Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށީގައި ހިންގާ ހައުސިންގ މަޝްރޫޢު

މާލެ ސަރަހައްދުން ބޭރުގައި ހިންގާ ގެދޮރުވެރިކަމުގެ އެންމެ ބިޔަ މަޝްރޫޢު ކުޅުދުއްފުށީގައި ފެށުމަށް ތައްޔާރުވެއްޖެ

1 ސެޕްޓެމްބަރު 2022 | ބުރާސްފަތި 02:03

މިއީ ދިވެހި ސަރުކާރުން 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދާ މަޝްރޫއެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ސެޕްޓެމްބަރު 2022 | ބުރާސްފަތި 02:03
ކުޅުދުއްފުށި ސިޓީގައި އިމާރާތްކުރާ 400 ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ބިން ކަނޑައަޅައި، ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރަށް ޕްރޮޖެކްޓް ސައިޓް ހަވާލުކުރަނީ

ކުޅުދުއްފުށި ސިޓީގައި އިމާރާތްކުރާ 400 ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ބިން ކަނޑައަޅައި، ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރަށް ޕްރޮޖެކްޓް ސައިޓް ހަވާލުކުރަނީ

މާލެ ސަރަހައްދުން ބޭރުގައި މިސަރުކާރުން ހިންގާ އެންމެ ބިޔަ ހައުސިންގ މަޝްރޫޢުކަމުގައިވާ ކުޅުދުއްފުށި ސިޓީގައި އެޅުމަށް ހަމަޖެހިފައިވާ 400 ހައުސިންގ ޔުނިޓް އެޅުމަށް ތައްޔާރުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ބިން ކަނޑައަޅައި، ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރަށް ޕްރޮޖެކްޓް ސައިޓް ހަވާލުކޮށްފައިވާކަމަށެވެ. މި މަޝްރޫއު ޙަވާލު ކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއް ކަމަށްވާ ޓުވެންޓީ ތާރޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑާއެވެ. ކުޅުދުއްފުށީގައި އިމާރަތްކުރާ 400 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫއުގައި ހައުސިންގ މިނިސްޓްރީ އާއި އެމަސައްކަތްކުރަން ހަމަޖެހިފައިވާ ކުންފުންޏާއެކު ސޮއިކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ.

މިއީ ދިވެހި ސަރުކާރުން 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 11 ބުރީގެ 5 ޓަވަރު އިމާރާތްކުރާނެއެވެ. އެއީ 1000 އަކަ ފޫޓުގެ ޖާގާގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ، ލޯންޑްރީ އަދި ސްޓޯރ ހިމެނޭގޮތަށް 400 އެޕާރޓްމަންޓް އަދި ކޮންމެ އެޕާރޓްމަންޓަކަށް ސައިކަލް ޕާރކިންގ ޖާގައެއް ދެވޭނެއެވެ. ގްރައުންޑް ފްލޯރ ބޭނުން ކުރާނީ ކޮމާރޝަލް އަދި މެއިންޓެނެންސް އޮފީސްގެ އިތުރުން ކޮންމެ އެޕާޓްމަންޓަކަށް ސައިކަލު ޕާކު ކުރާނެ ޖާގަ ދޭ ގޮތަށެވެ. މި އިމާރާތުގައި ދެ ލިފްޓް ހުންނާނެއެވެ.

އޭގެ އިތުރުން، އިމާރާތުގެ ވަށާ ފާރާއި، ހައުސިންގ ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތައް ހިތްފަސޭހަ މާހައުލެއް ޤާއިމު ކުރުމަށްޓަކައި ޔުނިޓު ވަށައިގެން އަލި ކުރެވި، ޕާކެއް ޤާއިމު ކުރެވޭނެއެވެ.

މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 439،991،160.00 (ހަތަރު ސަތޭކަ ތިރީސް ނުވަ މިލިއަން ނުވަ ސަތޭކަ ނުވަދިހަ އެއް ހާސް ސަތޭކަ ފަސް ދޮޅަސް އެކެއް) ދިވެހި ރުފިޔާއަށެވެ. އެއީ 540 ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފު މީގެކުރިން ވިދާޅުވެފައިވަނީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަން ކަމަށެވެ. އެގޮތުން، މިހާރުން މިހާރަށް ވެސް ބޯހިޔާވަހިކަން ބޭނުންވާ 1200 އާއި 1500 އާ ދެމެދުގެ އާއިލާ އެބަތިބިކަން އޭނާ ފާހަގަ ކުރެއްވިއެވެ. ކުޅުދުއްފުށީގައި އެންމެ ފަހުން ހައުސިންގ މަޝްރޫއެއް ކުރިއަށްދިޔައީ 2011 ވަނަ އަހަރުކަން ފާހަގަ ކުރައްވައި މޭޔަރ ވިދާޅުވީ އެ މަސައްކަތް ވެސް ސަރުކާރު ބަދަލުވުމާއެކު މަޑުޖެހުނު ކަމަށެވެ. އަދި ކުރީ ސަރުކާރުން އެކަމަށް އިސްކަމެއް ނުދޭ ކަމަށާއި ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވެ އެތަނުގެ މަސައްކަތް ވެސް އަލުން ފަށާފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

400 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދާނީ އަލަށް ހިއްކާފައިވާ 28 ހެކްޓަރުގެ ބިމުގައެވެ.

ކުޅުދުއްފުށި ސިޓީހައުސިންގް މިނިސްޓްރީ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟
11 ޑިސެމްބަރު 2025

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ
06 ޑިސެމްބަރު 2025

ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް

06 ޑިސެމްބަރު 2025
ސަރުކާރުން މަސައްކަތް ކުރަނީ އައު އުސޫލެއްގެ ދަށުން ތުޅާދޫ ހައުސިން ޔުނިޓްތައް ދޫކުރަން، ގިނަ ބައެއްގެ ހައްގުތައް ގެއްލޭނެ: ކައުންސިލްގެ ނައިބު ރައީސް
04 ޑިސެމްބަރު 2025

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް
27 ނޮވެމްބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި
17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
16 ނޮވެމްބަރު 2025

މާލެ ސަރަހައްދުން 7،500 ފްލެޓާއި 15،000 ގޯތި ދޫކުރާ ސްކީމެއް

16 ނޮވެމްބަރު 2025
މާލެ ސަރަހައްދުން 7،500 ފްލެޓާއި 15،000 ގޯތި ދޫކުރާ ސްކީމެއް
14 ނޮވެމްބަރު 2025

މުއިއްޒު ސަރުކާރުން ފްލެޓް އަތުލަނީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ނުވާ ކަމަށް ބުނެ، އެކަމަކު ފުލެޓް ލިސްޓު ވެރިފައި ކުރި އިރު އެކަން ނުބަލާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި!

02 ނޮވެމްބަރު 2025

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި
27 އޮކްޓޯބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް