Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރަޝިއާގެ ކުރިމަތީގައި އެއްވެސް ފުރާނައެއްގެ އަގެއް ނެތް: ޒެލެންސްކީ

އެންމެ ބޮޑަށް ގެއްލުންވީ ޑޮންބަސް ސަރަހައްދަށް ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 29 އޯގަސްޓު 2022 | ހޯމަ 02:07
ޔޫކްރެއިނުގެ ރައީސް ޒެލެންސްކީ

ޔޫކްރެއިނުގެ ރައީސް ޒެލެންސްކީ

ރަޝިއާގެ ކުރިމަތީގައި އެއްވެސް ފުރާނަައެއްގެ އަގެއް ނެތް ކަމަށް ޔޫކްރެއިނުގެ ރައީސް ވްލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ އޮންލައިންކޮށް ދެއްކެވި ވާހަކަފުޅުގައި ޒެލެންސްކީ ވިދާޅުވީ ރަޝިއާއިން ޔޫކްރެއިނަށް ދެމުން އަންނަ ހަމަލާތަކުގައި އެންމެ ބޮޑަށް ގެއްލުން ދީފައިވަނީ ޑޮންބަސް ސަރަހައްދަށް ކަމަށެވެ. އަދި އެއީ ޓެރަރިޒަމް ހަމަލާތަކެއް ކަމަށާއި އެފަދަ ހަމަލާއެއް އެ ޤައުމުގެ އެއްވެސް ސިޓީއަކަށް ދީފައި ބަދަލުގައި ޖަވާބެއް ނުލިބޭނެ ކަމަށް އުއްމީދުކޮށްގެން ނުތިބުމަށް އެމަނިކުފާނު ވަނީ އިންޒާރު ދެއްވާފައެވެ.

ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިނުގެ ޑިފެންސް އެންޑް ސެކިއުރިޓީ ސެކްޓަރާއެކު ބައްދަލުވުންތަކެއް ބާއްވަވާފައިވާ ކަމަށެވެ. ނަމަވެސް ސެކިއުރިޓީގެ ސަބަބުތަކާހެދި އެ ބައްދަލުވުމުގެ މައުލޫމާތު އާއްމު ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޔޫކްރެއިނުގެ ރައީސް މިފަދައިން ދުނިޔެއާ މުޚާތަބު ކުރެއްވީ ރަޝިއާއިން ޔޫކްރެއިނުގެ ނިއުކްލިއަރ ޕްލާންޓް ހުންނަ ސަރަހައްދަށް އަނެއްކާ ވެސް ހަމަލާތައް ދިނުމާ ގުޅިގެންނެވެ. މި ހަމަލާތަކުގެ ސަބަބުން އެ ޕްލާންޓަށް ގެއްލުންވެ ރޭޑިއޭޝަންގެ ބޮޑު ކާރިސާއެއް ހިނގާފާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ. މި ހަމަލާތައް ހުއްޓާލަން އެ ޤައުމުން ގޮވާލަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

ރަޝިއާއިން ޔޫކްރެއިނަށް ހަމަލާ ދެމުން އަންނަތާ ހަ މަސްދުވަސްވެފައިވާއިރު އަދިވެސް ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ރަޝިއާއިން ނުވިސްނައެވެ.

އިތުރަށް ކިޔާލަން

14 ޖޫން 2017

ގަތަރާ ދެކޮޅަށް އެޅި އަދި އަޅަމުންދާ ފިޔަވަޅުތަކުގައި "އަސްކަރީ އެއްވެސް ބަައެއް" ނުހިމެނޭ ކަމަށް ޔޫއޭއީން ބުނެފި

14 ޖޫން 2017
ގަތަރާ ދެކޮޅަށް އެޅި އަދި އަޅަމުންދާ ފިޔަވަޅުތަކުގައި "އަސްކަރީ އެއްވެސް ބަައެއް" ނުހިމެނޭ ކަމަށް ޔޫއޭއީން ބުނެފި
18 މެއި 2017

ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ

18 މެއި 2017
ރަޝިއާގެ މައްސަލަ ބަލާ ކައުންސިލްގައި އިސްކޮށް ހުންނަވާނީ އެފްބީއައިގެ ކުރީގެ ވެރިޔާ
02 މެއި 2017

ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ

02 މެއި 2017
ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ
05 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް

05 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު