Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖުލައި މަހު ރާއްޖެއަށް ކުރި ވިއްސާރަ

ވިއްސާރައިގައި ގެއްލުން ލިބުނު ރަށްތަކަށް 1 މިލިއަން ރުފިޔާގެ އެހީ

ގެއްލުން ލިބުނު 10 ރަށުގެ ތެރެއިން 9 ރަށަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2022 | ހުކުރު 04:12
ޖުލައިގައި ކުރި ވިއްސާރައިގައި ރާއްޖޭގެ ރަށަކަށް އުދަ އަރާފައި

ޖުލައިގައި ކުރި ވިއްސާރައިގައި ރާއްޖޭގެ ރަށަކަށް އުދަ އަރާފައި

މިދިޔަ ޖުލައި މަހުގައި ރާއްޖެއަށް ކުރި ވިއްސާރައިގައި ބޮޑެތި ގެއްލުންވި ރަށްތަކަށް އެއް މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އާއްމު ކުރި މައުލޫމާތުތައް ދައްކާ ގޮތުގައި ޖުލައި މަހުގެ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުންނާއި އުދަ އެރުމުގެ ސަބަބުން ރާއްޖޭގެ 10 ރަށަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މި ގެއްލުންތަކުގެ ތަފްސީލު އެ ރަށްތަކުން އެންޑީއެމްއޭއާ ހިއްސާކޮށްފައިވާއިރު މިހާރު އެ އިދާރައިން ވަނީ އެ ރަށްތަކުގެ އެސެސްމަންޓް ހަދައި 9 ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

Advertisement - newsAdvertisement

ޖުލައި މަހުގެ ވިއްސާރައިގައި ގެއްލުން ލިބިގެން އެންޑީއެމްއޭއަށް އެސެސްމަންޓުތައް ހުށަހަޅާފައިވަނީ ހދ. ވައިކަރަދޫ އާއި ށ. ފުނަދޫ އާއި ށ. ބިލެތްފަހި އާއި ތ. ތިމަރަފުއްޓާއި ގދ. ފިޔޯރީ އާއި ގދ. ހޯނޑެއްދޫ އާއި ގދ. ރަތަފަންދޫ އާއި ގދ. މަޑަވެލި އާއި ސ. މަރަދޫ އާއި ސ. މަރަދޫފޭދޫ އިންނެވެ. މި ރަށްތަކުގެ ތެރެއިން މިހާތަނަށް އެހީތެރިކަން ފޯރުކޮށް ނުދެވެނީ ށ. ފުނަދޫ އަށް އެކަންޏެވެ.

އެންޑީއެމްއޭއިން ބުނީ ރަށްތަކަށް ލިބުނު ގެއްލުންތަކުގެ ތެރެއިން ގޭބިސީ ފެންވަރުގައި ބޯހިޔާވަހި ކަމަށާއި ޒަރޫރީ ބޭނުންތަކަށް ބުރޫއަރާ މިންވަރަށް ގެއްލުންވި ރަށްތަކުގެ އަދަދު 10 އަކަށް އަރާ ކަމަށެވެ. ގޭބިސީ ފެންވަރުގައި ގެއްލުންތައް ކުރިމަތިވެފައިވާ 277 ގެއެއްގެ އެސެސްމަންޓް ހަދާފައިވާއިރު ޒަރޫރީ ހިފާ ގެންގުޅޭތަކެއްޗާއި ގޭގެ އިމާރާތައް ގެއްލުންވެފައިވާ 131 ގެއެއްގެ އެސެސްމަންޓް ވެސް ވަނީ ހަދައިފައެވެ.

މި ވިއްސާރައިގައި ގެތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލުތައް ހާމަކޮށް އެންޑީއެމްއޭއިން އާއްމު ކުރި ޗާޓުގައި ދައްކާގޮތުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަީ ގޭގެ ފާރުތަކަށެވެ. ފާރުތަކުގެ އިތުރުން ފާޚާނާތަކާއި ފުރާޅާއި ސީލިންގަށާއި ތަޅުންގަނޑާއި ކަރަންޓު ވަޔަރިންއަށް ވެސް ގެއްލުން ވެގެން ރަށްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެންޑީއެމްއޭއިން ބުނި ގޮތުގައި މި ވިއްސާރައިގައި 6 ގެއަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބި އަލުން އާރާސްތު ކުރަން ޖެހޭ ހާލަތުގައެވެ.

މީގެ އިތުރުން ދަނޑުބިންތަކާއި އާއްމު ޚިދުމަތްދޭ އިމާރާތްތަކާއި އޮޑިހަރުގެ ފަދަ ތަންތަނަށް ގެއްލުންވެގެން 8 ރަށަކުން ރިޕޯޓް ކޮށްފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުނެއެވެ. ދަނޑުބިންތަކަށް ލިބިފައިވާ ގެއްލުންތަކުގެ ގޮތުގައި ވިއްކުމަށް ހައްދާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ މިރުހާއި ފަޅޮލާއި ބިލެތާއި ދޮންކޭލާއި ބަނބުކެޔޮ ފަދަ ބާވަތްތަކަށް ގެއްލުުންވެގެން ރިޕޯޓް ކޮށްފައިވާއިރު މި ދަނޑުބިންތަކުގެ އެސެސްމަންޓުތައް ހުށަހަޅާފައިވަނީ ތިމަރަފުއްޓާއި ގދ. އަތޮޅުގެ ހޯނޑެއްދޫ އާއި މަޑަވެލި އަދި ފިޔޯރީންނެވެ.

އެންޑީއެމްއޭއިން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި ޖުލައި މަހުގެ ވިއްސާރައިގައި ޒަރުރީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އަގު 294،562.60 ރުފިޔާއަށް އަރައެވެ. އަދި އިންފްރާސްޓަރަކްޗަރ އަށް ލިބުނު ގެއްލުމުގެ އަގު 961،725 ރުފިޔާ އަށް އަރާ ކަމަށް ވެސް އެ އިދާރާއިން ވަނީ ރިޕޯޓްކޮށްފައެވެ. މި ގެއްލުންތަކުގެ ސަބަބުން އެހީގެ ގޮތުގައި މިހާތަނަށް ފޯރުކޮށްދީފައިވަނީ 1،256،287.60 ރުފިޔާއެވެ.

އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދިން ރަށްތަކުގެ ތެރެއިން އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ތިމަރަފުއްޓަށެވެ. އެ ރަށަށް ހަތަރު ލައްކަ ރުފިޔާއަށްވުރެ ބޮޑު އެހީއެއް ދީފައިވާއިރު މަޑަވެއްޔަށް ތިން ލައްކަ ރުފިޔާއަށްވުރެ ބޮޑު އެހީއެއް ވަނީ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން ބިލެތްފަހިއަށް ދެ ލައްކަ ރުފިޔާއަށްވުރެ ބޮޑު އެހީއެއް ފޯރުކޮށްދީފައިވާއިރު ވައިކަރަދޫ އާއި ހޯނޑެއްދޫ އާއި ރަތަފަންދޫ އާއި ފިޔޯރީ އާއި މަރަދޫ އަދި މަރަދޫފޭދޫއަށް ފޯރުކޮށްދިން އެހީގެ އަދަދު ލައްކައަކަށްވުރެ މަދެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި

2021ން 2024 ވަނަ އަހަރާ ހަމައަށް ކާރިސާތަކުގައި ގެއްލުންވި މީހުންނަށް 24 މިލިއަނަށްވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފި

20 ނޮވެމްބަރު 2025
ވިއްސާރައިގައި ގެއްލުންވި 70 ގޭބީސީއަކަށް ހަތަރުލައްކަ އަށް ވުރެ ގިނަ ރުފިޔާގެ އެހީ ދެނީ

ވިއްސާރައިގައި ގެއްލުންވި 70 ގޭބީސީއަކަށް ހަތަރުލައްކަ އަށް ވުރެ ގިނަ ރުފިޔާގެ އެހީ ދެނީ

04 ޖެނުއަރީ 2024
މާލެ ސިޓީގައި ފެންބޮޑުވެ 140 ގެއަކަށް ގެއްލުންވެ، 11 ގެއަކުން 54 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފި

މާލެ ސިޓީގައި ފެންބޮޑުވެ 140 ގެއަކަށް ގެއްލުންވެ، 11 ގެއަކުން 54 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފި

31 ޑިސެމްބަރު 2023
ބޯކޮށް ވާރޭވެހި ގެތަކަށް ފެންވަދެ، ފުވައްމުލައް ފެނު އަޑީގައި

ބޯކޮށް ވާރޭވެހި ގެތަކަށް ފެންވަދެ، ފުވައްމުލައް ފެނު އަޑީގައި

29 ޑިސެމްބަރު 2023
ރަށްރަށުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމުތަކެއް އެކުލަވައިލަނީ

ރަށްރަށުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޓީމުތަކެއް އެކުލަވައިލަނީ

08 އެޕްރީލު 2023

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު