Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މައިންބަފައިން ދުރުވުމުން ކުއްޖާއަށް ކުރާ އަސަރު

މައިންބަފައިން ދުރުވުމުން، ހިތްދަތި ދިރިއުޅުމެއް ވޭތުކުރަންޖެހިފައިވާ އައިޝާގެ ވާހަކަ

ދިރިއުޅޭ މާހައުލު 3 މަހުން ކަހަލަ ގޮތަކަށް ބަދަލުވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2022 | އަންގާރަ 13:07
މައިންބަފައިން ދުރުވުމުން ކުދިންނަށް އޭގެ ނޭދެވޭ އަސަރުކުރޭ

މައިންބަފައިން ދުރުވުމުން ކުދިންނަށް އޭގެ ނޭދެވޭ އަސަރުކުރޭ

ކުދިންގެ ޅަ އުމުރުގައި އެކުދިންގެ އާއިލާ ރޫޅިގެންދިއުމަކީ ކުދިންނަށް އެތައް ގޮތަކުން އަސަރުކުރާނެ ކަމެކެވެ. މައިންބަފައިންގެ ގާތުގައި އުޅެމުން ހެދި ބޮޑުވެގެން އައިސް ވަކި ހިސާބަކުން އެމީހުންނާ ވަކިން ދިރިއުޅެން ޖެހުމުން ވާނެ ހިތްދަތިކަމަކީ އެކަން ތަހައްމަލްކުރަންޖެހިފައިނުވާ ބަޔަކަށް އެނގޭނެ އިހުސާސެއް ނޫނެވެ. އެހެންނަމަވެސް އެކުދިންގެ އިހުސާސްތައް އަހަރެމެންނަށް ދެނެގަނެވިދާނެއެވެ. މިފަދައިން އާއިލާއާ ވަކިން ދިރިއުޅެންޖެހި، އެތައް ކަމެއް ތަހައްމަލުކުރަންޖެހިފައިވާ ކުއްޖެއްގެ ވާހަކަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ވަނީ ހިއްސާކޮށްފައެވެ.

އުމުރުން 15 އަހަރުގެ އައިޝާއަކީ ކިޔަވަން މޮޅު, ތޫނުފިލި، އަދި މުސްތަގުބަލަށް ގިނަ ހުވަފެންތަކެއް ދެކެމުންދާ، ބަސް އަހާ ކުއްޖެކެވެ. އުފާވެރި ދިރިއުޅުމެއް ވޭތު ކުރަމުންދިޔަ އައިޝާގެ ދިރިއުޅުން ބަނަވީ މަންމައާއި ބައްޕަ ވަރިވާން ނިންމައި ދެމީހުން ދެ ހިސާބެއްގައި ދިރިއުޅުމަށް ނިންމި ހިސާބުންނެވެ. މިއަދު އައިޝާ ދިރިއުޅެމުންދަނީ ގިނަ ތަކުލީފުތަކަކާއެކުގައެވެ. އޭނާ ދިރިއުޅޭ މާހައުލު 3 މަހުން ކަހަލަ ގޮތަކަށް ބަދަލުކުރަންޖެހެއެވެ. އެހެންކަމުން ގާތް ރައްޓެހިން ގެއްލި، ކިޔެވުން މަތިން ފޫހިވެ، އަމިއްލަ ނަފްސަށް އިތުބާރު ކުރަން މިއަދު އައިޝާ ޖެހިލުންވެއެވެ. މީހުންނާ ކުރިމަތިލައި ވާހަކަދެއްކުމަށް ފަސްޖެހެއެވެ.

މިފަދަ މައްސަލަތަކާ ގުޅޭގޮތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޗައިލްޑް ޕްރޮޓެކްޝަން އޮފިސަރ ފާތިމަތު މިންހާ ވިދާޅުވީ، މިފަދަ މައްސަލަތަކުގެ ސަބަބުން ކުދިންނަށް ވަރަށް ބޮޑަށް ނަފްސާނީގޮތުން އަސަރުކުރާކަމަށެވެ. މިފަދަ ކަންކަން ހައްލުކުރުމުގައި ބެލެނިވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

އައިޝާގެ އިތުރުން އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮވެސް ދަނީ ހަމަ މިކަންކަން ތަހައްމަލުކުރަމުންނެވެ. ކޮއްކޮ ބެލުމަކީވެސް އައިޝާގެ ޒިންމާއެއްކަމަށް އޭނަ ގަބޫލުކުރެއެވެ. އައިޝާއާއި އޭނާގެ ކޮއްކޮ އުފުލަމުންދާ މިތަކުލީފުތަކަކީ މަންމައާއި ބައްޕަ ދުރުވުމަށްވުރެ، ދެ މީހުންގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި އަޅާލުން ނުލިބުމުގެ ސަބަބުން އުފުލަންޖެހިފައިވާ ތަކުލީފުތަކެކެވެ.

މައިންބަފައިން ދުރުވެ، ނިންމާ ނިންމުންތަކުގެ ސަބަބުން އެ ދެމީހުންނަށް ލިބިފައިވާ ކުދިންނަށް ނަފްސާނީގޮތުންނާއި ޖިސްމާނީ ގޮތުން އެތަކެއް ނޭދެވޭ އަސަރެއް ކުރެއެވެ. އުންމީދީ މުސްތަގުބަލަކާއި ފޮނި ހުވަފެންތަކެއް ދެކެމުންއައިސް އެ ހުވަފެންތަކާއި، އުންމީދުތައް ފުސްވާން ފަށައެވެ. ދިރިއުޅުމަކީ އުނދަގޫކަމެއް ކަމަށް ޅައުމުރުގައި ގަބޫލުކުރަންފަށައެވެ. މިފަދަ މައްސަލަތައް މަދުކުރެވޭނީ ބެލެނިވެރިންގެ މެދުގައި ވާހަކަ ދެކެވި ކުދިންގެ މުސްތަގުބަލަށް ހެޔޮ އަސަރު ކުރާނެ ގޮތަށް ނިންމުންތައް ނިންމައިގެންނެވެ. އަދި ކުދިންނާ އޮންނަ ގުޅުން އެގޮތުގައި ދަމަހައްޓައިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

24 ޖޫން 2018
ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

09 މެއި 2018
އާމިރާއި ވިސާމް ޖަލުގައި ހޭދަކުރި ހިތްދަތި 11 ދުވަސް

އާމިރާއި ވިސާމް ޖަލުގައި ހޭދަކުރި ހިތްދަތި 11 ދުވަސް

27 މާރިޗު 2018
ރާއްޖެ ޓީވީ ނުފެނުމުގެ ހިތްދަތި އިހްސާސް

ރާއްޖެ ޓީވީ ނުފެނުމުގެ ހިތްދަތި އިހްސާސް

11 ފެބުރުއަރީ 2018
ޝެއިޚް އިމްރާންގެ އަނބިކަނބަލުންގެ ހިތްދަތި އިހްސާސްތައް: ބައެއް ދަރިން ތިބެނީ ހާސްވެ ބިއްޖެހިފައި

ޝެއިޚް އިމްރާންގެ އަނބިކަނބަލުންގެ ހިތްދަތި އިހްސާސްތައް: ބައެއް ދަރިން ތިބެނީ ހާސްވެ ބިއްޖެހިފައި

25 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު