Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޒުވާނުން ބޭނުންވަނީ ކޮންކަމެއް؟

ޒުވާނުންގެ ގޮތުގައި ބަލާ އުމުރުފުރާ 45 އިންސައްތަ ހިއްސާކުރޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 14 އޯގަސްޓު 2022 | އާދީއްތަ 01:30
މަގުމަތި

މަގުމަތި

ޒުވާނުންނަށް ބޭނުންވަނީ ކޮންކަމެއްހޭ އަހައިފިނަމަ އެކި މީހުން ދޭނީ އެކި ޖަވާބެވެ. އެއްބައި ޒުވާނުން ބޭނުންވާނީ މުނިފޫހިފިލުވާލާނެ ގޮތްތަކެވެ. ކުޅިވަރު ކުޅޭނެ ތަންތަނެވެ. އަނެއްބައި ޒުވާނުން ބޭނުންވަނީ ތައުލީމުގެ ފުރުސަތުތަކެވެ. ވަޒީފާގެ ފުރުސަތުތަކެވެ. މިހެން ގޮސް އެކި ޒުވާނުންގެ ބޭނުންތައް ތަފާތުވެއެވެ. އެމީހަކު އެންމެ ބޭނުންވާ ކަމެއްގެ ގޮތުންނެވެ.

އަބަދުވެސް ޒުވާނުންގެ ބޭނުންތަކަށް ކޮންމެ ސަރުކާރަކުންވެސް އިސްކަމެއް ދެއެވެ. ނުވަތަ ދޭކަމަށް ސަރުކާރުތަކުން ބުނެއޭ ބުނެވިދާނެއެވެ. ބަޖެޓަށް ބަލާއިރު ޒުވާނުންގެ ބޭނުމަށް ކަންތައްތަކެއް އެކަށައަޅާފައި ހުރެއެވެ. އައު ވަޒީފާތައް އުފެއްދުމަށާއި މަތީ ތައުލީމުގެ ފުރުސަތުތަކަށެވެ. ކުޅިވަރު ކުޅޭ ތަންތަނާއި މުނިފޫހިފިލުވާނެ ގޮތްތަކަށެވެ. މިއިން ކޮންމެ ކަމަކީވެސް ޒުވާނުން ބިނާކުރުމުގައި ހިމެނޭ ކަންކަމެވެ.

ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހާ ގުޅުވައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ޖުމްލަ އާބާދީއަކީ 579،330 (ފަސް ލައްކަ ހަތްދިހަ ނުވަ ހާސް ތިންސަތޭކަ ތިރީސް) އެވެ. ރާއްޖޭގެ ޒުވާނުންގެ ގޮތުގައި ބަލަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނެވެ. އެ އުމުރުފުރައިގެ 258،923 (ދެ ލައްކަ ފަންސާސް އަށް ހާސް ނުވަސަތެކަ ތޭވީސް) މީހުން އެބަތިއްބެވެ. އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ 97،039 މީހުން އެބަތިއްބެވެ. އެހެންކަމަށްވާއިރު ޒުވާނުންގެ ގޮތުގައި ބަލާ އުމުރުފުރާ 45 އިންސައްތަ ހިއްސާކުރެއެވެ.

ގައުމެއްގެ ނިސްބަތަށް ބަލާއިރު ޒުވާނުންގެ މިއިންސައްތައަކީ ބޮޑު އަދަދެކެވެ. ގައުމު ބިނާކުރުމުގައި އެހުރިހާ އެންމެންގެ އެއްބާރުލުން ލިބޭނަމަ ގައުމުގެ ކުރިމަގު ފެންނަން އޮތީ އުޖާލާކޮށެވެ. ނަމަވެސް އެއީ އެއްވެސް ގައުމެއްގައި އެކަން ވާގޮތެއް ނޫނެވެ. ކޮންމެސް އިންސައްތައަކީ ނުރަނގަޅު މަގު ހިޔާރުކުރާ ބައެކެވެ. ގައުމެއްގެ ނިސްބަތުން މަސައްކަތްކުރަނީ އެއިންސައްތަ މަދުކުރުމަށެވެ. އެއީ ނުރަނގަޅު މަގު ހިޔާރުކުރާ ޒުވާނުންގެ ސަބަބުން ގައުމުގެ ކުރިމަގަށް ހިޔަނި އެޅޭތީއެވެ.

ރާއްޖޭގައި މަސްތުވާތަކެއްޗާއި ގޭންގު މާރާމާރީ އާއި ކުށުގެ ވެށީގައި ހަރަކާތްތެރިވާ ޒުވާނުންގެ އިންސައްތަ މަދެކޭ ބުނެވޭކަށްނެތެވެ. އަހަރެއްގެ މައްޗަށް 400 އާއި 500 ދެމެދުގެ އަދަދަކަށް މީހުން އަލަށް މަސްތުވާތަކެތި ބޭނުންކުރާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. "އިންޓަނޭޝަނަލް ޑޭ އެގެއިންސްޓް ޑްރަގް އެބިއުސް" އާ ގުޅިގެން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި މަސްތުވާތަކެތީގެ 12،000ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ މައްސަލަ ރިޕޯޓުކޮށްފައި ވަނީ 2018ގައެވެ. އެއީ 2،230އެވެ. ދެން އެންމެ ގިނަ ކޭސް ރިޕޯޓުކުރީ 2019ގައެވެ. އެއީ 2،188އެވެ. މީގެ އިތުރަށް 2017ގައި 2،038 ކޭސް ރިޕޯޓުކޮށްފައިވާއިރު، 2020ގައި ރިޕޯޓުކުރި އަދަދު މި އަދަތުތަކާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން ދަށެވެ. އެގޮތުން 2020ގައި ރިޕޯޓުކޮށްފައި ވަނީ 1،425ކޭހެވެ.

އަނެއްކޮޅުން ގޭންގު މާރާމާރީއަށް ބަލާއިރު މާލޭގައި އެކަނިވެސް 44 ގްރޫޕެއް ހަރަކާތްތެރިވާ ކަމަށާއި, މީގެ ތެރެއިން ނުރައްކާތެރިކަން ބޮޑު 9 ގްރޫޕަކުން ހަރަކާތްތެރިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކަށް ބަލާއިރު، މިހާތަނަށް 2800 މީހުން އެ ގޭންގުތަކުގައި އުޅޭކަމަށާއި، އޭގެ ތެރޭގައި 60 ކުޑަކުދިން ހިމެނޭކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، ގޭންގު މާރާމާރީތަކުގައި 31 މީހަކު މަރާލާފައިވެއެވެ.

ރާއްޖޭގައި ޒުވާނުންގެ ތެރޭގައި ހުރި މައްސަލަތަކަށް ބަލާއިރު މަސްތުވާތަކެއްޗާއި ގޭންގު މާރާމާރީތަކަކީ އެންމެ ބޮޑު މައްސަލަތަކެވެ. އެމައްސަލަތައް ހައްލުކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ކެނޑިނޭޅި މަސައްކަތްކުރަމުންދިޔަ ނަމަވެސް އެކަމަށް އެދެވޭ ހައްލެއް އަންނަ ތަނެއް ނުފުނެއެވެ.

އެހެންކަމުން ކުރިން ކުރި ސުވާލު ތަކުރާރުކޮށްލަން ޖެހެއެވެ. ޒުވާނުން ބޭނުންވަނީ ކޮންކަމެއްހެއްޔެވެ؟ ރަނގަޅު އުފެއްދުންތެރި ޒުވާން ޖީލަކަށް ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ ސަލާމަތްތެރި ސުލްހަވެރި އަމާން ގައުމަކަށް ދީނަށް ލޯބިކުރާ ޒުވާނުންތަކެއް އެބަ އުފައްދަންޖެހޭ ނޫންބާވައެވެ.

ޒުވާނުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާނުންގެ އެވޯޑް ދިނުން ފަސްކޮށްފި

ޒުވާނުންގެ އެވޯޑް ދިނުން ފަސްކޮށްފި

12 އޮކްޓޯބަރު 2023
ލިބޭ މިންވަރުން ފުއްދާލުމުގައި ރެފިއުޖީން ދައްކަނީ ރީތި މިސާލެކެވެ!

ލިބޭ މިންވަރުން ފުއްދާލުމުގައި ރެފިއުޖީން ދައްކަނީ ރީތި މިސާލެކެވެ!

30 އޯގަސްޓު 2022
ވަޒީފާ އުފެއްދުމާ ގުޅޭގޮތުން ޔާމީނު ދެއްކެވި ވާހަކަފުޅު މަޚުލޫފު ދޮގުކުރައްވައިފި

ވަޒީފާ އުފެއްދުމާ ގުޅޭގޮތުން ޔާމީނު ދެއްކެވި ވާހަކަފުޅު މަޚުލޫފު ދޮގުކުރައްވައިފި

20 އޯގަސްޓު 2022
ރާއްޖޭގެ ޒުވާނުންގެ އާބާދީ އަކީ 45 އިންސައްތަ

ރާއްޖޭގެ ޒުވާނުންގެ އާބާދީ އަކީ 45 އިންސައްތަ

13 އޯގަސްޓު 2022
ފޮރިން މިނިސްޓްރީގެ އައު އިމާރާތް ހުޅުވި ރަސްމިއްޔާތުގައި ދިދަ ނެގީ އެންމެ ހަގު ދެ މުވައްޒަފުން

ފޮރިން މިނިސްޓްރީގެ އައު އިމާރާތް ހުޅުވި ރަސްމިއްޔާތުގައި ދިދަ ނެގީ އެންމެ ހަގު ދެ މުވައްޒަފުން

18 ޖުލައި 2021

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު