Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮމިޝަނަރ އޮފް ޕްރިޒަންސް

ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައިނުވޭ: ކޮމިޝަނަރ އޮފް ޕްރިޒަންސް

ޖަލުތަކުގެ ސްޓްރަކްޗަރ އަދުގެ ފެންވަރަށް ގެނައުމުގެ މަސައްކަތް ވަރަށް ބޮޑަށް ދިގުދެމިގެން ގޮސްފައިވާ ކަމަށް ކޮމިޝަނަރު ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 ޑިސެމްބަރު 2023 | ބުދަ 02:57
ހުޅުމާލެ ޖަލުގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު

ހުޅުމާލެ ޖަލުގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު

ޖަލުތަކުގައި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައި ނުވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހުޅުމާލޭ ޖަލުގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ޖަލުގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛު އިބްރާހީމް މުޙައްމަދު ދީދީ އާއި ހުޅުމާލޭ ޖަލުގެ ޑައިރެކްޓަރ، ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ ވިދާޅުވީ ކަރެކްޝަންސްގެ އޮފިސަރުން ކުރަމުން ގެންދަނީ ވަރަށް ވަރުގަދަ، ޤައުމީ މަސައްކަތެއްކަމަށާއި ރެއާއި ދުވާލު ވަރަށް އޯގަނައިޒްޑްކޮށް މަސައްކަތް ކުރަމުންދާއިރު، ބޮޑު ގުރުބާނީއެއް ވަމުންދާކަމަށެވެ. އަދި އޯގަތެރިކަމާއެކު ގައިދީންނާއި ބަންދު މީހުންނާމެދު އޮފިސަރުން އަމަލުކުރަމުންދާކަން ފާހަގަކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބަލަމުންދާ ހިނދެއްގައި، ހެދިފައިވާ މުއާހަދާތަކާ އެއްގޮތަށް މަސައްކަތްކުރުމަށް މޭ އައްޑަނައަކަށް ހަދައިގެން، ފުރާނަ އަތްމައްޗަށް ނަގައިގެން ޤައުމީ ވާޖިބު އަދާކުރަމުންދާކަމުގައި ވެސް ކޮމިޝަނަރު ވިދާޅުވިއެވެ.

ޖަލުތަކުގެ ހާލަތަށް ރިއާޔަތް ކުރައްވައި ކޮމިޝަނަރު ވިދާޅުވީ ޖަލުތަކުގެ ސްޓްރަކްޗަރ އަދުގެ ފެންވަރަށް ގެނައުމުގެ މަސައްކަތް ވަރަށް ބޮޑަށް ދިގުދެމިގެން ގޮސްފައިވާ ކަމަށާއި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައި ނުވާ ކަމަށެވެ. އަދި، ގައިދީންނާއި ބަންދުމީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގައި އެމްބިއުލާންސް ނެތް ކަމަށާއި އެހެން އެއްގަމު އަދި ކަނޑުގެ އުޅަނދުތައް އެކަށީގެންވާރަށް ނެތްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަދި އެ މުވައްސަސާއަށް ކުރިމަތިވެފައިވާ މިފަދަ މައްސަލަތައް ހައްލުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

ކޮމިޝަނަރު ވަނީ އޮފިސަރުން ކުރާ ބުރަ އަދި މުހިންމު މަސައްކަތަކީ ފަޚުރުވެރިވާ މަސައްކަތެއްކަން ފާހަގަކުރައްވައި މީހުންގެ ފާޑުކިޔުން ލިބުނުނަމަވެސް، އޮފިސަރުންގެ ޤައުމީ ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއެކު ދެމިތިބުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ޮކޮމިޝަނަރ އޮފް ޕްރިޒަންސްމޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2024

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ
01 އޮކްޓޯބަރު 2024

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ
25 ޖުލައި 2024

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

25 ޖުލައި 2024
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް
01 އެޕްރީލު 2024

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ
21 ޑިސެމްބަރު 2023

ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން

21 ޑިސެމްބަރު 2023
ޔާމީނު އެދިވަޑައިގަތީ ނޫސްވެރިންނަށް މައުލޫމާތުދެއްވުމުގެ ހުއްދައަކަށް، ކަރެކްޝަންސްއިން ނިންމީ ހުއްދަ ނުދޭން
01 ނޮވެމްބަރު 2023

ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ

01 ނޮވެމްބަރު 2023
ކަރެކްޝަންސް އިން ޔާމީނަށް އިންޒާރު ދީފި، ތަކުރާރުވާނަމަ އިގުރާރު ބާތިލުކުރަނީ
01 ނޮވެމްބަރު 2023

ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…

01 ނޮވެމްބަރު 2023
ޖަލުތަކާއި ޕެރޯލް ޤާނޫނާ ޚިލާފަށް ޔާމީނު ސިޔާސީ ޙަރަކާތުގައި…
31 އޮކްޓޯބަރު 2023

އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ

31 އޮކްޓޯބަރު 2023
އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ
29 އޮކްޓޯބަރު 2023

ކުރީގެ ރައީސް ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް

29 އޮކްޓޯބަރު 2023
ކުރީގެ ރައީސް ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް
28 އޮކްޓޯބަރު 2023

ޔޫއެންއޯޑީސީއާ ގުޅިގެން ޕްރިޒަން އޮފިސަރުންނަށް ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި

28 އޮކްޓޯބަރު 2023
ޔޫއެންއޯޑީސީއާ ގުޅިގެން ޕްރިޒަން އޮފިސަރުންނަށް ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު