Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނީ ބަހުގެ ޚިދުމަތް

މިނީ ބަހުގެ ޚިދުމަތް ދިނުމަށް އިތުރު ޕާކިންގ ޒޯންތަކެއް ހަދަނީ

26 އޯގަސްޓު 2022 | ހުކުރު 12:38

މަސައްކަތްކުރަމުން ދަނީ މާލޭގައި މިނީ ބަހުގެ ޚިދުމަތް މި މަހުގެތެރޭގައި ފެށުމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 އޯގަސްޓު 2022 | ހުކުރު 12:38
މިނީ ބަހުގެ ޓެސްޓް ދަތުރުތައް ފެށުން

މިނީ ބަހުގެ ޓެސްޓް ދަތުރުތައް ފެށުން

މިނީ ބަހުގެ ޚިދުމަތް ދިނުމަށް އިތުރު ޕާކިންގ ޒޯންތަކެއް ހަދާ ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މާލޭގެ މަގުތައް ތޮއްޖެހި ޓްރެފިކް ބާރު ބޮޑުވުން ހައްލުކުރުމަށާއި، އަތްފޯރާ ފަށުގައި ދަތުރުފަތުރުކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ނިންމާފައެވެ. މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބަސް ދަތުރުކުރާނެ ރޫޓުތައް ކަނޑައަޅާ އެމަގުތަކުގައި ހުރި ވެހިކަލްތައް ނަގާ ވެހިކަލް ޕާކުކުރެވޭނެ އިތުރު ސަރަޙައްދުތައް އަންނަނީ ތަރައްޤީކުރަމުންނެވެ. އެގޮތުން ޕާކިން ޒޯންތައް ތަރައްޤީކުރާ ތަންތަނުގެ ތެރޭގައި އަމީނީ މަގުގެ ޓްރެފިކް ޕޮލިސް ކައިރީގައި ޤާއިމްކުރާ ޕާކިންގ ޒޯން ހިމެނެއެވެ. މީގެއިތުރުންވެސް ބަހުގެ ރޫޓުތެރޭގައި ހިމެނޭ މަޖީދީމަގާއި ފަރީދީ މަގުގައި ހުރި އުޅަނދުތައް ނަގާ، އެސަރަޙައްދުތަކުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޕާކިންގ ޒޯންތަކުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ސިޓީކައުންސިލުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ޕާކިންގ އިތުރުކުރުމަށް ބިން ދީފައިވާ ތަންތަނަކީ އަމީނީމަގުން ދަރުބާރުގެ ކައިރީގައި އޮންނަ ރުއްގަނޑު ސަރަޙައްދު، ހ. ސަމޯސާވިލާ، ހައިކޯޓު ކުރިމަތިން އޮންނަ ބިމުގެ އިތުރުން މާފަންނުން ކޮރަލް ބުލެވަރޑް ސަރަޙައްދު އަދި މަޖީދީމަގުން ހީނާމާގެއާއި ބިއްލޫރިޖެހިގެއިންނެވެ. މި ނޫން އިތުރު ބައެއް ބިންތައް ވެސް ޕާކިންގެ ބޭނުމަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް އެބިންތަކަކީ ކޮބާކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި މިނީ ބަހުގެ ޓެސްޓު ދަތުރުތައް ކޮށްފައި ވާއިރު، މާލޭގައި މިނީ ބަހުގެ ޚިދުމަތް މި މަހުގެތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، މަޖީދީ މަގުގައި ޕާކުކުރުން މިހާރު ވަނީ މަނާކޮށްފައެވެ. އެގޮތުން މާލެ ސިޓީ ކައުންސިލުން ވަނީ މަޖީދީމަގުގައި ޕާކު ކުރުން މަނާކަން އެންގުމަށް، މަގުގެ ދެ ފަރާތުގައި ރޮނގު ދަމާފައެވެ. މީގެ އިތުރުން ބައެއް ސަރަހައްދުތަކުގައި ޕާކު ނުކުރެވޭކަން އެންގުމަށް ކޯނުވެސް ވަނީ ބަހައްޓާފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް