Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް

ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި 32 ގައިދީން އާއިލާއާ ހަވާލުކޮށްފި

މިއީ ރާއްޖޭގައި ހިންގި ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަންގެ ފުރަތަމަ ޕްރޮގްރާމް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 3 ސެޕްޓެމްބަރު 2022 | ހޮނިހިރު 03:38
ހޯމް މިނިސްޓަރ - ރިހެބިލިޓޭޝަން ޕްރޮގްރާމް ނިންމި ގައިދީންނާއި ކޮމިޝަނަރ އޮފް ޕްރިޒަންސްއާ ބައްދަލު ކުރައްވަނީ

ހޯމް މިނިސްޓަރ - ރިހެބިލިޓޭޝަން ޕްރޮގްރާމް ނިންމި ގައިދީންނާއި ކޮމިޝަނަރ އޮފް ޕްރިޒަންސްއާ ބައްދަލު ކުރައްވަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ގައިދީންނަށް ހިންގި، ރާއްޖޭގެ ފުރަތަމަ ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި 32 ގައިދީން އާއިލާތަކާ ހަވާލުކޮށްފިއެވެ.

ކަރެކްޝަންސްއިން ބުނީ އެ ފަރާތްތަކަށް އާއިލާތަކާ ހަވާލުކުރީ ޝަރުތުތަކާއެކު ކަމަށެވެ. އަދި އަހަރެއް ވަންދެން އެ ފަރާތްތައް މޮނިޓަރ ކުރެވޭނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

މި ޕްރޮގްރާމުގެ ބައިވެރިން އާއިލާތަކާ ހަވާލުކުރުމުގެކުރިން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ވަނީ މި ގައިދީންނާ ބައްދަލުކުރައްވައި ހިތްވަރުދެއްވާފައެވެ.

މިކަމާގުޅޭގޮތުން ހޯމް މިނިސްޓަރ ޢިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައިވެސް ހިންގި މިފަދަ ފުރަތަމަ ޕްރޮގްރާމުގެ ދަށުން، ގައިދީން އަނބުރާ މުޖުތަމައަށް ނެރެވުމަކީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމުގެ މަގުގައި އެޅުނު އުސް ފިޔަވަޅެއްކަމަށެވެ.

ކަރެކްޝަންސްއިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ގައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މަސްތުވާތަކެއްޗާގުޅިގެން ހުކުމް ތަންފީޒުކުރަމުންދާ 40 ގައިދީންނާއެކު މި ޕްރޮގްރާމް ފެށިނަމަވެސް، އެކި ސަބަބުތަކާހުރެ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ 32 ގައިދީންނެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ ކާމިޔާބީ ފާހަގަކުރުމަށް 23 އޯގަސްޓް 2022ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، އެއްވެސް މީހަކާމެދު ތަފާތުކުރުން މި މުޖްތަމައުގައި ގެންގުޅެގެން ނުވާނެކަމަށެވެ. އަދި އެންމެންގެ އަމާޒަކަށް ވާންޖެހޭނީ، ޖަލުގައި ތިބި ގައިދީންނާ ދޭތެރޭގައި އިހުތިރާމާއި އިހުސާންތެރިކަމާއެކު އަމަލުކުރެވި، އެފަރާތްތައް އަނބުރާ މުޖުތަމައަށް އައުމުގެ ފުރުސަތު ހޯދައިދީ އާއިލާތަކާއެކު ދިރިއުޅެން މަގު ތަނަވަސްކޮށްދިނުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކޮށްދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ މި ޕްރޮގްރާމް ފަރުމާކޮށް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުމާއެކުގައިކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާ ނައިބާއި މިނިސްޓްރީ އޮފް ހެލްތާއި ނޭޝަނަލް ޑްރަގް އެޖެންސީން ދެއްވަމުންގެންދަވާ އެހީތެރިކަން ލިބުނުކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެންޖީއޯ ޖަރނީއިންނާއި އިންޑިއަން ކަލްޗަރަލް ސެންޓަރުންވެސް އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވައި ކޮމިޝަނަރ ވިދާޅުވީ، މި ޕްރޮގްރާމް ހިންގުމަށް ވަރކިންގ ގްރޫޕެއް އެކުލަވާލެވުނު ކަމަށާއި އެ ގްރޫޕްގެ މަސައްކަތުން އެސްއޯޕީ އެކުލަވާލައި، މި ޕްރޮގްރާމް ހިންގުމުގައި އުޅޭ ހުރިހާ މުވައްޒަފުންނަށް އެކި ޓްރޭނިންތަކާއި ފަންނުވެރިން ހޯދުމަށް އެންޖީއޯތަކާ ގުޅިގެން ޓްރޭނިންގ ކްލާސްތައް ކުރިއަށް ގެންގޮސްފައިވާނެކަމަށެވެ. ރިހެބިލިޓޭޝަން ޕްރޮގްރާމް މިހާރަށްވުރެ ފުޅާކޮށް، ބައިވެރިންގެ އަދަދު ގިނަ ކުރުމުގެ ގޮތުން މާފުށީ ޖަލުގައި އަދި އައްސޭރި ޖަލުގައި ވަކި އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އަންދާޒާއަކީ މިއަހަރު ނިމުމުގެ ކުރިން އިމާރާތްތައް ނިމި އެތަން ބޭނުންކުރަން ފެށޭނެކަމަށް ސީޕީ ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2024

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ
01 އޮކްޓޯބަރު 2024

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ
29 އޯގަސްޓު 2024

ރިހެބިލިޓޭޝަންގެ ތެރެއިން ގައިދީން މަސައްކަތް ކުރާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އުނިވާ ދުވަހެއް ގޮތުގައި ހަމަޖައްސާނަން: މިނިސްޓަރު އިހުސާން

29 އޯގަސްޓު 2024
ރިހެބިލިޓޭޝަންގެ ތެރެއިން ގައިދީން މަސައްކަތް ކުރާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އުނިވާ ދުވަހެއް ގޮތުގައި ހަމަޖައްސާނަން: މިނިސްޓަރު އިހުސާން
25 ޖުލައި 2024

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

25 ޖުލައި 2024
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް
01 އެޕްރީލު 2024

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު