Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއިކޯޓޫރިޒަމް

އިކޯޓޫރިޒަމް ކުރިއަރުވަން އިސްކަމެއް ދެން: މިނިސްޓަރ މައުސޫމް

ރާއްޖޭގެ ގުދުރަތީ ރީތިކަމާ ގުޅުވައިގެން ފަތުރުވެރިކަން ކުރިއެރުވުން މުހިންމު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 29 އޯގަސްޓު 2022 | ހޯމަ 18:02
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ބިނާކޮށް އިކޯ ޓޫރިޒަމްގެ ކޮންޕޯނަންޓް ކުރިއަރުވަން އަދިވެސް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވީ ޗުއްޓީ ހޭދަކޮށްލުމަށް އަންނަ މަންޒިލެއްގެ ގޮތުގައާއި، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައިވެސް ރާއްޖެ ދެ ފަހަރަށް ހޮވާލެވިފައިވާއިރު، ދުނިޔޭގެ ވާދަވެރިކަމަށް ލޯ ހުޅުވައިގެން ތިބެ ރާއްޖޭގެ ޕްރޮޑަކްޓު ތަރައްގީކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމެއް ކަމަށެވެ.

އެގޮތުން ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ފައިދާ އިތުރަށް ނެގުމުގެ ގޮތުން މިކަމުގެ މައްޗަށް ބިނާކޮށް ފަތުރުވެރިކަން ސިންދަފާތު ކުރުމަށް މަސައްކަތްކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން އަދިވެސް އެންމެ މުހިންމު އިސްކަމެއް ދެނީ އިކޯ ޓޫރިޒަމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމަކާއި ދިމާލަށް ރާއްޖެއިން މިސްރާބު ޖަހާފައިވާއިރު، އިކޯޓޫރިޒަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކޮންސެޕްޓާވެސް ގުޅޭ ފަތުރުވެރިކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ކުރިއަށްގެންދަންޖެހޭ ބައެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ކަލްޗަރަލް ޓޫރިޒަމާއި، އަދިވެސް މިނޫން ކޮމްޕޯނަންޓްތަކަށް ޚާއްސަ އިސްކަމެއް ދީގެން ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

11 މެއި 2020

މަޓީއާ ސަރުކާރާ ދެމެދު ނުތަނަވަސްކަމެއް ނެތް: ޓޫރިޒަމް މިނިސްޓަރު

11 މެއި 2020
މަޓީއާ ސަރުކާރާ ދެމެދު ނުތަނަވަސްކަމެއް ނެތް: ޓޫރިޒަމް މިނިސްޓަރު
27 ފެބުރުއަރީ 2020

ޚަރަދުތައް މެނޭޖްކުރަން ކޮންސަލްޓަންޓެއް ހޯދަނީ އެމަގާމު ހުސްވާތީ، މިއީ އިތުރު ޚަރަދެއްނޫން: މިނިސްޓަރ

27 ފެބުރުއަރީ 2020
ޚަރަދުތައް މެނޭޖްކުރަން ކޮންސަލްޓަންޓެއް ހޯދަނީ އެމަގާމު ހުސްވާތީ، މިއީ އިތުރު ޚަރަދެއްނޫން: މިނިސްޓަރ
21 އޯގަސްޓު 2019

އެއްމިލިއަން ވަނަ ފަތުރުވެރިއާ ރާއްޖެއައީ 2 އޯގަސްޓުގައި : މިނިސްޓަރ

21 އޯގަސްޓު 2019
އެއްމިލިއަން ވަނަ ފަތުރުވެރިއާ ރާއްޖެއައީ 2 އޯގަސްޓުގައި : މިނިސްޓަރ
17 ޖޫން 2019

އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމްކޮށްދޭނަން: މިނިސްޓަރ އަމީރް

17 ޖޫން 2019
އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމްކޮށްދޭނަން: މިނިސްޓަރ އަމީރް
13 މެއި 2019

މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

13 މެއި 2019
މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
27 މާރިޗު 2019

ސަރުކާރުން އަބަދުވެސް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް މަރުހަބާ ކިޔާނެ: މިނިސްޓަރ އަމީރު

27 މާރިޗު 2019
ސަރުކާރުން އަބަދުވެސް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް މަރުހަބާ ކިޔާނެ: މިނިސްޓަރ އަމީރު
11 ޖެނުއަރީ 2019

ޓޫރިޒަމް މިނިސްޓަރު އައްޑޫ އަދި ފުވައްމުލަކު ސިޓީ އަށް ވަޑައިގެންފި

11 ޖެނުއަރީ 2019
ޓޫރިޒަމް މިނިސްޓަރު އައްޑޫ އަދި ފުވައްމުލަކު ސިޓީ އަށް ވަޑައިގެންފި
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
10 މާރިޗު 2017

ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު

10 މާރިޗު 2017
ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު