Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސްކޭމްގެ މައްސަލަ

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

އެމްއެމްއޭގެ ފަރާތުން ވަނީ އެ ބައްދަލުވުމުގައި ސްކޭމް ސެންޓަރ އާއި ބެހޭ ބައެއް މައުލޫމާތުތައް ވެސް ހިއްސާކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 25 ޖުލައި 2024 | ބުރާސްފަތި 10:48
އެސްއޯއީ ކޮމިޓީގެ ބައްދަލުވުން

އެސްއޯއީ ކޮމިޓީގެ ބައްދަލުވުން

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ބުނެފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އެފަދައިން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ރީޓެއިލް، ބިޒްނަސް އަދި އެސްއެމްއީ ބެންކިން މޫސާ ނިމާލް ވިދާޅުވީ އެކަކު ގުޅާފަ އެކައުންޓެއް ބޭނުންކޮށްގެން ސްކޭމެއް ހިންގާކަމަށް ބުނި ނަމަވެސް ފިޔަވަޅު ނާޅާ ކަމަށެވެ. އެހެންނަމަވެސް ތަކުރާރުކޮށް އެފަދަ މުއާމަލާތުތައް ހިނގާ ނަމަ އެކަން ބަލާ ފިޔަވަޅު އަޅާ ކަމަށާއި ކާޑު މެދުވެރިކޮށް ފްރޯޑްގެ އަމަލެއް ހިންގާ ނަމަ އެ މައްސަލަ ބެލުމަށް ފަހުގައި ފިޔަވަޅު އަޅާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކާޑު ނެޓްވޯރކްތަކުން ލިބޭ މައުލޫމާތުތަކުގެ އަލީގައި މައްސަލަ ދިމާވެދާނެ ފަދަ ކާޑުތައް ވެސް ބްލޮކްކުރުމަށް ފަހު ކަސްޓަމަރުންނަށް އަލުން ކާޑު ހަދާދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ ބޭންކްއިން މީހަކު މޮނިޓަރިން އަށް ލަނީ ސްކޭމްތަކާއި ގުޅިގެން ނޫން ކަމަށެވެ. އެއީ މަނީ ލައުންޑަރކުރުމުގެ ޤާނޫނުގެ ދަށުން ކުރާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ކަސްޓަމަރުންގެ މައުލޫމާތު ނުވަތަ އިންކަމް ޑިކްލަރޭޝަން އަކީ ސީދާ ސްކޭމަކާއި ގުޅިގެން އެއްކުރާ މައުލޫމާތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ސްކޭމް އެއްކަން ދެނެގަންނަން އޮންނަ ގޮތަކީ އެފަދަ ކަމެއް އެނގުމުން ކަސްޓަމަރަކު ގުޅާފަ އެކަން ބޭންކަށް އެންގުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބީއެމްއެލްއިން ބުނީ ވަކިވަކި ކޭސްތަކާއި ގުޅޭ ގޮތުން ފުލުހުންނާއި އެކު ބައްދަލުުވުންތައް ބާއްވަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ފެންމަތި ވުމުން ބީއެމްއެލްއަކީ ތަހުގީގީ އިދާރާއެއް ކަމަށް ނުވާތީ ބޭންކުން އެކަން ތަހުގީގުނުކުރެވޭކަން ބީއެމްއެލްއިން ފާހަގަކުރެއެވެ. އެހެންކަމުން މައްސަލަ ވީހާވެސް އަވަހަށް ފުލުހުންނަށް ހުށަހެޅުމަށް އާއްމުންނަށް އިރުޝާދުދޭ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ވަކި ކަހަލަ ޖޭމަރ ސިސްޓަމެއް ބޭނުންކޮށްގެން ޖަލުގައި ސްކޭމް ހިންގުން މަދުކުރަން ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން އެސްއޯއީ ކޮމިޓީގައި ކަރެކްޝަންސް ސަރވިސް އާއި ވަނީ ސުވާލުކޮށްފައެވެ. ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު އާސިފް ވިދާޅުވީ މާފުށީގައި އެންޓެނާ ޤާއިމްކުރުމަށް ފަހު ޚިދުމަތް ދޭން ފަށަން އުޅޭ ހިސާބުން ދިރާގާއި އުރީދޫގެ ފަރާތުން އެ ކަމުގައި ހުރި ޤާނޫނީ މައްސަލަތައް ފާހަގަކުރާ ކަމަށެވެ. އެގޮތުން އެ މައުލޫމާތު ފުލުހުންނަށް ދިނުމުގައި ޤާނޫނީ ގޮތުން ދިމާވާ މައްސަލަތައް ހުރިކަމަށް މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން ބުނާ ކަމަށް އޭނާ ވިދާޅުވިއެވެ. އެންޓެނާގެ ބޭނުން މިހާރު ކުރަމުންދާ ކަމަށާއި، އެންޓެނާ ޖެހުމުން ކުރިން ރޭންޖް ނުލިބޭ ބައެއް ގޮޅިތަކަށް ރޭންޖް ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކަރެކްޝަންސް އިން ވަނީ އެއްވެސް ޖަލެއްގައި ފޯނު ވެއްދުމުގެ މައްސަލަ އަކީ ސައްތައިން ސައްތަ ހައްލުކުރެވިފައިވާ މައްސަލަ އެއް ނޫން ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެމްއެމްއޭގެ ފަރާތުން ވަނީ އެ ބައްދަލުވުމުގައި ސްކެމް ސެންޓަރ އާއި ބެހޭ ބައެއް މައުލޫމާތުތައް ވެސް ހިއްސާކޮށްފައެވެ.

ބީއެމްއެލްމޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ސްކޭމްއެމްއެމްއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު