Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އައްމާންގެ ކާރު ޕާކުކުރާ ޒޯން ފުޓްބޯޅަ ދަނޑަކަށް

ލިބޭ މިންވަރުން ފުއްދާލުމުގައި ރެފިއުޖީން ދައްކަނީ ރީތި މިސާލެކެވެ!

ރެފިއުޖީންނާ ބެހޭ އދގެ އިދާރާގައި ދަފުތަރު ކޮށްފައިވާ ރެފިއުޖީންގެ އަދަދު 760000 އަށްވުރެ މައްޗަށް އަރާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 30 އޯގަސްޓު 2022 | އަންގާރަ 07:45
ކާރު ޕާކު ކުރަން އޮތް އެ ޒޯންއަކީ ޔަމަނުގެ އިތުރުން ސޯމާލިއާ، ސޫދާން، ޢިރާޤް އަދި ސޫރިޔާއާއި އިތިއޮޕިއާގެ ރެފިއުޖީންގެ އިތުރުން އުރުދުންގެ ޒުވާނުންވެސް މިއަދު އެއްތަނަކުން ބައްދަލުވާ ތަން

ކާރު ޕާކު ކުރަން އޮތް އެ ޒޯންއަކީ ޔަމަނުގެ އިތުރުން ސޯމާލިއާ، ސޫދާން، ޢިރާޤް އަދި ސޫރިޔާއާއި އިތިއޮޕިއާގެ ރެފިއުޖީންގެ އިތުރުން އުރުދުންގެ ޒުވާނުންވެސް މިއަދު އެއްތަނަކުން ބައްދަލުވާ ތަން

ނަޒަރު ގޮސް ހުއްޓުނީ އުރުދުންގެ ވެރިރަށް އައްމާންގައި ތޮއްޖެހިފައި ވާ މުސްކުޅި އަވަށެއްގައި، ކާރު ޕާކު ކުރަން ހާއްސަ ކޮށްފައި އޮތް ކުޑަ ސަރަހައްދަކަށެވެ.

ހަފުތާގެ މަސައްކަތު ދުވަސްތަކުގެ ދުވާލުގެ ވަގުތުތަކުގައި އެއީ ކާރޫބާރު ބޮޑު، ޕާކިންގް ޒޯންއެކެވެ. ރޭގަނޑުގެ ވަގުތުތަކާއި ހަފުތާ ބަންދުގައި އެއީ އަމިއްލަ ވަޒަނެއް އޮތުމުގެ ނަޞީބުން މަޚްރޫމު ވެފައިވާ ރެފިއުޖީންގެ ހިތްތަކަށް ތަސައްލީއެއް ހޯދާލާ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ބޭނުން ކުރާ ވަގުތީ ފުޓުބޯޅަ ދަނޑެކެވެ.  

ޔަމަނަށް ނިސްބަތްވާ އަހުމަދު ޢަބްދުއްރަޙްމާން ޢުރުދުންއަށް ބަދަލުވީ މީގެ 8 އަހަރު ކުރިންނެވެ. ތެލުގެ ސިނާއަތުގައި އަދާ ކުރަމުން ދިޔަ ވަޒީފާގެ އިތުރުން، ހިތު ލޯބި ދެވިފައި ވާ މީހުންވެސް ދޫކޮށްފައެވެ. ސާފު ކުރާ މީހެއްގެ ވަޒީފާ އަދާ ކުރަމުން އަންނަ، އުމުރުން 29 އަހަރުގެ ޢަބްދުއްރަޙްމާންއަށްވެސް، އެންމެ ފުރަތަމަ އެކަން ވީ، ކުރަން މާ ފަސޭހަ ކަމަކަށް ނޫނެވެ. އެކަމަށް ހޭނުމަށް އެތައް ވޭނެއްގައި އުޅުނެވެ. ނަމަވެސް، ފުޓުބޯޅަ ކުޅެން ފެށުމާ ހަމައަށެވެ.

ކާރު ޕާކު ކުރަން އޮތް އެ ޒޯންއަކީ ޔަމަނުގެ އިތުރުން ސޯމާލިއާ، ސޫދާން، ޢިރާޤް އަދި ސޫރިޔާއާއި އިތިއޮޕިއާގެ ރެފިއުޖީންގެ އިތުރުން އުރުދުންގެ ޒުވާނުންވެސް މިއަދު އެއްތަނަކުން ބައްދަލުވާ، ޘަޤާފީ ސިންދަފާތުކަމުގެ މުއްސަނދި ދަނޑަކަށް ވަނީ ވެފައެވެ. ބަދަހި މުޖުތަމައެއްގެ ގޮތުގައި އެމީހުންގެ މެދުގައި ގުޅުންތައް ބަދަހިވެފައި ވާ މަންޒަރު ބަލާލި ކޮންމެ މީހެއްގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނުވައެވެ.

އެމީހެއްގެ ދިރިއުޅުން އުޖާލާ ވާނީ، އެމީހަކު އެކަމަށް މަސައްކަތް ކުރި މިންވަރަކުން ކަން، އުރުދުންގައި ދިރިއުޅެމުންދާ ރެފިއުޖީންގެ ދިރިއުޅުމަށް ބަލާލުމުން ކިތަންމެހާވެސް ރަނގަޅަކަށް އެނގިގެން ދެއެވެ. ވީ ކޮންމެ ހާލެއްގައި ވާން ދޫކޮށްލައިގެން ހުރުމުގެ ބަދަލުގައި، ދިރިއުޅުން ކޮޅަށް ޖެހުމަށް، މަސައްކަތް ކުރަންވީ ކަން އަންގައިދެއެވެ.

ކޮންމެ ކަމެއް އެންމެ ފުރިހަމައަށް، ނުވި ކަމުގައި ވީ ނަމަވެސް، ލިބެން އޮތް ވަސީލަތެއްގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ހީވެސް ނުކުރާހާ ބޮޑެތި ފައިދާތަކެއް ކޮށްފާނެކަން، ޕާކިންގް ޒޯންގައި ފުޓުބޯޅަ ކުޅެމުންދާ މި ޒުވާނުންގެ ވާހަކަތަކުންވެސް އަންގައިދެއެވެ.

އުރުދުންގައި ދިރިއުޅޭ ރެފިއުޖީންނަށް ބަލާއިރު، ރެފިއުޖީންނާ ބެހޭ އދގެ އިދާރާގައި ދަފުތަރު ކޮށްފައިވާ ރެފިއުޖީންގެ އަދަދު 760000 އަށްވުރެ މައްޗަށް އަރައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ސޫރިޔާގެ ރެފިއުޖީންނެވެ. އަދި 83 ޕަސެންޓް މީހުން ދިރިއުޅެމުން ދަނީ ރެފިއުޖީ ކޭމްޕުތަކުން ބޭރުގަ، ތަރައްގީ ވެފައި ވާ ސަރަހައްދުތަކުގައި ކަން ވެސް ފާހަގަ ކުރަން ޖެހެއެވެ.

އުރުދުންގެ ވެރިރަށް އައްމާންޒުވާނުންރެފުއިޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
ޒުވާނުންގެ އެވޯޑް ދިނުން ފަސްކޮށްފި

ޒުވާނުންގެ އެވޯޑް ދިނުން ފަސްކޮށްފި

12 އޮކްޓޯބަރު 2023
ސޫދާން ރެފިއުޖީންނާއި ސަރަޙައްދީ ކުރިމަގު ބަނަ: އދ

ސޫދާން ރެފިއުޖީންނާއި ސަރަޙައްދީ ކުރިމަގު ބަނަ: އދ

25 މެއި 2023
ވަޒީފާ އުފެއްދުމާ ގުޅޭގޮތުން ޔާމީނު ދެއްކެވި ވާހަކަފުޅު މަޚުލޫފު ދޮގުކުރައްވައިފި

ވަޒީފާ އުފެއްދުމާ ގުޅޭގޮތުން ޔާމީނު ދެއްކެވި ވާހަކަފުޅު މަޚުލޫފު ދޮގުކުރައްވައިފި

20 އޯގަސްޓު 2022
ޒުވާނުން ބޭނުންވަނީ ކޮންކަމެއް؟

ޒުވާނުން ބޭނުންވަނީ ކޮންކަމެއް؟

14 އޯގަސްޓު 2022

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު