Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްޑީސީ ހިންގުން

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އަހްމަދު އާތިފް

5 ސެޕްޓެމްބަރު 2022 | ހޯމަ 02:59

އާތިފް ވަނީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު އަދާކުރައްވާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 ސެޕްޓެމްބަރު 2022 | ހޯމަ 02:59
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަހްމަދު އާތިފް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކޮށްފިއެވެ.

އާތިފް އަކީ މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް ހާޓްފޯޑްޝާރ އިން އެކައުންޓިންގ އިން ބެޗިލަރސް ޑިގްރީ ހާސިލްކޮށްފައިވާ ބޭފުޅެކެވެ. އާތިފް ވަނީ ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގައި ވެސް މަސައްކަތް ކުރައްވާފައެވެ.

Advertisement - newsAdvertisement

އެގޮތުން ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ވެސް އޭނާ މަސައްކަތް ކުރެއްވިއެވެ. 2019 ވަނަ އަހަރު އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް އާތިފް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ވަނީ ރަޖިސްޓަރޑް އޮޑިޓަރ އަދި ޓެކްސް އެޖެންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އެކައުންޓިންގ ދާއިރާގައި އާތިފް ވަނީ 10 އަހަރު މަސައްކަތް ކުރައްވާފައެވެ.

އާތިފް އެ މަޤާމަށް ހަމަޖައްސަވާފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ސުހައިލް އަހުމަދު ރިޓަޔަރކުރެއްވުމާއި ގުޅިގެންނެވެ.

ސުހައިލް އެޗްޑީސީއާ ގުޅިވަޑައިގަތީ 2001 ވަނަ އަހަރު، ހުޅުމާލޭގެ ބިންހިއްކުމާއި ތަރައްގީގެ މަސައްކަތްތަކަށް ވަކި އިދާރާއެއް އުފެދުމާއެކުއެވެ. އޭނާ ވަނީ މިވޭތުވެދިޔަ އަހަރުތަކުގައި އެޗްޑީސީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ހުޅުމާލޭގައި 200 އާއިލާ އެންމެ ފުރަތަމަ އާބާދުވީއިރުވެސް ސުހައިލް ދިޔައީ އެޗްޑީސީގައި މަސައްކަތްކުރައްވަމުންނެވެ.

މީގެއިތުރުން އޭނާއަކީ، ހުޅުމާލޭގައި މީހުން ވަޒަންވެރިވަމުންދިޔައިރު ރައްޔިތުންނަށް އިތުރު ބޯހިޔާވަހިކަން ބޭނުންވާކަން ފާހަގަކުރައްވައި، ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަތް ބޭފުޅެކެވެ.

ބިޔޯންޑް ހުޅުމާލޭގެ ނަމުގައި އަތޮޅުތަކަށްވެސް އެޗްޑީސީގެ ތަޖުރިބާ ގެންދިއުމުގެ މަސައްކަތްވެސް އޭނާ ވަނީ ފައްޓަވާފައެވެ. ސަރުކާރުގެ އެންމެ ބޮޑު އެސްއޯއީއަކަށް އެޗްޑީސީ ވީއިރު ސުހައިލަކީ ފާއިތުވެދިޔަ 4 ވެރިކަމުގައިވެސް އެޗްޑީސީގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

ސުހައިލް މަގާމުން ރިޓަޔަރކުރެއްވުމާ ގުޅިގެން އެޗްޑީސީން ވަނީ، އޭނާ ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

03 ޖުލައި 2017

އަހްމަދު ރަޝީދުގެ ނަމުގައި ސޮއި ކުރިކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް އެދިއްޖެ

03 ޖުލައި 2017
އަހްމަދު ރަޝީދުގެ ނަމުގައި ސޮއި ކުރިކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް އެދިއްޖެ
21 ޖޫން 2017

އެސިސްޓެންޓް އެޓަރނީ ޖެނެރަލްގެ މަޤާމަށް ހިޝާމް އައްޔަންކުރައްވައިފި

21 ޖޫން 2017
އެސިސްޓެންޓް އެޓަރނީ ޖެނެރަލްގެ މަޤާމަށް ހިޝާމް އައްޔަންކުރައްވައިފި
19 ޖޫން 2017

މަޤާމަށް ވުރެން މުހިއްމީ ޕާޓީއަށް ޚިދުމަތްކޮށްދިނުން: ނިޔާޒް

19 ޖޫން 2017
މަޤާމަށް ވުރެން މުހިއްމީ ޕާޓީއަށް ޚިދުމަތްކޮށްދިނުން: ނިޔާޒް
13 ޖޫން 2017

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރަކަށް ބޭފުޅަކު ހަމަޖައްސައިފި

13 ޖޫން 2017
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރަކަށް ބޭފުޅަކު ހަމަޖައްސައިފި
08 ޖޫން 2017

އިފޮޕްކާގެ ނައިބު ރައީސްކަމުގެ މަޤާމަށް ޖަނާޙް

08 ޖޫން 2017
އިފޮޕްކާގެ ނައިބު ރައީސްކަމުގެ މަޤާމަށް ޖަނާޙް
27 އެޕްރީލު 2017

ފިނޭންސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި

27 އެޕްރީލު 2017
ފިނޭންސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި
27 އެޕްރީލު 2017

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި

27 އެޕްރީލު 2017
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
13 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި

13 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް