Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޒުވާނުން

ފޮރިން މިނިސްޓްރީގެ އައު އިމާރާތް ހުޅުވި ރަސްމިއްޔާތުގައި ދިދަ ނެގީ އެންމެ ހަގު ދެ މުވައްޒަފުން

ދިދަ ނެގި ދުވަހު އެ ފުރުސަތު މިނިސްޓްރީން ފަހިކޮށްދިނުމުން ވަރަށް އުފާވި ކަމަށް އެ ކުދިން ބުނި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 ޖުލައި 2021 | އާދީއްތަ 06:50
ދިދަ ނެގި މުވައްޒަފުން

ދިދަ ނެގި މުވައްޒަފުން

ޒަމާން ތަރައްޤީވެ، ޤައުމު ކުރިއަރައިދާއިރު ވަރަށް ގިނަ ކަންތައްތަކެއް މިހާރު މިވަނީ ބަދަލުވެފައެވެ. ކުރީގައި ނުހިނގާ އެތައް ކަމެއް މިހާރު ހިނގަމުންދާއިރު ކުރީގައި ކަންކަމުގައި ގޮތް ނިންމި ގޮތްތައް ވަނީ ބަދަލުވެފައެވެ.

އިހުގައި ޤައުމުގެ އެންމެ އިސްކަންކަމުގައި ގޮތް ނިންމަނީ އެންމެ އުމުރުން ދޮށީ މީހުންނެވެ. އެމީހުންގެ ބަސް ވިކޭއިރު އެމީހުންނަށް ގިނަ ބަޔަކު އިހްތިރާމު ވެސް ކުރެއެވެ. އުމުރުން ދުވަސްވުމުން އެފަދަ މީހުންގެ ތަޖުރިބާ ގިނަކަމަށް ބުނެއެވެ. އެއީ މުޅިއަކުން ދޮގު ވާހަކައެއް ނޫނެވެ. އެހެންނަމަވެސް ޒަމާން ތަރައްޤީވެ މި ވިސްނުން ވެސް ބަދަލުވާން ފަށައިފިއެވެ. ކަންކަމުގައި ޒުވާނުންގެ ހިޔާލު ހޯދާ، ޤައުމުގެ ބޮޑެތި ކަންކަމުގައި ޒުވާނުންގެ ހިއްސާ ވަނީ އިތުރުކުރަން ފަށާފައެވެ. ޒުވާނުންނަކީ ވެސް ޤައުމުގެ ވަރަށް ބޮޑު ހިއްސާއެއް ކަމަށް ވަނީ ދެކެން ފަށާފައެވެ.

މިކަމުގެ އެންމެ ބޮޑު އެއް މިސާލު ފެނިގެންދިޔައީ ފޮރިން މިނިސްޓްރީ އިމާރާތް މަރާމާތު ކުރުމަށްފަހު، ފަތުހުالله ޖަމީލް ބިލްޑިންގގެ ނަމުގައި އެތަން ހުޅުވި ރަސްމިއްޔާތުގެ ދިދަ ނެގުމަށްޓަކައި ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރާ އެންމެ ހަގު ދެ ޒުވާނުންނަށް އެ ފުރުސަތު ފަހިކޮށްދިނުމުންނެވެ. އެ މިނިސްޓްރީއަށް އެތައް އަހަރަކު ޚިދުމަތް ކޮށްދެއްވާފައި ތިއްބެވި ބޭފުޅުންގެ ބަދަލުގައި މި ފުރުސަތު ފަހިކޮށްދީފައިވަނީ އެ ދެ ޒުވާނުންނަށެވެ.

މިފަދަ މުހިންމު ރަސްމިއްޔާތެއްގައި ޤައުމުގެ ޝަރަފުކަމުގައިވާ ދިވެހި ދިދަ ނެގުމަށްޓަކައި ހަވާލު ކުރެވިގެން ދިޔުމަކީ ޒުވާނުންގެ ހިއްސާ މިފަދަ ކަންކަމުގައި އޮތް މިންވަރު ހާމަވެގެންދާ ކަމެކެވެ. އެ ރަސްމިއްޔާތުގައި ދިދަ ނެގުމުގެ ޝަރަފު ލިބުނީ ފޮރިން މިނިސްޓްރީގެ އިކޮނޮމިކް ކޯޕަރޭޝަން ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުހައްމަދު ރާއިދު ސާއިދާއި ޕްރޮޓޮކޯލް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުންދާ ފައިހާ އަހްމަދު ފިރާގަށެވެ.

މި ލިބުނު ފަޚުރާ ގުޅިގެން ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ރާއިދު ބުނީ އެފަދަ ޝަރަފެއް ލިބުމުން ވަރަށް އުފާވާ ކަމަށެވެ. މިނިސްޓްރީއާ އެންމެ ފުރަތަމަ ގުޅުނީ މިނިސްޓްރީގެ އެޑްމިން ސެކްޝަނަށް ކަމަށާއި އެހެންނަމަވެސް މިދިޔަ އަހަރު އިކޮނޮމިކް ކޯޕަރޭޝަން ޑިޕާޓްމަންޓާ ގުޅުމުން ވަރަށް ގިނަކަންތައްތަކެއް ދަސްވެގެންދިޔަ ކަމަށެވެ. އެގޮތުން ރާއްޖޭގެ އިޤްތިސާދު ވަރުގަދަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިނިސްޓްރީގައި ކުރަމުންދާ ކަމަށް ރާއިދު ބުންޏެވެ.

ފައިހާ ވެސް ބުނީ ދިދަ ނެގި ދުވަހު އެ ފުރުސަތު މިނިސްޓްރީން ފަހިކޮށްދިނުމުން ވަރަށް އުފާވި ކަމަށެވެ. އަދި މިކަމުން ވެސް އަންގައިދެނީ މިނިސްޓްރީގައި މަސައްކަތް ކުރުމަށް ހަމަހަމަ ފުރުސަތު ފަހިވެފައި އޮތުން ކަމަށެވެ. މިނިސްޓްރީން މުވައްޒަފުންނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން މިންތީގެ ހަމަހަމަކަން ވެސް ޤާއިމުކުރާ ކަމަށް ފައިހާ ބުންޏެވެ.

މި ދެ މުވައްޒަފުންނަކީ ވެސް ޤައުމަށްޓަކައި ވަރަށް މުހިންމު މަސައްކަތެއް ކުރަމުންދާ ޤައުމުގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި އަތުކުރި އޮޅާލާފައިވާ ދެ ޒުވާނުންނެވެ. ޒުވާން އުމުރު އެ ފެށީ ޤައުމަށް ޚިދުމަތް ކުރުންމަތީގައެވެ. އަދި އެ ދެޒުވާނުންގެ އުންމީދަކީ ވެސް އެގޮތުގެ މަތީގައި ދެމިތިބުމެވެ.

ޤައުމު ހެޔޮ މިސްރާބަށް ގެންދިއުމުގައި އެންމެ އިސް ބަޔަކީ ޒުވާނުންކަމާއި ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދީ ޤައުމުގެ މުސްތަޤްބަލު ބިނާކުރުމުގައި ޒުވާނުންގެ ބަސް މުހިންމު ކަމަށާއި އަދި ޤައުމުގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި ބޭނުންވަނީ ޒުވާނުން ކަމަށް ވެސް މި ސަރުކާރުން ޤަބޫލުކުރެއެވެ.

ޒުވާނުންޚާރިޖީ ވުޒާރާ

އިތުރަށް ކިޔާލަން

29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
29 ޖެނުއަރީ 2025

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް
03 ނޮވެމްބަރު 2024

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

03 ނޮވެމްބަރު 2024
ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
20 ސެޕްޓެމްބަރު 2024

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
17 ސެޕްޓެމްބަރު 2024

ޖަޕާނު ސަރުކާރުން ރާއްޖެއަށް 140،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދެނީ

17 ސެޕްޓެމްބަރު 2024
ޖަޕާނު ސަރުކާރުން ރާއްޖެއަށް 140،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދެނީ
04 ޖުލައި 2024

ގައުމު ބަނގުރޫޓްވެދާނެކަމަށް ގޮވާފައި ލަންކާ އެމްބަސީގެ ތާޑް ސެކްރެޓަރީއަށް އިތުރު މީހަކު އައްޔަންކޮށްފި

04 ޖުލައި 2024
ގައުމު ބަނގުރޫޓްވެދާނެކަމަށް ގޮވާފައި ލަންކާ އެމްބަސީގެ ތާޑް ސެކްރެޓަރީއަށް އިތުރު މީހަކު އައްޔަންކޮށްފި
17 މެއި 2024

ރާއްޖެއާ އޮތް ނުތަނަވަސްކަން މިހާރު އަންނަނީ ކުޑަވަމުން: ޖައިޝަންކަރު

17 މެއި 2024
ރާއްޖެއާ އޮތް ނުތަނަވަސްކަން މިހާރު އަންނަނީ ކުޑަވަމުން: ޖައިޝަންކަރު
11 މެއި 2024

އުތުރުތިލަފަޅުގައި އިންޑިޔާ އަސްކަރީ މީހަކު ނެތް: ސަރުކާރު

11 މެއި 2024
އުތުރުތިލަފަޅުގައި އިންޑިޔާ އަސްކަރީ މީހަކު ނެތް: ސަރުކާރު
10 މެއި 2024

މިނިސްޓަރު ޒަމީރު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

10 މެއި 2024
މިނިސްޓަރު ޒަމީރު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު