Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުތައް

ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ ބިލާއެކު 3 ބިލެއް މަޖިލީހަށް ހުށަހަޅައިފި

28 އޯގަސްޓު 2022 | އާދީއްތަ 13:49

މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރަށް 30 ބިލެއް ހުށައެޅުމަށް ނިންމާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 އޯގަސްޓު 2022 | އާދީއްތަ 13:49
ފަތުރުވެރިންތަކެއް

ފަތުރުވެރިންތަކެއް

ޓެކްސް ބޮޑުކުރުމަށް ގާނޫނަށް ހުށަހަޅާ އިސްލާހުގެ ބިލު މަޖިލީހަށް ފޮނުވައިފިއެވެ.

އެޓަރނީޖެނެރަލްގެ އޮފީހުން ބުނީ ރައްޔިތުންގެ މަޖިލީހަށް 3 ބިލެއް ފޮނުވާފައިވާއިރު، މީގެތެރޭގައި ޓޫރިޒަމާބެހޭ ގާނޫނަށާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް 3 ބިލެއް ފޮނުވާފައިވާކަމަށެވެ.

Advertisement - newsAdvertisement

ޓެކްސް ބޮޑުކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. ގުޑްސް އަދި ސަރވިސް ޓެކްސް (ޖީއެސްޓީ) 8 އިންސައްތައަށް ބޮޑުކޮށް، ޓުއަރިޒަމް ގުޑްސް އެންޑް ސަރވިސް ޓެކްސް (ޖީއެސްޓީ) 16 އިންސައްތައަށް ބޮޑުކުރަން ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މީގެކުރިން ހާމަކުރައްވާފައެވެ. އަމީރު ވިދާޅުވީ، މެދު ރާސްތާގެ ފިސްކަލް ހާލަތު ދެމެހެއްޓިނިވި މިންގަނޑެއްގައި ބެހެއްޓުމަށް ފިސްކަލް އެންކަރތައް ކަނޑައެޅިފައިވާ ކަމަށެވެ. ބަދަލުވެފައިވާ ދުނިޔޭގެ އިގުތިސާދީ އަދި މާލީ ހާލަތާއެކު، މި ފިސްކަލް އެންކަރތައް ދެމެހެއްޓުމަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި، އެގޮތުން އާމްދަނީއާއި ޚަރަދުގެ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އާމްދަނީގެ ފިޔަވަޅުތަކުގެ ތެރޭގައި ޓީޖީއެސްޓީ ރޭޓު 16 އިންސައްތައަށް، އަދި ޖީއެސްޓީ ރޭޓު 8 އިންސައްތައަށް ބޮޑުކުރުމަށް ނިންމާފައިވާކަމަށެވެ. ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ނިންމާފައިވީނަމަވެސް، އެކަމަށް އަމަލުކުރަން ފަށާނީ އަދި 6 މަސްދުވަސް ފަހުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރަށް 30 ބިލެއް ހުށައެޅުމަށް ނިންމާފައިވާކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވެއެވެ. އެ އޮފީހުން ބުނެފައިވަނީ، މި ދައުރަށް ހުށަހަޅަން ގަސްދުކުރާ ބިލުތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުދަ ދުވަހު ވަނީ މަޖިލީހަށް ފޮނުއްވާފައިކަމަށެވެ.

އޭގެތެރޭގައި، ދިވެހިރާއްޖޭގެ ޓުއަރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ. މީގެ އިތުރުން، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް ހިމެނެއެވެ.

އޭޖީ އޮފީހުން މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރަށް ހުށައަޅާ ބިލުތަކުގެ ތެރޭގައި، މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ގޭންގް ކުށްތައް މަނާ ކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް ހިމެނެއެވެ.

އޭގެ އިތުރުން، ބިރު ދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

އަދި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމާއި، މަނީ ލޯންޑަރިންގއާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މޯލްޑިވްސް ހެލްތު ސަރވިސް ބިލާއި، ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ހައްޖާއި އުމްރާގެ ބިލުވެސް ހިމެނެއެވެ. މީގެއިތުރުން، ޒަކާތުގެ ބިލާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް ހިމެނެއެވެ.

މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރަށް ހުށަހަޅާ ބިލުތަކުގެ ތެރޭގައި، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފޮރިން އިންވެސްޓްމަންޓު ބިލާއި، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލާއި، އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލާއި، އާއިލާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދިވެހި ރާއްޖޭގެ ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް ހިމެނެއެވެ.

އޭގެއިތުރުން، ހެތްކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލާއި، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި، ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލުގެ އިތުރުން، ޕޯޓުތައް މެނޭޖް ކުރުމުގެ ބިލުވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2017

ޖީއެސްޓީ ނެގުމަށް ރައީސް ޔާމީން ދެކޮޅު ހެއްދެވި، އެކަމަކު މިއަދު ކުރާ ފޯނުކޯލުން ވެސް ޓެކްސް ނަގާ: ކުރީގެ މެމްބަރު ނާޒިމް

07 އޮކްޓޯބަރު 2017
ޖީއެސްޓީ ނެގުމަށް ރައީސް ޔާމީން ދެކޮޅު ހެއްދެވި، އެކަމަކު މިއަދު ކުރާ ފޯނުކޯލުން ވެސް ޓެކްސް ނަގާ: ކުރީގެ މެމްބަރު ނާޒިމް
25 ސެޕްޓެމްބަރު 2017

މުއައްސަސާތަކުން ހުށަހަޅާފައިވާ ބަޖެޓުތައް ދަނީ ދިރާސާކުރަމުން: ފިނޭންސް

25 ސެޕްޓެމްބަރު 2017
މުއައްސަސާތަކުން ހުށަހަޅާފައިވާ ބަޖެޓުތައް ދަނީ ދިރާސާކުރަމުން: ފިނޭންސް
31 މެއި 2017

އަތޮޅުތަކުން ޓެކްސް ނުދައްކާ 63 ވިޔަފާރިއެއްގެ ނަން ހާމަކޮށްފި

31 މެއި 2017
އަތޮޅުތަކުން ޓެކްސް ނުދައްކާ 63 ވިޔަފާރިއެއްގެ ނަން ހާމަކޮށްފި
24 މެއި 2017

މޫސަގެ އިތުބާރުގެ މައްސަލައިގައި މެންބަރުންނަށް ފައިސާ ހުށަހަޅާފައިވާނެތޯ އަލީމާ ސުވާލުކޮށްފި

24 މެއި 2017
މޫސަގެ އިތުބާރުގެ މައްސަލައިގައި މެންބަރުންނަށް ފައިސާ ހުށަހަޅާފައިވާނެތޯ އަލީމާ ސުވާލުކޮށްފި
12 މާރިޗު 2017

އިންޓަރިމް ޓެކްސް އުވާލަން ހުށަހެޅި މައްސަލަ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލައިފި

12 މާރިޗު 2017
އިންޓަރިމް ޓެކްސް އުވާލަން ހުށަހެޅި މައްސަލަ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލައިފި
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
14 ފެބުރުއަރީ 2017

ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފުލުފުލުގައި ޓެކްސް ބޮޑުކުރިޔަސް، ރައްޔިތުން ދަނީ ބިކަވަމުން: އިމްތިޔާޒު
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް