Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ މިންތީގެ ހަމަހަމަކަން ގާއިމްކުރުން

އދ. ގެ އާންމު މަޖިލީހުގެ އެސްޖީއަކަށް ދެން އަންނަންވީ އަންހެން ކަނބަލެއް: ޝާހިދު

7 ސެޕްޓެމްބަރު 2022 | ބުދަ 17:56

އާންމު މަޖިލީހުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 7 ސެޕްޓެމްބަރު 2022 | ބުދަ 17:56
އަބްދުﷲ ޝާހިދު، އދ ގެ އާންމު މަޖިލީހުގެ ރައީސް

އަބްދުﷲ ޝާހިދު، އދ ގެ އާންމު މަޖިލީހުގެ ރައީސް

ދެން އދ. ގެ އާންމު މަޖިލީހުގެ ސެކެޓްރީ ޖެނެރަލްއަކަށް އަންނަންޖެހޭނީ އަންހެން ކަނބަލެއް ކަމަށް އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ބާއްވާ އެންމެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ބުދަ ދުވަހުގެރޭ ވާހަކަދައްކަވަމުންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޝާހިދު ވަނީ ފާއިތުވި އަހަރުތެރޭގައި ކުރައްވާފައިވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާ ލައްވާފައެވެ.

އަދި ފާއިތުވި އަހަރުގެ ތެރޭގައި ހޯދިފައިވާ މައިގަނޑު ކާމިޔާބީތަކަށް އަލިއަޅުވާލައްވައިޝާހިދު ވިދާޅުވީ އދ. ގެ އާންމު މަޖިލީހަކީ މިންތީގެ ހަމަހަމަކަން އޮތް ތަނެއްކަމުގައި ޔަގީންކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. އަދި މި މަސައްކަތުގައި ގިނަ ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ދެން އދ. ގެ އާންމު މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އަންނަންޖެހޭނީ އަންހެން ކަނބަލެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އދ. ގެ ރައީސްގެ މަގާމުގައި ޝާހިދު ހޭދަކުރައްވާފައިވާ ދުވަސްތަކުގެ ތެރޭގައި އެމަނިކުފާނު ވަނީ އަންހެނުން ބާރުވެރިކުރުވުމަށް އެކި ގޮތްގޮތުން މަސައްކަތްކުރައްވާފައެވެ. މަނިކުފާނު ވަނީ އާންމު މަޖިލީހުގެ ރައީސް ކަމުގެ ހުވާ ކުރެއްވިއިރު، މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް މަސައްކަތް ކުރެއްވުމުގެ އަޒުމް ކަނޑައަޅުއްވާފައެވެ. މިގޮތުން އެކި ފޯރަމްތަކުގައާއި، އާންމު މަޖިލީހުގެ ތެރެއިންވެސް ޝާހިދު ވަނީ ދެ ޖިންސުގެ ހަމަހަމަކަން ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދުއދ.ގެ އާންމު މަޖިލިސް

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2024

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު
11 ނޮވެމްބަރު 2023

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ ހާއްސަ މަންދޫބު ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ގޮވާލައްވައިފި

24 އޮކްޓޯބަރު 2023

ފަލަސްތީނާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި

24 އޮކްޓޯބަރު 2023
ފަލަސްތީނާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި
23 ޖޫން 2023

މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

23 ޖޫން 2023
މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
04 ޖޫން 2023

"ދިވެހި ރައްޔިތުން ގުނބޯ ނުހެއްދޭނެ"

04 ޖޫން 2023
"ދިވެހި ރައްޔިތުން ގުނބޯ ނުހެއްދޭނެ"
02 ޖޫން 2023

ޚާރިޖީ ސިޔާސަތާއި ގުޅޭގޮތުން މަޢުލޫމާތުދީފި

02 ޖޫން 2023
ޚާރިޖީ ސިޔާސަތާއި ގުޅޭގޮތުން މަޢުލޫމާތުދީފި
07 އެޕްރީލު 2023

އދ ގެ ހިޔުމަން ރައިޓްސް ކައުންސިލުގެ ބައްދަލުވުން: ރާއްޖޭގެ ފަރާތުން 29 ބަޔާނެއް އިއްވާ، 19 ޤަރާރެއް ކޯ-ސްޕޮންސާ ކުރި

07 އެޕްރީލު 2023
އދ ގެ ހިޔުމަން ރައިޓްސް ކައުންސިލުގެ ބައްދަލުވުން: ރާއްޖޭގެ ފަރާތުން 29 ބަޔާނެއް އިއްވާ، 19 ޤަރާރެއް ކޯ-ސްޕޮންސާ ކުރި
27 މާރިޗު 2023

ކާރިސާތަކުން ރައްކާތެރިވުމަށް އދ.ގެ އެހީ ދިވެހިރާއްޖެއަށް

27 މާރިޗު 2023
ކާރިސާތަކުން ރައްކާތެރިވުމަށް އދ.ގެ އެހީ ދިވެހިރާއްޖެއަށް
16 މާރިޗު 2023

ކޮމަންވެލްތު ޤައުމުތަކުގެ މެދުގައި މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް ޝާހިދު ގޮވާލައްވައިފި

16 މާރިޗު 2023
ކޮމަންވެލްތު ޤައުމުތަކުގެ މެދުގައި މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް ޝާހިދު ގޮވާލައްވައިފި
15 މާރިޗު 2023

ދިވެހިރާއްޖެއިން ގާނާއާ އެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

15 މާރިޗު 2023
ދިވެހިރާއްޖެއިން ގާނާއާ އެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް