Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާސަންދަ ޑެސްކް

އައްޑޫ އަދި ކުޅުދުއްފުށި ސިޓީގައި އާސަންދަ ޑެސްކެއް ޤާއިމުކޮށްފި

8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 08:32

އެ ދެ ސިޓީގެ އިތުރުން އިތުރު ރަށްތަކުގައި މި ޚިދުމަތް ޤާއިމުކުރެވިގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 08:32
އާސަންދަ އޮފީސް

އާސަންދަ އޮފީސް

އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި އާސަންދަ ޑެސްކެއް ޤާއިމުކޮށްފިއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވީ އެ ދެ ސިޓީގައި މިވަގުތު ޚިދުމަތް ފެށުނު ނަމަވެސް އިތުރު ރަށްތަކުގައި މި ޚިދުމަތް ޤާއިމުކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިއުވާން ވިދާޅުވީ މިއީ ރައްޔިތުން ވަރަށް އެދެމުންދިޔަ ޚިދުމަތެއް ކަމަށާއި މި ޚިދުމަތް ތައާރަފުކުރުމާއި ގުޅިގެން ރައްޔިތުންނަށް ލުއި ފަސޭހަވެގެންދާނެ ކަމަށެވެ.

ބޭސްފަރުވާއަށް ސަލާންޖެހުމުގެ ޒަމާންވީ އާދަ ނައްތާލައި އަބުރުވެރި ފަސޭހަ ދުޅަހެޔޮ ދިރިއުޅުމެއް ދިވެހީންނަށް ތަނަވަސްކޮށްދިނުމުގެ ގޮތުން އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ދިވެހިރާއްޖެއަށް ގެނައި އެންމެ ބޮޑު އިންގިލާބަކީ އާސަންދައިގެ ނަމުގައި އެންމެހައި ދިވެހިން ޝާމިލްވާ ވެލްފެއަރ ނިޒާމެއް ގާއިމް ކުރުމެވެ. މި ނިޒާމް ގާއިމް ކުރެވި އޭގެ މަންފާ އެންމެހައި ދިވެހިން ލިބިގަންނަތާ މިދިޔަ އަހަރު ވަނީ ދިހަ އަހަރު ފުރިފައެވެ.

ކުންފުނީގެ ފާއިތުވީ ދިހަ އަހަރުގެ މާޒީގައި އިދާރީގޮތުންނާއި ނިޒާމީގޮތުން އެކި ކަހަލަ ބަދަލުތައް ވަނީ ގެނެވިފައެވެ. 1 މާރޗް 2015ން ފެށިގެން އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ހުރިހާ ހިއްސާއެއް ސަރުކާރުން ގަނެ ސައްތައިންސައްތަ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި ވަނީ ހިންގުން ބަދަލުކުރެވިފައެވެ. ކުންފުނީގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލު ހިންގުން އާސަންދަ ކޮމްޕެނީއާ 3 އެޕްރީލް 2016 ގައި ހަވާލުކުރެވުނެވެ.

މި ބަދަލާއެކު ހުޅުމާލެ ހޮސްޕިޓަލަކީ ކުރިއަރާފައިވާ ފެންވަރު ރަގަޅު ސްޕެޝަލިސްޓް ފަރުވާދޭ މަރުކަޒެއްގެ ގޮތުގައި ތަރައްގީކޮށް ހޮސްޕިޓަލަށް ބޮޑެތި ރަނގަޅު ބަދަލުތަކެއް އާސަންދައިން ވަނީ ގެނެސްފައެވެ. އެގޮތުން 2016ން 2019 ޑިސެމްބަރު 31 ގެ ނިޔަލަށް ހުޅުމާލެ ހޮސްޕިޓަލު ހިންގަމުން އައީ އާސަންދަ ކުންފުނީގެ ދަށުންނެވެ.

ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ސިއްހީ ޚިދުމަތް ހޯދުމުގައި މާލީގޮތުން ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަގުސަދުގައި 'މެރަނާ' ސްކީމް ގެ ނަމުގައި އާސަންދަ ކުންފުނިން 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ސްކީމެއް ވަނީ ތައާރަފްކޮށްފައެވެ. 27 ސެޕްޓެމްބަރު 2020 ގައި އާސަންދަަ މޮބައިލް އެޕްލިކޭޝަން ވަނީ ލޯންޗްކުރެވިފައެވެ.

އެޕް އަމާޒުކޮށްފައިވަނީ އާސަންދަ ސްކީމްގެ ޚިދުމަތް ހޯދާ ދިވެހި އެންމެހާ ރައްޔިތުންނަށެވެ. އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން އާސަންދައިގެ އައު އޮންލައިން ޕޯޓަލް "ވިނަވި" ބޭނުންކުރާ ހުރިހާ ތަނަކުން، އެމީހަކު ހޯދާ ޚިދުމަތްތަކުގެ ތަފްސީލު މި އެޕުން ފެންނަން ހުންނާނެއެވެ. ޑޮކްޓަރުން ލިޔެދޭ އީ-ޕްރިސްކްރިޕްޝަން ނުވަތަ އިލެކްޓްރޯނިކް ބޭސް ސިޓީތައްވެސް އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދުއާސަންދައާސަންދަ ޑެސްކްރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް