Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަދުއަޚްލާގީ މައްސަލައިގައި ހިމެނޭ ރާފިއު ހޯދަނީ

ރާފިއު އުޅޭތަނެއް ނޭންގިގެން ހޯދަން އިއުލާންކޮށްފި

30 އޯގަސްޓު 2022 | އަންގާރަ 11:21

ފުލުހުން ވަނީ ރާފިއު އަންނަ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުގެ 2ށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށް ހާޒިރުވުމަށް އަންގާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 އޯގަސްޓު 2022 | އަންގާރަ 11:21
ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރުގެ މަޤާމުގައި ހުންނެވި އިބްރާހިމް ރާފިއު

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރުގެ މަޤާމުގައި ހުންނެވި އިބްރާހިމް ރާފިއު

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު ބަދުއަޚްލާގީ އަމަލު ހިންގި ވީޑީއޯއެއްގައި ފެންނަ ކަމަށް ތުހުމަތުވާ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ކުރީގެ މުޝީރު އިބްރާހިމް ރާފިއު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ކުރި އިއުލާނެއްގައި ބުނީ ރާފިއުއާއި ގުޅޭ ގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން ރާފިއުއާއި ގުޅޭ އެއްވެސް މައުލޫމާތު ލިބިފައިވާނަމަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓަށް އެންގުމަށް ފުލުހުން އެދިފައިވެއެވެ.

މިވީޑިއޯ އާ ގުޅިގެން ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރުގެ މަޤާމުގައި ހުންނެވި އިބްރާހިމް ރާފިއު މަޤާމުން ވަނީ ވަކިކޮށްފައެވެ. ފުލުހުން ވަނީ ރާފިއު އަންނަ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުގެ 2ޖަހާއިރަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށް ހާޒިރުވުމަށް އަންގާފައެވެ.

އަލަމްގީރާއެކު ގިނަ ބަޔަކު ބަދުއަޚްލާގީ އަމަލު ހިންގައި، ވީޑިއޯ ކުރި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ބަދުއަޚްލާގީ އަމަލު ހިންގާ ވީޑިއޯތައް އާންމުވުމަށް ފަހު ފުލުހުން މީގެކުރިން ބުނެފައި ވަނީ އެ ވީޑިއޯތަކުގައި ހިމެނޭ މީހުންގެ މައްސަލަތައް ބަލަމުންދާ ކަމަށެވެ. އަދި، އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަަތަކެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ.

ފުލުހުން ބުނާ ގޮތުގައި ތަހުގީގީ އިޖުރާއަތްތައް ހިންގަމުން ދަނީ މިހާތަނަށް ފޮރެންސިކް ތަހްލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް