Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދުނިޔޭގެ ތެލުގެ އަގުތައް

ރަޝިޔާގެ ތެލާއި ގޭހާއި ނުލައި ދުނިޔެއަށް ހިފަހައްޓާލެވިދާނެތަ؟

ޔޫރަޕްގައި ބޭނުން ކުރާ ގުދްރަތީ ގޭހުގެ 40 އިންސައްތަ އިމްޕޯޓް ކުރީ ރަޝިޔާ އިން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 30 އޯގަސްޓު 2022 | އަންގާރަ 08:17
ރަޝިޔާގެ ތެޔޮ ޕަންޕް ކުރާ ސްޓޭޝަނެއް

ރަޝިޔާގެ ތެޔޮ ޕަންޕް ކުރާ ސްޓޭޝަނެއް

ރަޝިޔާގެ މުހިންމު ގޭސް ހޮޅިއެއް އޮގަސްޓް މަސް ނިމުމާއި އެކު ތިންދުވަހަށް ބަންދު ކުރަން ނިންމާފައިވާކަން އެގައުމުން އިއުލާންކޮށްފިއެވެ. ރަޝިޔާގެ އެނަރޖީ އާއި ބެހޭ ކަންކަން ބަލަހައްޓާ މައި އިދާރާ ގެޒްޕްރޮމް އިން ބުނެފައިވާ ގޮތުގައި ރަޝިޔާއިން ޖަރމަނީ އަށް އަޅާފައިވާ ނޯޑް ސްޓްރީމް ވަން ޕައިޕް- ލައިން އޮގަސްޓް 31ން ސެޕްޓްމަބްރު މަހުގެ ދެވަނަ ދުވަހަށް، މެއިންޓެނަންސް މަސައްކަތަކަށްޓަކައި ބަންދު ކުރެވޭނެއެވެ.

މި ޕައިޕްލައިންގެ ފެށުމާއި ހަމައިގައިވާ ތަނެއްގައި މިހާރުވެސް އާދަޔާ ޚިލާފް ގިނަ އަދަދަކަށް ރަޝިޔާއިން ގޭސް އަންދަމުން ދާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މި ހުޅުގަނޑު ސެޓަލައިޓްތަކަށް ފެނެއެވެ. މިގޮތަށް ތެޔޮ އެންދުމުގެ ބޭނުމެއް ސާފު ނުވާ ކަމަށް ވެއެވެ.   

ރަޝިޔާ އިން މައި ތެޔޮ ހޮޅިއެއް ތިން ދުވަހަށް ބަންދު ކޮށްލާނެ ކަމަށް ކުރި އިއުލާނާ އެކު،   މިހާރުވެސް އުފުލެމުންދާ ތެލާއި ގޭހުގެ އަގުތަކާ ކުރިމަތިލާ، ހައްލު ހޯދޭތޯ ބެލުމަށް ތެޅިތެޅިތިބި ޔޫރަޕްގެ ގައުމުތަކަށް ގޭހުގެ ސަޕްލައި އިތުރަށް މަދު ވެގެން ގޮސް ދަތި ބޮޑުވާނެއެވެ.  

ރަޝިޔާއިން ޔޫކްރެއިން ހިސޯރު ކުރުމަށް ފެބްރުއަރީ މަހު ހަނގުރާމައެއް ފެށިހަމައިން ރަޝިޔާގެ ތެލާއި ގޭހަށް ބަރޯސާވާވަރު ކުޑަ ކުރުމަށް ހުޅަނގުގެ ގައުމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އީޔޫގެ ގައުމުތަކުން ބޭނުން ކުރި ގުދްރަތީ ގޭހުގެ 40 އިންސައްތަ މިދިޔަ އަހަރުވެސް ފޯރުކޮށްދިނީ ރަޝިޔާ އިންނެވެ. ޔޫރަޕްގެ އެންމެ ބޮޑު އިގްތިސާދު އޮންނަ ގައުމު ކަމަށްވާ ޖަރުމަނުން އެންމެ ގިނަ އަދަދަކަށް ރަޝިޔާގެ ގުދްރަތީ ގޭސް އިމްޕޯޓްކޮށްފައި ވާއިރު ދެވަނަ އަށް އޮތީ އިޓަލީ އެވެ. އިނގިރޭސި ވިލާތުން ރަޝިޔާގެ ގޭސް އިމްޕޯޓް ކުރަމުން ދާވަރު މަދު ކުރަމުން އައި އިރު މިއަހަރުގެ ޖޫން މަސް ހިމެނިގެން ގޮސްފައި ވަނީ އެގައުމުން ރަޝިޔާގެ ގޭސް އިމްޕޯޓް ނުކުރާތާ ޖެހިޖެހިގެން ތިންވަނަ މަސް ކަމުގައެވެ.

އެމެރިކާއިން ރަޝިޔާގެ ގޭސް އެއްވެސް ވަރަކަށް އިމްޕޯޓް ނުކުރެއެވެ. އެހެން ނަމަވެސް ރަޝިޔާ އިން ޔޫރަޕްގެ މައި ބައްރަށް ގޭސް ދޫކުރުން ބަންދު ކޮށްލައިފި ނަމަ ދުނިޔޭގެ އަގުތައް އުފުލިގެން ދާނެތީ މި ގައުމުތަކަށް ވެސް އަސަރު ކުރާވަރު ވަކި ކުޑައެއް ނުވާނެއެވެ.

2020 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ރަޝިޔާގެ ތެލާއި ގޭހަށް އަންނަނީ ވަރަށް ބޮޑަށް ބަރޯސާވަމުންނެވެ. މި ގޮތުން ބަލާއިރު،

ޖަރމަނީ : 42.6 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް

އިޓަލީ : 29.2 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް

ބެލަރުސް : 18.8 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް

ޓަރކީ : 16.2 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް

ނެދަރލަންޑްސް : 15.7 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް

ހަންގެރީ : 11.6 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް

ކަޒަކްސްތާން : 10.2 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް

ޕޯލަންޑް : 9.6 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް

ޗައިނާ : 9.2 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް އަދި

ޖަޕާން : 8.8 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް

މި އަދަދު ތަކުން ދައްކާ ގޮތުން ރަޝިޔާގެ ގޭސް ސަޕްލައި އާއި މިގައުމު ތަކާ ވަނީ ވަރަށް ބޮޑަށް ލާމެހިފައެވެ.

އީޔޫއިން ބުނާ ގޮތުގައި ރަޝިޔާ އިން ޔޫކްރެއިން ހިސޯރު ކުރުމަށް އެގައުމަށް ހަމަލާދޭން ފެށުމާއި އެކު އަދަބެއްގެ ގޮތުން އީޔޫގެ ގައުމުތަކުން ދަނީ ރަޝިޔާގެ ގޭސް އިމްޕޯޓް އެއްއަހަރު ދުވަހުގެ ތެރޭ ތިންބައިކޮށްފައި ދެބައި މަދު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެއްކޮށް ހުއްޓާލާނެ ކަމަށް ބުނަން ނުކެރުނު ކަމަށް ވެއެވެ. މިއާއެކު އީޔޫގެ ގައުމުތަކުން މިހާރުވަނީ އެގައުމުތަކުގައި ގޭސް ބޭނުން ކުރާ މިންވަރު ހަތް މަސްދުވަހުގެތެރޭ 15 އިންސައްތަ މަދު ކުރުމަށް ވެސް އެއްބަސްވެފައެވެ. ނަމަވެސް ރަޝިޔާގެ ގޭސް ނުގަނެ އެގައުމުތަކުން ދެން ހަދާނެ ގޮތެއް އަދި މާސާފެއްނޫނެވެ. މިގޮތުން އެމެރިކާއާއި ޤަތަރު ފަދަ ގައުމުތަކުން ޓޭންކަރުތަކުގަ ލިކުއިފައިޑް ގުދްރަތީ ގޭސް ނުވަތަ އެލްއެންޖީ އިމްޕޯޓް ކުރަންވެސް ޖެހިދާނެ ކަމަށް ވެއެވެ.

ނަމަވެސް މާހިރުން ވިދާޅުވާ ގޮތުގައި މިކަން ކުރެވޭވަރަށް ޔޫރަޕްގައި އެލްއެންޖީ ޓަރމިނަލްތަކެއް ނެތެވެ. މިކަމުގެ ބުރަ އުފުލަން ޖެހޭނީ ޖަރމަނީ އަށެވެ.

ރައީސް ވްލަޑިމިއަރ ޕުޓިން މިހާރު އަންގަވާފައިވަނީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ރަޝިޔާ އާއި "އަންފްރެންޑްލީ" ނުވަތަ ގާތްގުޅުމެއްނެތް ގައުމުތަކުން ގަންނަ ގޭހަށް އަގު ދައްކަން ޖެހޭނީ ރަޝިޔާގެ ފައިސާ ރޫބްލްސް އިން ކަމުގައެވެ. މިހެން ހެދުމުން ރަޝިޔާގެ ފައިސާގެ އަގު ވެއްޓުނަ ނުދީ ހިފެހެއްޓޭނެއެވެ. މިގޮތަށް ރަޝިޔާ ފައިސާއިން އަގުދައްކަން ޕޯލަންޑް ބަލްގޭރިޔާ އަދި ފިންލަންޑުން ދެކޮޅު ހެދުމުން ރަޝިޔާއިން ވަނީ އެގައުމުތަކަށް ތެޔޮ ސަޕްލައި ބަންދު ކޮށްލާފައެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުން ރަޝިޔާގެ ބޭންކްތަކުގެ އެކައުންޓްތައް މެދުވެރިކޮށް ގޭހަށް އަގު ދައްކައެވެ. މިފަދަ ބޭންކްތަކުން ޔޫރޯ، ރަޝިޔާގެ ފައިސާއަށް ބަދަލުކޮށްދެއެވެ. އެހެން ކަމުން ދަތިކުރުމުގެ ފިޔަވަޅުގެ މާބޮޑު އަސަރެއް ރަޝިޔާއަކަށް ނުދައްކައެވެ.

ދުނިޔޭގައި ތެލުގެ އަގުތައް ބޮޑުވަމުން ދިއުމުގެ ފައިދާ ލިބި، ރަޝިޔާއިން ޔޫރަޕަށް ތެލާއި ގޭސް ވިއްކައިގެން 430 ބިލިއަން ޑޮލަރު ފާއިތުވި އަހަރެއްހާ ދުވަހުގެތެރޭގައި ލިބިފައި ވެއެވެ. ނަމަވެސް އީޔޫއިން ބުނަނީ ކުރިޔަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭ ރަޝިޔާއިން ތެޔޮ ގަންނަ މިންވަރު 90 އިންސައްތަ މަދު ކުރަން ވަނީ އަމާޒު ހިފާފަކަމަށެވެ. މިހެން ހެދި ނަމަވެސް ރަޝިޔާއިން ޔޫރަޕް ފިޔަވައި އެހެން ގައުމުތަކަށް ތެޔޮ ވިއްކުމުގެ ފުރުސަތު އިތުރު ވެގެން ދާނެއެވެ. މިހާރުވެސް ޗައިނާ އާއި އިންޑިޔާ ފަދަ ގައުމުތަކުން ރަޝިޔާގެ ތެޔޮ ގަންނަމުން ދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރު ކޮށްފައެވެ. އެހެން ގައުމުތަކަށް ވުރެ ރަޝިޔާގެ ތެޔޮ މިވަގުތު އަގުހެޔޮވީމައެވެ.

ތެލުގެ އަގު ބޮޑުވަމުންދާ ނިސްބަތަށް ވުރެމާބޮޑަށް ޔޫރަޕްގައި ވަކިވަކި ފަރުދުންގެ ކަރަންޓް ބިލްތައް ވަނީ ބޮޑުވެގެން ގޮސްފައެވެ. މިގޮތުން 700 ޕައުންޑްގައި ހުރި ބިލް އެޕްރިލްގެ ފަހުން 2000 ޕައުންޑަށް އުފުލިފައިވެއެވެ. އަދި ކުރިޔަށް އޮތް އޮކްޓޯބަރު ބަހު ޔޫރަޕްގެ އެވްރެޖް ގެއެއްގެ ކަރަންޓް ބިލު 3500 ޕައުންޑަށް ބޮޑުވާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ.

ރަޝިޔާގެ ތެޔޮ ގަންނަމުން އައި ގައުމުތަކާއި އަދި އެގައުމުން ތެޔޮ ނުގަންނަ އިނގިރޭސި ވިލާތްފަދަ ގައުމުތަކުގައިވެސް މިވަނީ ކޮންޓްރޯލް ކުރެވޭނެ މާބޮޑު ގޮތްތަކެއް އަދި ފެންނަން ނެތި ތެލާއި ގޭހުގެ މައްސަލަ ބޮއްސުން ލާފައެވެ. ކޮންޓްރޯލްގެ ބޮޑުބައި މިވަގުތު އޮތީ ރަޝިޔާގެ އަތުގައެވެ.

ތެލުގެ އަގުދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟

25 ޖޫން 2024
ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

ޣައްޒާގައި ހިންގާ ޤަތުލުއާންމުގެ ހަވާސާގައި އިޒްރޭލުގެ ނިރުބަވެރިންނާއި ހިޒްބުﷲ ހަނގުރާމައަކަށް؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު