Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި ފުލުހުންގެ ޚިދުމަތް

ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރާ މަސައްކަތުގައި މަޑުޖެހުމެއް، ވަރުބަލިވުމެއް ނެތް: ސީޕީ

ފުލުހުންގެ ޚިދުމަތް މިދަނީ ތަރައްޤީގެ އައު ހަރުފަތްތަކެއް ގިރާ ކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ސެޕްޓެމްބަރު 2022 | ބުރާސްފަތި 06:56
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާއި ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާއި ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން

ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރާ މަސައްކަތުގައި މަޑުޖެހުމެއް، ވަރުބަލިވުމެއް ނެތްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ އެހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާއި ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން 1 ސެޕްޓެމްބަރު 2004 ގައި ފުލުހުންގެ ޚިދުމަތް އުފެދި، 18 އަހަރު ވެގެން ގޮސްފައިވަނީ ގިނަ ކަންތައްތަކެއް ތަޖުރިބާކުރުމާއެކުކަން ސީޕީ ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

މީގެ 18 އަހަރު ކުރިން ފުލުހުންގެ ޚިދުމަތް ޤާއިމުކުރިއިރު ހުރި ކުށްތަކުގެ ޙާލަތު މިއަދުވެސް ދެމިއޮތްކަން ފާހަގަ ކުރައްވައި ސީޕީ ވިދާޅުވީ، އެއީ ރައްޔިތުންގެ މިއަދުގެވެސް ކަންބޮޑުވުމެއް ކަމަށެވެ.

ސީޕީ ވިދާޅުވީ، ރައްޔިތުންގެ އިތުބާރު މި ޚިދުމަތަށް އިތުރު ކުރުމަށް މިއަދު ގިނަ ބަދަލުތަކެއްވެސް ގެނެވިފައިވާ ކަމަށެވެ. އެގޮތުން ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް ސީޕީގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ.

އޭގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ 7 ވަނަ މާއްދާއަށް ރިއާޔަތްކޮށް އަވައްޓެރި ފުލުހުންގެ ޚިދުމަށް ހުރިހާ ރަށެއްގައި ދިނުމަށް ބޭނުންވާ ތަމްރީނުތައް ދެވިފައިވާކަމަށް ސީޕީ ވިދާޅުވިއެވެ. މި ޚިދުމަތްތައް ފުޅާކޮށް، ރައްޔިތުންނަށް ދޭ ޚިދުމަށް ހަރުދަނާ ކުރުމަށްޓަކައި ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތަކީ ފުލުހުންނަށް ފޯރުކޮށްދެވޭ ތަމްރީނުކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވަނީ އައްޑޫގައި ޤާއިމުކޮށްފައިވާ ޕޮލިސް އެކެޑަމީ އޭގެ މިސާލެއްގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ.

ސީޕީ ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތް މިދަނީ ތަރައްޤީގެ އައު ހަރުފަތްތަކެއް ގިރާ ކުރަމުން ކަމަށެވެ. ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މަޑުޖެހުމެއް، އަދި ވަރުބަލިވުމެއް ނެތްކަމަށް ސީޕީ ވިދާޅުވިއެވެ.

މުޖުތަމައުގައި ޙައްލު ހޯދަން ހުރި ކަންކަމަށް ޙައްލު ހޯދުމުގައި މުއައްސަސާތަކާއި ގުޅިގެން ކުރަމުންދާ މަސައްކަތް މިހާރަށްވުރެ ފުޅާ ކުރައްވާނެކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވަނީ އެ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުންވެސް މިހާރަށްވުރެ ފުޅާ ކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޕޮލިސްކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް, މުހައްމަދު ހަމީދު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު