Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިކަމުގެ އިނާމު

ނޫސްވެރިކަމުގެ އިނާމަށް 12 ދާއިރާއަކަށް 82 ހުށަހެޅުން ލިބިފައިވޭ: އެމްއެމްސީ

މި އަހަރު ހުރިހާ ދާއިރާއަކަށް ވެސް ނޫސްވެރިން ކުރިމަތިލާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 ސެޕްޓެމްބަރު 2022 | ހުކުރު 06:02
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ކޮންމެ އަހަރަކު ދޭ ނޫސްވެރިކަމުގެ އިނާމަށް 12 ދާއިރާއަކަށް 82 ހުށަހެޅުން ލިބިފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރު ކުރި އިނާމަށް މި އަހަރު ހުރިހާ ދާއިރާއަކަށް ވެސް ނޫސްވެރިން ކުރިމަތިލާފައިވާ ކަމަށް އެމްއެމްސީން ބުނެއެވެ.

Advertisement - newsAdvertisement

މޯލްޑިވިސް މީޑިއާ ކައުންސިލުން މިއަހަރު ދޭ ނޫސްވެރިކަމުގެ އިނާމުގައި އެންމެ މޮޅު ނޫސްވެރިޔާ ހޮވާނީ އާންމުންގެ ވެސް ވޯޓާއެކު ކަމަށް މީޑިއާ ކައުންސިލްގެ އެސްޖީ ޑރ. އިބްރާހިމް ސަމީރު ވަނީ ރާއްޖެޓީވީއަށް ވިދާޅުވެފައެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ މިފަހަރު ދެ ކެޓަގަރީ، އެއީ ބްރޯޑްކާސްޓިންގ އަދި އޮންލައިން ކެޓަގަރީ އަށް ވަކިން އެވޯޑު ދިންނަމަވެސް އުންމީދީ ނޫސްވެރިޔާ އާއި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާއަށް އިނާމް ދެވިގެންދާނީ ދެ ކެޓަގަރީ އެއްކޮށް ކަމަށެވެ.

ސަމީރު ވިދާޅުވީ ކުރިން އެވޯޑް ދެމުން އައި އުސޫލަށް ބަލާއިރު ޕަސަންޓޭޖް ވަކިވަރަކަށް ވުރެ މަތިވާނަމަ އެވޯޑް ދެވިގެންދާ ކަމަށާއި އެހެންނަމަވެސް މިފަހަރު ޕަސަންޓޭޖް ދަށްކޮށްފައިވާ ކަމަށެވެ. އެގޮތުން މިފަހަރު 65 ޕަސަންޓަށްވުރެ މަތިނަމަ ނޮމިނޭޝަން އަށް ދާނެ ކަމަށާއި އެންމެ ރަނގަޅު ތިން ހުށަހެޅުން ހޮވާނެ ކަމަށެވެ. ސަމީރު އިތުރަށް ވިދާޅުވީ އެތިން ހުށަހެޅުމުން އެންމެ މަތިން މާރކްސް ލިބޭ ހުށަހެޅުމަކަށް އެވޯޑް ދެވިގެންދާނެ ކަމަށެވެ.

މީގެއިތުރުން އިނާމު ދިނުމުގެ އުސޫލު އެކުލަވާލުމުގައި އިނާމުގެ ކަންކަން ދެފުށް ފެންނަ ހަރުދަނާ ގޮތަކަށް ކުރިއަށް ގެންދިއުމަށް ކޮންމެ ދާއިރާއެއްގެ ޖަޖުކަން ކުރަން ޚާއްސަ ރުބްރިކްއެއް ތައްޔާރުކޮށްފައިވާނެ ކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އިނާމު ދިނުމުގައި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް މިކަން ކުރުމަށް ވަރަށް ބޮޑަށް ބަލާފައިވާނެ ކަމަށާއި، އިނާމުގެ ކަންކަން ބެލުމަށް އޮޑިޓް ފަރމެއްވެސް ކަނޑައަޅާފައިވާ ކަމަށް ވެސް ބުނެފައެވެ.

މީޑިއާ ކައުންސިލްގެ ނައިބު ރައީސް ހުސެއިން ސަޤީފް ވިދާޅުވެފައިވަނީ ފަނޑިޔާރުންގެ ޕެނަލް ވެސް މިފަހަރު ހަރުދަނާކޮށްފައިވާނެ ކަމަށެވެ.

ނޫސްވެރިކަމުގެ އިނާމު މޯލްޑިވްސް މީޑިއާ ކައުންސިލް

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި

19 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި
31 އޯގަސްޓު 2025

ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް

31 އޯގަސްޓު 2025
ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް
03 މެއި 2025

ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

03 މެއި 2025
ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް
17 ޑިސެމްބަރު 2024

މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް

17 ޑިސެމްބަރު 2024
މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް
31 އޮކްޓޯބަރު 2024

ރައީސް މުއިއްޒުގެ ދޮން މަންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓަރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން މުސްތަފާ ވަޒީފާ އިން ކަނޑާލައިފި

31 އޮކްޓޯބަރު 2024
ރައީސް މުއިއްޒުގެ ދޮން މަންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓަރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން މުސްތަފާ ވަޒީފާ އިން ކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު