Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިހަވަންދޫގައި މީހަކު މަރާލުން

އިއްސެ މަރާލި ކަމަށް ބިދޭސީ މީހާ އެއްބަސްވެއްޖެ

18 ޖޫން 2017 | އާދީއްތަ 08:59

އިއްސެ މަރާލާފައި އޮއްވާ ފެނުނީ ހުކުރު ދުވަހު ހަވީރު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 ޖޫން 2017 | އާދީއްތަ 08:59
އިއްސެ

އިއްސެ

ހުކުރު ދުވަހުގެ ހަވީރު ހއ. އިހަވަންދޫ މަސް ޕްލާންޓްގައި ޒަޚަމްތަކާއެކު މަރަލާފައި އޮއްވާ ފެނިފައިވާ ޅ. ހިންނަވަރަށް އުފަން އިސްމާއިލް އުމަރު (އިއްސެ) 54، ގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ބިދޭސީ މީހާ އިއްސެ މަރާލި ކަމަށް އެއްބަސް ވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާދިސާއަކީ މީހަކު ނުވަތަ ބަޔަކު ގަސްތުގައި ހިންގާފައިވާ ލާއިންސާނީ އަމަލަކަށްވުމާއެކު އެވަގުތުން ފެށިގެން ފުލުހުން ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލައި އެމައްސަލަ ތަހުގީގު ކުރަން ފެށި ކަމަށެވެ. އެގޮތުން ތުހުމަތުކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ފަށައި އިއްސެއާއެކު އައިސް ޕްލާންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ޝުމޮން މިއާ (27އ) ހައްޔަރު ކުރި ކަަމަށެވެ.

Advertisement - newsAdvertisement

"މި މައްސަލަައިގެ ތަހްގީގުގައި އިސްމާއިލްް އުމަރަށް ހަމަލާދީ މަރާލާފައިވާ ކަމަށް ޝުމަން މިއާ ވަނީ އިއުތިރާފުވެފަ އެވެ. އަދި އިސްމާއީލް އުމަރަށް ހަމަލާ ދިނުމަށް ޝުމަން މިއާ ބޭނުންކުރި ވަޅިއާއި އިސްމާއީލް އުމަރަށް ހަމަލާދިން އިރު، ޝުމަން މިއާ ލައިގެން ހުރި އަންނައުނު ފުލުުހުން މިހާރު ވަނީ ހޯދާފައެވެ.،" ބަޔާނުގައިވެ އެވެ.

މީގެއިތުރުން ފުލުހުުންގެ ބަޔާނުގައި ބުނެފައިވަނީ އިއްސެ މަރާލި މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ ހެކިތަކުގެ އަލީގައި އިއްސެއަށް ހަމަލާދީ މަރާލުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ޝުމަން މިއާގެ އިތުރުން އިތުރު ހަތަރު ބިދޭސީއަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އިއްސެ މަރާލި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ހުކުރު ދުވަހު 16:23 ހާއިރު ކަމަށާއި އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އައިސް ޕްލާންޓަށް ދިޔައިރު އެތަނުގެ ދޮރުގައި ލޭގެ އަސަރު ހުރި ކަމަށެވެ.ފުލުހުން އައިސް ޕްލާންޓާއި އައިސް ޕްލާންޓްގެ އޮފީސް އަދި އެކޮމޮޑޭޝަން ބްލޮކް އިތުރަށް ބަލައި ފާސްކުރިއިރު، ޒަހަމްތަކާއެކު އިސްމާއީލްގެ ހަށިގަނޑޫ އޮތީ، އައިސް ޕްލާންޓްގެ އައިސް ޕްރޯސެސިންޓް ޔުނިޓެގް ތެރޭގައި ކަމަށެވެ.

ފުލުހުން ބުނީ އިއްސެ މަރާލި މައްސަލައިގައި މިމައްސަލާގައި ޝަމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްގީގު ކުރަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް