Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީދު ދުވަހުގެ މާރާމާރީ

އީދު ދުވަހުގެ މާރާމާރީ: ދައުވާލިބޭ ފަރާތްތައް ރިމާންޑު ޖަލަކަށް ބަދަލުކުރުން ލަސްވާތީ ކަންބޮޑުވުން

މި މައްސަލައިގައި 6 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ސެޕްޓެމްބަރު 2022 | ބުދަ 08:27
އީދު ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން

އީދު ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން

ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މެއި 2 ވަނަ ދުވަހު ހެނދުނު ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މިއީ މި މައްސަލައިގެ ދެވަނަ އަޑުއެހުމެވެ. އެގޮތުން މި މައްސަލައިގައި 6 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އެ އެންމެންވެސް މިވަގުތު ތިބީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ޙަބީބެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވާފައެވެ. އެގޮތުން ލޫތު އަހުމަދު އާސިފް، މައުސޫމު މުޙައްމަދު ދީދީ އަދި އަހުމަދު ސާތިއުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ މީހަކަށް ނުރައްކާތެރި ހަނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުުގެ ކުށުގެ ދައުވާއެވެ. އޭގެ އިތުރުން، ޙަސަން ޒިޔާން އިބްރާހިމްއާއި، އަހުމަދު ސިމްހާޒްގެ އިތުރުން، އަހުމަދު ނާޒިހުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މަރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.  

މާރާމާރީ ހިންގުމުގެ ދައުވާތައް ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެެ. އަދި މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެއްޖެނަމަ އަންނާނީ 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ޙުކުމެކެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި އޮތީ ދައުލަތުން ހުށައަޅާފައިވާ ދައުވާތަކަށް ދިފާއުން ޖަވާބުދާރީވުމެވެ. އެހެންނަމަވެސް، ދައުލަތުން ލިއެކިއުންތައް ހިއްސާކުރުން ލަސްވުމާއި ގުޅިގެން މި އަޑުއެހުމުގައި ދައުވާތަކަށް ޖަވާބުދާރީވެވިފައެއް ނުވެއެވެ. އެގޮތުން މިއީ ގިނަ ލިއެކިއުންތަކެއް ދިރާސާކުރަން ޖެހޭ މައްސަލައެއްކަން ދިފާއުން ފާހަގަ ކުރެއެވެ.

އޭގެ އިތުރުން، ދައުލަތުން އެދިފައިވާ ގޮތަށް މި އަޑުއެހުމުގައި ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރެއްވެސް ނެރުއްވާފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދިފާއުން ވަނީ ދައުވާލިބޭ ފަރާތްތައް ރިމާންޑް ޖަލަކަށް ބަދަލު ކުރެވިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ދުވަހު ދައުލަތުން ވަނީ އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލާނެކަމަށް ފާހަގަކޮށްފައެވެ. ބުދަ ދުވަހުގެ އަޑުއެހުމާއި ހަމައަށްވެސް އެ ފަރާތްތައް ރިމާންޑު ޖަލަށް ބަދަލު ކުރެވިފައިނުވާތީ ދިފާއުން ވަނީ އަނެއްކާވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެކަމާ ގުޅިގެން ދައުލަތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއަށް ސިޓީވެސް ފޮނުވާފައިވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު
14 ފެބުރުއަރީ 2017

ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

14 ފެބުރުއަރީ 2017
ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު