Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ލީގު ކޮލިފިކޭޝަން

ބުރާއި ޓީނޭޖްގެ މެޗު ފުރިހަމައެއް ނުކުރެވުނު، ގޮތް ނިންމުން ކޮމިޓީއަށް!

30 އޯގަސްޓު 2022 | އަންގާރަ 15:23

ބުރު މޮޅުވީކަމަށް ނިންމައިފިނަމަ ފުރަތަމަ ޑިވިޝަންގެ ޖާގަ ލިބޭނެ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 30 އޯގަސްޓު 2022 | އަންގާރަ 15:23
ބުރު ޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ބުރު ޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ދެވަނަ ޑިވިޝަނުން އައި ދެޓީމްގެ ތެރެއިން ފުރަތަމަ ޑިވިޝަންގެ ޖާގައެއް ލިބެން އޮތް ޓީމް ކަށަވަރުވާން އޮތް މެޗު ނިމެން ދަނިކޮށް ހަމަނުޖެހުން ހިނގާ, މެޗު ފުރިހަމަ ނުކުރެވި ކޮމިޓީއަށް ގޮތް ނިންމަން ޖެހިއްޖެއެވެ.

މެޗުގެ ފުރިހަމަވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް ކުޅުން މެދުކަނޑާލީ ރެފްރީގެ ނިންމުންތަކާ ޓީނޭޖުން ހިތްހަމަނުޖެހި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުންނެވެ. ހަމަނުޖެހުންތަކުގެ ތެރޭގައި ރެފްރީ ފަހަތުން ބައެއް އޮފިޝަލުން ދުވި މަންޒަރު ފެނުނެވެ. އެހަމަނުޖެހުންތަކުގެ ސަބަބުން މެޗު އިތުރަށް ފުރިހަމަނުކުރެވި މެޗު ހުއްޓާލީއެވެ. ޤަވާއިދުގައިވާ ގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަނުވަނީސް މެޗު މިގޮތަށް ހުއްޓާލަން ޖެހި ކުރިއަށް ނުގެންދެވިއްޖެނަމަ ގޮތް ނިންމާނީ ކޮމިޓީންނެވެ. ކޮމިޓީން ގޮތް ނިންމާނެކަން އެންގުމުން ބުރުން ވަނީ އުފާފާޅުކޮށްފައެވެ. ބުރުގެ ސޯޝަލް މީޑިޔާ އެކައުންޓްތަކުންވެސް ވަނީ ފުރަތަމަ ޑިވިޝަންގެ ޖާގަ ލިބުނުކަން އިއުލާންކޮށް އުފާފާޅުކޮށްފައެވެ.

މެޗު ހުއްޓާލިއިރު 3-1 ން ކުރީގައި އޮތީ ބުރު ސްޕޯރޓްސް ކްލަބެވެ. މެޗުގެ ފަސްވަނަ މިނިޓްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީވެސް ބުރުންނެވެ. އެޓީމަށް ކުރި ހޯދައިދިނީ އަހުމަދު މުޙައްމަދު ގަބާލާއެވެ. އެކަމަކު 19 ވަނަ މިނިޓްގައި ބައިގޯލަކުން ނަތީޖާ ހަމަހަމަވިއެވެ. ބުރުން ދެވަނަ ފަހަރަށް ކުރި ހޯދީ ދެވަނަ ހާފްގައި, މެޗުގެ 73 ވަނަ މިނިޓްގައި އަހުމަދު ރަޝީދު ޖެހި ލަނޑުންނެވެ. އޭގެ ތިން މިނިޓް ފަހުން ބުރުގެ ތިންވަނަ ލަނޑުވެސް ޖެހީ އަހުމަދު ރަޝީދެވެ.

ކޮމިޓީން ބުރު މޮޅުވީކަމަށް ނިންމައިފިނަމަ ކުރިއަށް އޮތް ސީޒަންގެ ދިވެހި ޕްރިމިއަރ ލީގުން ބުރަށް ޖާގަ ޔަޤީންވާނެއެވެ. ބުރު ވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައެވެ. ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި ސަސް އަތުން ބަލިވިއެވެ. އެކަމަކު ދަ ގްރާންޑޭ އަތުން މޮޅުވިއެވެ.

ކޮލިފިކޭޝަން ފަހު މެޗުގައި އަންގާރަ ދުވަހުގެރޭ ވާދަކުރާނީ ސަސްއާއި ދަ ގްރާންޑޭއެވެ. މެޗު އެއްވަރުކޮށްލައިގެންވެސް ސަސްއަށް ފުރަތަމަ ޑިވިޝަންގައި ދެމިއޮވެވޭނެއެވެ.

ދިވެހި ލީގު ކޮލިފިކޭޝަންބުރު ސްޕޯޓްސް ކްލަބް

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
02 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި

02 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި
27 އޮކްޓޯބަރު 2025

އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ

27 އޮކްޓޯބަރު 2025
އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
25 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ބުރުން އީގަލްސްއާ އެއްވަރު ކޮށްފި

25 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ބުރުން އީގަލްސްއާ އެއްވަރު ކޮށްފި
20 ސެޕްޓެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު ބުރަށް ވަރުގަދަ ފެށުމެއް

20 ސެޕްޓެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު ބުރަށް ވަރުގަދަ ފެށުމެއް
10 ޖޫން 2024

ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން

10 ޖޫން 2024
ބުރު ބަލިކޮށް، ސަސް އިން މުބާރާތް ފެށީ މޮޅަކުން
01 ފެބުރުއަރީ 2024

ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި

01 ފެބުރުއަރީ 2024
ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި
06 ޑިސެމްބަރު 2023

ބުރު އަތުން މާޒިޔާ އަށް 6 ލަނޑުގެ މޮޅެއް

06 ޑިސެމްބަރު 2023
ބުރު އަތުން މާޒިޔާ އަށް 6 ލަނޑުގެ މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް