Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވ އާރަށު ހިޔާނާތުގެ މައްސަލަ

ޔާމީނުގެ ހާޒިރުގައި މިލިއަން ޑޮލަރަށްވާ ފައިސާ ގުނާފައި އެ ގެންގޮސް ޔޫސުފް ނައީމަށް ދިނިން: ނަރީޝް

ފައިސާ ޙަވާލު ކުރެއްވުމަށްފަހު އެކަމާ ގުޅޭ ލިއުމުގައި އޭނާގެ ކުރިމަތީގައި ރައީސް ޔާމީނު ސޮއިވެސް ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2022 | ބުދަ 06:18
ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މިހާރުގެ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހެކިބަސް ދެއްވަނީ

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މިހާރުގެ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހެކިބަސް ދެއްވަނީ

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައިވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މިހާރުގެ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ.

ނަރީޝް ވިދާޅުވީ، ރައީސް ޔާމީނަކީ އޭނާއާ ވަރަށް ގިނަ ކަންކަން ހިއްސާ ކުރައްވާ ބޭފުޅެއް ކަމަށެވެ. މި މައްސަލައިގައި ދައުވާލިބޭ ޔޫސުފް ނައީމްވެސް ދަންނަ ކަމަށް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، ބޮޑު ކަމެއް ކޮށްދެއްވަން އެބަޖެހޭ ކަމަށް ވިދާޅުވެ ރައީސް ޔާމީނު އޭނާ ގ ދޫވެއްސަށް ގެންދިޔަ ކަމަށެވެ. އަދި ގެންދިއުމަށްފަހު، ޔޫސުފް ނައީމް އަތުން ޑޮލަރުތަކެއް ބައްލަވައިގެންފައިވާ ކަމަށާއި، އެއަށްވާ ދިވެހި ފައިސާ ޔޫސުފް ނައީމާ ޙަވާލުކުރަން އެބަޖެހޭ ކަމަށް ރައީސް ޔާމީނު ވިދާޅުވިކަމަށް ނަރީޝްގެ ހެކިބަހުގައި ފާހަގަ ކުރެއްވިއެވެ. ނަރީޝް ވިދާޅުވި ގޮތުގައި އެއީ 1 މިލިއަން ޑޮލަރަށްވާ ފައިސާއެވެ.

އެ ދުވަހު އެ ފައިސާ ޙަވާލު ކުރެއްވުމަށްފަހު އެކަމާ ގުޅޭ ލިއުމުގައި އޭނާގެ ކުރިމަތީގައި ރައީސް ޔާމީނު ސޮއިވެސް ކުރެއްވި ކަމަށާއި، އޭނާ ޔޫސުފް ނައީމްއާ ބައްދަލު ކުރައްވަން ޖެހުނީ އެކަމުގައި ކަމަށް ނަރީޝް ވިދާޅުވިއެވެ. ނަރީޝް ވިދާޅުވާ ގޮތުގައި އެ ފައިސާ ދުވަހުން ދުވަހަށް އޭނާ ވާނީ ޔޫސުފް ނައީމާ ޙަވާލު ކުރައްވާފައެވެ. އެއީ 500 ގެ ބޮނޑިތަކެއްކަމަށް ނަރީޝް ވިދާޅުވިއެވެ.

ގ ދޫވެހިން އެ ފައިސާ ގެންދިއުމުގެ ކުރިން ރައީސް ޔާމީނުގެ ހާޒިރުގައި އެ ފައިސާ ގުނާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ފައިސާހުރީ 2 ދަބަހެއްގައި ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ. ނަރީޝް ވިދާޅުވީ އެ ފައިސާ ޙަވާލުކުރީ ޔޫސުފް ނައީމްގެ ގެއަށް ގޮސް ކަމަށެވެ. ފައިސާ ޙަވާލު ކުރުމަށްފަހު އޭނާގެ ކުރިމަތީގައި އެ ފައިސާ ޔޫސުފް ނައީމް ގުނި ކަމަށާއި، އެއަށްފަހު ސްލިޕްގައި ސޮއިކުރެއްވި ކަމަށް ނަރީޝް ވިދާޅުވިއެވެ.

ދެން ކުރިއަށްދިޔައީ ދައުލަތުން ހެކިވެރިޔާއާ ސުވާލު ކުރުމެވެ. އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ނަރީޝް ވިދާޅުވީ، އޭނާ އޭރު ގެންގުޅުނު ފޯނު ނަންބަރު ހަނދާނެއް ނެތް ކަމަށާއި، ރައީސް ޔާމީނު ގުޅުއްވިިއިރު ހުންނެވީ ގޭގައި ކަމަށެވެ. ފައިސާ ޙަވާލުކުރަން ދިޔައީ ރައްޓެއްސެއްގެ ކާރުގައި ކަމަށާއި، އެއީ ކޮން ބްރޭންޑެއްގެ ކާރެއްކަން ހަނދާނުގައި ނެތްކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، ޔާމީނުގެ ގެކޮޅަށް ވަޑައިގެންނެވިއިރު ފައިސާ ހުރީ ސިޓިންގ ރޫމްގެ ބިންމަތީގައި ކަމަށެވެ. އޭރު އެތަނުގައި ތިބީ އަބްދުﷲ ކިޔާ މީހަކާއި، ރައީސް ޔާމީނުކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، 1 މިލިއަން ޑޮލަރަށްވާ ފައިސާ ގުނީ އަތުން ކަމަށާއި، ނަމަވެސް އެކަމަށް ހޭދަވި ސީދާ ވަގުތެއް ހަނދާނުގައި ނެތް ކަމަށެވެ. އެ ނޫން ދުވަހެއްގައި އެއް މިލިއަން ޑޮލަރަށްވާ ފައިސާ ގުނާފައިވާނެކަން ނުވަތަ ނޫންކަންވެސް މިވަގުތު ހަނދާނުގައި ނެތްކަމަށް ނަރީޝް ވިދާޅުވިއެވެ.

ރައީސް ޔާމީނު އެދިލެއްވުމުން ގ ދޫވެއްސަށް ދިޔައީ ދުވަހުގެ ކޮން ވަގުތެއްގައިކަންވެސް ހަނދާނުގައި ނެތްކަމަށް ނަރީޝް ވިދާޅުވިއެވެ. ނަރީޝް ވިދާޅުވީ އެއީ މޫސުން ރަނގަޅު ދުވަހެއް ކަމަށެވެ.

ނަރީޝް ވިދާޅުވީ، ރައީސް ޔާމީނާއެކު އޮންނަނީ ނުހަނު ގާތް ގުޅުމެއް ކަމަށާއި، އެ ގުޅުން އުފެދުނީ ވަކި ސަބަބަކާ ގުޅިގެން ނޫން ކަމަށެވެ. އެއީ ވަކި ސިޔާސީ ކަމެއްގެ ތެރެއިން އުފެދުނު ގުޅުމެއް ނޫންކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، 1 މިލިއަން ޑޮލަރުގެ މައްސަލައެއްގައި ރައީސް ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވި ތަހުގީގު ކުރަމުންދާކަން އޭރު އެނގޭ ކަމަށެވެ. ވީއިރު އެ ފައިސާގެ މުއާމަލާތުގެ ކަންކަން ފުލުހުންނަށް ނޭނގީ ކީއްވެތޯ ދައުލަތުން ސުވާލު ކުރިނަމަވެސް، ދިފާއުގެ އިއުތިރާޒު ބަލައިގަނެ، އެ ސުވާލު ކުރެއްވުމުގެ ފުރުސަތު އިސްގާޒީ ޝަކީލު ދެއްވާފައެއް ނުވެއެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައި ދިފާއުން ހުށައަޅާފައިވާ ހެކިތަކަކީ ހެކި ހާމަ ކުރުމުގެ ޒިންމާ އަދާ ކުރުމެއް ނެތި ހުށައަޅާފައިވާ ހެކިތަކެއް ކަމަށާއި، މިއީ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް އުފައްދާފައިވާ ހެކިންކަމަށް މަތީ މިންވަރަކަށް ބުރަވެވޭ ކަމަށެވެ. އެގޮތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ ފަރާތެއް އޭރުވެސް ޝަރީއަތުގެ އަޑުއެހުމުގައި އެބަ އިންނެވިކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެއީ ހއ ތުރާކުނު މުޙައްމަދު ސައީދު ނަމަކަށް ކިޔާ މީހެކެވެ.

ހެކިންގެ ހެކިބަސް ވަކި ގޮތަކަށް ބައްޓަން ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް ދައުލަތުން ވަނީ ދިފާއީ ހުރިހާ ހެކިންގެ ހެކިބަސްވެސް ބުދަ ދުވަހުގެ އަޑުއެހުމުގައި ނަގާ ނިންމުމަށް އެދިލައްވާފައެވެ.

އެކަމާ ގުޅޭގޮތުން އެ އަޑުއެހުމުގައި އިސްގާޒީ ޝަކީލު ވިދާޅުވީ، އާންމު އުސޫލުން ޤާނޫނެއްގައި ލިޔެވިފައި ނެތް ނަމަވެސް ހުރިހާ ފަނޑިޔާރުންވެސް އަމަލުކުރާ ގޮތްތަކެއް ހުންނަ ކަމަށެވެ. އެއީ ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ ފަރާތެއްނަމަ އާންމު އުސޫލަކުން ކޯޓަށް ނުވައްދާކަން ފާހަގަ ކުރައްވައި އިސްގާޒީ ޝަކީލު ވިދާޅުވީ، މި ޙާލަތުގައި ލައިވްކޮށްގެން ޝަރީއަތް ބެލުމާއި، ގޭގެ ސިޓިންގ ރޫމްގައި އިނދެ ބެލުން ތަފާތެއް ނެތް ކަމަށެވެ. އެހެންނަމަވެސް، ޝަރީއަތުން އަމަލުކުރާނީ އާންމު އުސޫލުން އަމަލުކުރާ ގޮތަށްކަން ފާހަގަ ކުރައްވައި އިސްގާޒީ ވަނީ އެ ހެކިވެރިޔާ ޝަރީއަތް ދޫކޮށް ދިއުމަށް އަންގަވާފައެވެ

މި މައްސަލައިގައި ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވަނީ އެއްކަމެއް ސާބިތު ކޮށްދިނުމަށް ހުށައަޅާފައިވާ ހެކިންގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް އަނެއްކާވެސް އެދިފައެވެ. އެހެންނަމަވެސް އިސްގާޒީ ޝަކީލު އެ ނިންމެވުން ބަދަލެއް ނުކުރެއްވިއެވެ. ދިފާއީ ހެކިވެރިޔާ ނަރީޝް ހާޒިރުކުރީ އެގޮތަށް ވިދާޅުވުމަށްފަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު