456،175 ރުފިޔާއަށް، 75 ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ. މި އެއްބަސްވުމުގައި ބްރަދަރސް މޯލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިލްޔާސް އިބްރާހިމްއެވެ.

ދެވަނަ އެއްބަސްވުމަކީ ނެގާއި އިންވެސްޓްމަންޓާއެކު ދ.ހުޅުދެލީގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމަށް ސޮއިކުރެވުނު އެއްބަސްވުމެއެވެ. ނެގާއި އިންވެސްޓްމަންޓަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 1،515،383.43 ރުފިޔާއަށް 50 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ. މި އެއްބަސްވުމުގައި ނެގާއި އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ލަތީފްއެވެ.

މީގެ އިތުރުން ގދ.ތިނަދޫގައި ހޭންޑްބޯލް ކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ޑީއެމްއެން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް ޑީއެމްއެން ކޮމްޕެނީ އާއި ހަވާލުކޮށްފައިވަނީ 1،278،812.70 ރުފިޔާއަށް، 40 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭގޮތަށެވެ. މި އެއްބަސްވުމުގައި ޑީއެމްއެން ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު މުސްތަޝިން ނިޔާޒްއެވެ.

މި ތިން އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު މުހައްމަދު ނާސިހް ރަޝީދުއެވެ.

ކުޅިވަރާ ބެހޭ ވުޒާރާ

ކޮމެންޓް

އިތުރަށް ކިޔާލަން

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި

ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި

01 ސެޕްޓެމްބަރު 2023
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް

18 ޖުލައި 2023
ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް

ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް

09 މެއި 2023

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު