Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމް

ރިހެބިލިޓޭޝަންގެ ތެރެއިން ގައިދީން މަސައްކަތް ކުރާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އުނިވާ ދުވަހެއް ގޮތުގައި ހަމަޖައްސާނަން: މިނިސްޓަރު އިހުސާން

މަސައްކަތް ކުރަނީ ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ތެރެއިން ގައިދީންނަށް ހުނަރުތައް ދަސްކޮށްދީ، މުޖުތަމައުއަށް ނެރުމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 29 އޯގަސްޓު 2024 | ބުރާސްފަތި 09:24
ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ

ގައިދީން ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ތެރެއިން މަސައްކަތް ކުރާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އުނިވާ ދުވަހެއް ގޮތުގައި ހަމަޖައްސާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކ. މާފުށީގައި ގާއިމުކުރި ދިވެހި ސަގާފީ ގޯތި ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ގައިދީން ޖަލުގައި ގިނަ ދުވަހު ގެންގުޅުމަކީ ސިޔާސަތެއް ނޫން ކަމަށާއި، މަސައްކަތް ކުރަނީ ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ތެރެއިން ގައިދީންނަށް ހުނަރުތައް ދަސްކޮށްދީ، މުޖުތަމައުއަށް ނެރުން ކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ރިހެބިލިޓޭޝަން ޕްރޮގްރާމްގައި ގައިދީން ބައިވެރިވެ، މަސައްކަތުގައި ހޭދަ ކުރާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އުނިވާ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ވަރަށް އަވަހަށް އެސިޔާސަތު ތަންފީޒު ވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އިހުސާން ވިދާޅުވީ ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ތެރެއިން ގައިދީން ދަސްކުރާ ހުރިހާ މަސައްކަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ މަސައްކަތަކަށްވާނެ ކަމަށާއި، އެމަސައްކަތުގެ ތެރެއިން ސީދާ ގައިދީންނަށް އާމްދަނީ ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ތެރެއިން މަސައްކަތް ކުރާ ކޮންމެ ދުވަހަކީ ޖަލު ހުކުމުން އުނިވާ ދުވަހެއް ގޮތުގައި ހަމަޖެއްސުމަށް ގާނޫނުތަކާ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ. އަދި ހަރުދަނާ ގޮތެއްގައި މިމަސައްކަތް ކުރުމަށް ކަރެކްޝަނަލް ސަރވިސްއިން އުސޫލުތައް ކަނޑައަޅާ ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްހޯމް މިނިސްޓަރު އަލީ އިޙްސާނުރިހެބިލިޓޭޝަން

އިތުރަށް ކިޔާލަން

30 އެޕްރީލު 2025

މިއޮޓް އިން ރާއްޖޭގެ ފުރަތަމަ ރިހެބް ސެންޓަރު ހުޅުވައިފި

30 އެޕްރީލު 2025
މިއޮޓް އިން ރާއްޖޭގެ ފުރަތަމަ ރިހެބް ސެންޓަރު ހުޅުވައިފި
23 ނޮވެމްބަރު 2024

ކުށްކުރާ ގްރޫޕުތަކުގައި ހިމެނޭ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފަށަނީ

23 ނޮވެމްބަރު 2024
ކުށްކުރާ ގްރޫޕުތަކުގައި ހިމެނޭ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފަށަނީ
31 އޯގަސްޓު 2024

ރަހީނުކުރި އަންހެން މީހާގެ މައްސަލާގައި ފުލުހުން ބާރުގެ ބޭނުން ކުރި ގޮތުގެ އެތެރޭގެ ތަހުގީގެއް ހިންގުމަށް އަންގާފައިނުވާނެ: މިނިސްޓަރު އިހުސާން

31 އޯގަސްޓު 2024
ރަހީނުކުރި އަންހެން މީހާގެ މައްސަލާގައި ފުލުހުން ބާރުގެ ބޭނުން ކުރި ގޮތުގެ އެތެރޭގެ ތަހުގީގެއް ހިންގުމަށް އަންގާފައިނުވާނެ: މިނިސްޓަރު އިހުސާން
19 ޑިސެމްބަރު 2023

" ބިދޭސީންނަށް 139000 އެއްހާ ވަރކްޕާމިޓް ދޫކޮށްފައިވޭ، ގަވާއިދުން ފައިސާ ދައްކަނީ %36 މީހުން"

19 ޑިސެމްބަރު 2023
" ބިދޭސީންނަށް 139000 އެއްހާ ވަރކްޕާމިޓް ދޫކޮށްފައިވޭ، ގަވާއިދުން ފައިސާ ދައްކަނީ %36 މީހުން"
03 ސެޕްޓެމްބަރު 2022

ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި 32 ގައިދީން އާއިލާއާ ހަވާލުކޮށްފި

03 ސެޕްޓެމްބަރު 2022
ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރި 32 ގައިދީން އާއިލާއާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު