Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ރަތްމަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން

ރަތްމަންދޫގެ ލަފާ ފުރުމުގެ ދަތިކަން ހައްލުކުރުމަށް ބަނދަރެއް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

27 އޯގަސްޓު 2022 | ހޮނިހިރު 10:33

ރަތް މަންދޫއަކީ މ އަތޮޅުގައި ބަނދަރެއް ނެތް ހަމައެކަނި ރަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 27 އޯގަސްޓު 2022 | ހޮނިހިރު 10:33
ރައީސް ރަތްމަންދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައީސް ރަތްމަންދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ

މ ރަތްމަންދޫގެ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް އެރަށުގައި ބަނދަރެއް ހައްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ހޮނިހިރު ދުވަހު ރަތްމަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ މިސަރުކާރު އައިއިރު، ކުދި ރަށްރަށަށްވުރެ އާބާދީ ބޮޑު ރަށްރަށަށް ދެވޭ ސަމާލުކަން ބޮޑުވެފައި އޮތް ނަމަވެސް، މިސަރުކާރު އައުމަށްފަހު އެއްވެސް ރަށެއް ތަފާތުނުކޮށް ދިވެހި ކޮންމެ ރައްޔިތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ރަތްމަންދޫގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމާގުޅޭ ގޮތުން، ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވުނުކަން ރައީސް ފާހަގަކުރެއްވިއެވެ.

ރަތްމަންދޫއަކީ މ އަތޮޅުގައި ބަނދަރެއް ނެތް ހަމައެކަނި ރަށަށްވާއިރު، އެރަށުގައި ލަފާފުރުމަށް ހަދާފައިވާ ޖެޓީ ބޭނުންކުރުމުގައި ގިނަ ދަތިތަކެއް ދިމާވާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ރަތްމަންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެއްމަޝްރޫއެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.

ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ރަތްމަންދޫގައި ހިނގަމުންދާ މަޝްރޫއުތަކުގެ ތެރެއިން ފެނުގެ މަޝްރޫއު ޑިސެމްބަރު މަހު ނިމޭއިރު، ނަރުދަމާގެ މަސައްކަތް އަންނަ އަހަރުގެ މާރޗު މަހު ނިމޭނެކަން އެމަޝްރޫއު ހިންގަމުންދާ ފެނަކަ ކޯޕަރޭޝަނުން މައުލޫމާތުދީފައި ވާކަމަށެވެ. މީގެ އިތުރުން ރަތްމަންދޫގައި ފުޓްސަލް ދަނޑެއް އެޅުމާއި ވޮލީކޯޓެއް އެޅުމުގެ މަސައްކަތް މިހާރުވަނީ ބީލަމުގެ މަރުހަލާގައިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ރަތްމަންދޫ ފަދަ ރަށްރަށުގެ ސިއްހީ ދާއިރާގެ ތަރައްގީއަށްޓަކައި ދަތުރުފަތުރުގެ ނިޒާމު ވަރަށް މުހިއްމުކަމަށާއި، ރާއްޖެ ޓްރާންސްޕޯޓް ލިންކް ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅާލެވިގެންދާއިރު، މ އަތޮޅުގައިވެސް ހައި ސްޕީޑް ދަތުރުފަތުރުގެ ނިޒާމް ގާއިމުކުރެވިގެންދާނެ ކަމަށެވެ.

މިއީ އެމަނިކުފާނަށް ރަތްމަންދޫއަށް ޒިޔާރަތްކުރެއްވުނު އެންމެ ފުރަތަމަފަހަރުކަން ފާހަގަކުރައްވައި ރައީސް ވަނީ، ރަތްމަންދޫގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށާއި ސަރުކާރުގެ ވަފުދަށް ދެންނެވި ހޫނު މަރުހަބާއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ރަތްމަންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަނީ، މަޝްރޫއުތަކާ ގުޅޭގޮތުން ރައްޔިތުން އޮޅުންފިލުވަން ބޭނުންވެފައިވާ ކަންކަން އޮޅުންފިލުއްވައިދެއްވައި، ހިނގަމުންދާ މަޝްރޫއުތަކާއި އަދި ކުރިޔަށް ރޭވިފައި ހުރި މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ރަތްމަންދޫއަކީ މ އަތޮޅުގެ ރަށްތަކުގެ ތެރެއިން އެންމެ ކުޑަ އާބާދީއެއް އޮތް ރަށެވެ. އެ ރަށުގެ ރަޖިސްޓަރީ އާބާދީއަކީ 231އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

29 ޖޫން 2017

ދުސްތޫރީ ލަފާގެ ބަދަލުގައި ބަންޑާރަ ނައިބު ދެއްވަނީ ރައީސް ޔާމީން ބޭނުންފުޅުވާ ލަފާ:ހިސާން

29 ޖޫން 2017
ދުސްތޫރީ ލަފާގެ ބަދަލުގައި ބަންޑާރަ ނައިބު ދެއްވަނީ ރައީސް ޔާމީން ބޭނުންފުޅުވާ ލަފާ:ހިސާން
19 ޖޫން 2017

އިހަވަންދޫ ކައުންސިލްގެ ނިންމުމާމެދު އެލްޖީއޭ އިން ގާނޫނީ ލަފާ ހޯދަނީ

19 ޖޫން 2017
އިހަވަންދޫ ކައުންސިލްގެ ނިންމުމާމެދު އެލްޖީއޭ އިން ގާނޫނީ ލަފާ ހޯދަނީ
17 އެޕްރީލު 2017

މާބޮޑަށް ނުލަފާކަން ދައްކައިގެން ވެރިކަމެއް ނުކުރެވޭނެ: ތައުފީގް

17 އެޕްރީލު 2017
މާބޮޑަށް ނުލަފާކަން ދައްކައިގެން ވެރިކަމެއް ނުކުރެވޭނެ: ތައުފީގް
15 އެޕްރީލު 2017

މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް

15 އެޕްރީލު 2017
މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް
26 މާރިޗު 2017

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

26 މާރިޗު 2017
ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް
20 މާރިޗު 2017

އިންތިހާބު ފަސްކުރީ ގައުމީ ލަފާދޭ ކޮމެޓީއަށް ވެސް އޮޅުވާލުމަށް ފަހު: އަނަސް

20 މާރިޗު 2017
އިންތިހާބު ފަސްކުރީ ގައުމީ ލަފާދޭ ކޮމެޓީއަށް ވެސް އޮޅުވާލުމަށް ފަހު: އަނަސް
17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް