Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރިޒަން ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް

ޖަލުގެ މާހައުލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގަން ޖެހުމުން ގޮންޖެހުންތައް ދިމާވި: ކޮމިޝަނަރ އޮފް ޕްރިޒަންސް

މިއީ މަސްތުގެ ވަބާގައި ޖެހިފައިވާ ގައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުމަށް ހިންގާ ޕްރޮގްރާމެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2022 | ހޯމަ 23:36
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު

ޖަލުގެ މާހައުލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގަން ޖެހުމުން ގޮންޖެހުންތަކާ ދިމާވި ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރު މިފަދައިން ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ޕްރިޒަން ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމާ ގުޅޭގޮތުން "ރާއްޖެ ޓީވީ" ގެ ފަލަސުރުޚީގައި މައުލޫމާތު ދެއްވަމުންނެވެ. އެގޮތުން، މި ޕްރޮގްރާމަކީ ގޮންޖެހުންތަކާއެކު ކުރިއަށްގެންދިޔަ ނަމަވެސް ކާމިޔާބު ޕްރޮގްރާމެއް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

ކޮމިޝަނަރު ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ހިންގުމުގައި ރާއްޖޭގައި މިހާރު ވެސް ރިސޯސަސް މަދު ކަމަށެވެ. އެގޮތުން، ފެސިލިޓޭޓަރުންނާއި މާސްޓަރ ޓްރެއިނަރުން ރާއްޖޭގައި ވަރަށް މަދު ކަމަށާއި މި ޕްރޮގްރާމުގެ ދަށުން ކަރެކްޝަންސްގެ އޮފިސަރުންނަށް ދީފައިވަނީ އަސާސީ މައުލޫމާތުކަން ފާހަގަ ކުރެއްވިއެވެ. އަދި ރިސޯސަސް މަދުވުމުގެ ސަބަބުން ޖަރނީ އެންޖީއޯ އާއި އިންޑިއަން ކަލްޗުރަލް ސެންޓަރުފަދަ އިދާރާތަކުގެ އެހީތެރިކަން ވެސް ހޯދަން ޖެހުނުކަމަށް ފާހަގަކުރެއްވިއެވެ.

ޖަލުގެ މާހައުލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވާ ކޮމިޝަނަރު ވިދާޅުވީ އެ ގޮންޖެހުންތައް ދިމާވީ މި ޕްރޮގްރާމް ހިންގުމަށް ކަނޑައެޅި ޔުނިޓު ހުރި ގޮތުގެ ސަބަބުންނާއި އިންފްރާސްޓްރަކްޗާގައި ހުރި ދަތިކަމުގެ ސަބަބުން ކަމަށެވެ.

ގައިދީންނަށް ހާއްްސަކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ބައި ނިންމާލާފައިވާއިރު މި ޕްރޮގްރާމު އިތުރަށް ފުޅާކުރުމަށް މިހާރު ދަނީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، މާފުށީ ޖަލާއި އައްސޭރި ޖަލުގައި މިކަމަށް ހާއްސަ އިމާރާތްތަކެއް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިއާއެކު އިންފްރާސްޓްރަކްޗާގެ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެއެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ޕްރިޒަން ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ނިންމި 32 ގައިދީން މިހާރު ވަނީ މުޖުތަމައަށް ނެރެފައެވެ. އެއީ ހަތަރު މަރުހަލާއަަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ އެންމެ ފަހުގެ މަރުހަލާއެވެ. މި މަރުހަލާގައި ޕްރޮގްރާމް ނިންމާ މީހުން މުޖުތަމައަށް ނެރެނީ އެއް އަހަރު ދުވަހަށް ޝަރުތުތަކާއެކުގައެވެ.

މި ޕްރޮގްރާމުގައި މަސްތުވާތަކެތީގެ ނުރައްކަލާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށްގެންގޮސްފައިވާއިރު ތަފާތު ހުނަރުތައް ދަސްކޮށްދިނުމުގެ ކަންކަން ވެސް ކުރިއަށްގެންދިޔަ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އަދި، މި ޕްރޮގްރާމުގެ ދަށުން މުޖުތަމައަށް ނެރުނު މީހުންނަށް އެމްޓީސީސީގެ ސައިޓުތަކުން ވަޒީފާ ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކަރެކްޝަންސްއިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ގައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މަސްތުވާތަކެއްޗާގުޅިގެން ހުކުމް ތަންފީޒުކުރަމުންދާ 40 ގައިދީންނާއެކު މި ޕްރޮގްރާމް ފެށިނަމަވެސް، އެކި ސަބަބުތަކާހުރެ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ 32 ގައިދީންނެވެ.

އިތުރަށް ކިޔާލަން

12 ޖޫން 2017

ފަރުވާ ދިނުން ލަސްކޮށްފި ނަމަ ޖަލުގެ ގޮޅިތެރޭގައި އަދީބު މަރުވެދާނެ: ސިރާޖު

12 ޖޫން 2017
ފަރުވާ ދިނުން ލަސްކޮށްފި ނަމަ ޖަލުގެ ގޮޅިތެރޭގައި އަދީބު މަރުވެދާނެ: ސިރާޖު
07 ޖޫން 2017

ހެޔޮއެދޭމީހުންނަކީ ކޮބައިކަން ދަސްކޮށްދިނީ ޖަލުގެ ތޭރިތައް: އަހުމަދު އަދީބު

07 ޖޫން 2017
ހެޔޮއެދޭމީހުންނަކީ ކޮބައިކަން ދަސްކޮށްދިނީ ޖަލުގެ ތޭރިތައް: އަހުމަދު އަދީބު
15 އެޕްރީލު 2017

މާފުށި ޖަލުގެ ގައިދީއަކަށް ހޫނު ފެނުން ހަމާދީ ޒަހަމް ކޮށްލައިފި

15 އެޕްރީލު 2017
މާފުށި ޖަލުގެ ގައިދީއަކަށް ހޫނު ފެނުން ހަމާދީ ޒަހަމް ކޮށްލައިފި
30 މާރިޗު 2017

ނާޒިމް ގެންދިޔައީ މާފުށީ ޖަލަށް، އައްސޭރި ޖަލުގެ މަރާމާތު އަދިވެސް ނުނިމޭ!

30 މާރިޗު 2017
ނާޒިމް ގެންދިޔައީ މާފުށީ ޖަލަށް، އައްސޭރި ޖަލުގެ މަރާމާތު އަދިވެސް ނުނިމޭ!
27 މާރިޗު 2017

ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

27 މާރިޗު 2017
ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ  ޕްރޮގްރާމެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު