Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު

އިންޓަނެޓް އާއި ގުޅިފައިވާ ޕްލެޓްފޯމްގެ ތެރެއިން ކުށްކުރުން އިތުރުވަމުންދޭ: ސީޕީ ހަމީދު

26 އޯގަސްޓު 2022 | ހުކުރު 11:23

އިޖުތިމާއީ އެތައް މައްސަލައެއް ހައްލުކުރުމުގައި ފުލުހުންގެ ދައުރު އަދާކުރަންޖެހިފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 އޯގަސްޓު 2022 | ހުކުރު 11:23
އިންސްޕެކްޓަރ ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވާހަކަ ދައްކަވަނީ

އިންސްޕެކްޓަރ ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވާހަކަ ދައްކަވަނީ

އިންޓަނެޓް އާއި ގުޅިފައިވާ ޕްލެޓްފޯމްގެ ތެރެއިން ކުށްކުރުން އިތުރުވަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ހިންގި ފުރަތަމަ އިންހައުސް ޓްރެއިނިންގ “އިންސްޕެކްޓަރ ކޯސް” ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ މިއަދު ފެނިގެންދަނީ އިންޓަނެޓްއާއި ގުޅިފައިވާ ޕްލެޓްފޯމްގެ ތެރެއިން ކުށްކުރުން އިތުރުވަމުން އަންނަތަން ކަމަށާއި އިޖުތިމާއީ އެތައް މައްސަލައެއް ހައްލުކުރުމުގައި ފުލުހުންގެ ދައުރު އަދާކުރަންޖެހިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ހާއްސަގޮތެއްގައި ނަފްސާނީ ދުޅަހެޔޮކަން ނެތް ފަރާތްތަކާ ޑީލްކުރަންޖެހޭ ޖެހުން އިތުރުވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި ރޭންކުތަކާއި ރޯލްތަކުގައިތިބޭ ފުލުހުން މިކަމަށް އަހުލުވެރިވެ ހުނަރުލިބި އަދި ފުލުހުންގެ މަސައްކަތުގެ އޮނިގަނޑު ހަރުދަނާކުރުމަށް މިއަދު އަވަސްވާންޖެހިފައިވާކަމުގައި ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ނުހިނގާނަމަ ފުލުހުން މިހާރު މިކުރާގޮތަށް ކިތަންމެ މަސައްކަތެއްކުރި ނަމަވެސް ފުލުހުންގެ މަސައްކަތުގެ މައްޗަށް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބުން އެއީ ދުރުކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިއަދު ފެނިގެން މިދަނީ އިޖުތިމާއީ ވަރަށްގިނަ ކަންކަމީ ފުލުހުން އެކަންކަން ހައްލުކުރުމަށް ވަރަށް ގިނަ މަސައްކަތްކުރަންޖެހޭ ކަންކަން ކަން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކި ގަބޫލުކުރަމުން އަންނަތަން ކަމަށް ވިދާޅުވިއެވެ.  

އަދި މިކަންކަމާއި ދޭތެރޭ ވަރަށް ފުންކޮށް ވިސްނައި ފުލުހުންގެ މަސައްކަތްތައް ހިންގުމުގެ އޮނިގަނޑާއި ވައްޓަފާޅިތަކާ އަދި ވަކިން ހާއްސަކޮށް އެޓިޓިއުޑް ރަނގަޅުކޮށްގެން ކުރިއަށް ދިއުމަށް ކޯހުގެ ބައިވެރިންނަށް އިލްތިމާސްކުރެއްވިއެވެ. އަދި މިކަންކުރުމުގައި ފްރަންޓް ލައިންގެ ޕޮލިސިންގ، ފްރަންޓްލައިން ރެސްޕޯންސްގެ މަސައްކަތް، ކްރައިމް އިންވެސްޓިގޭޝަން، އިންޓެލިޖެންސްގެ ދާއިރާގެ މަސައްކަތް، އަވައްޓެރި ފުލުހުންގެ މަސައްކަތާއި ވިކްޓިމުންނަށްދޭ ސަޕޯޓުގެ މަސައްކަތާއި ރޯޑް ޕޮލިސިންގ އަދި ސަޕޯޓް އެހެނިހެން ދާއިރާތަކުގެ މަސައްކަތް ގާތުން ބަލައި މެނޭޖްކޮށް ސުޕަވައިޒްކުރާ ފަރާތްތައް އެއް ވިސްނުމަކުން މިއަދު ކުރިއަށްދާން ޖެހިފައިވާކަމަށް ވިދާޅުވިއެވެ.

ޙަމީދު އިތުރަށް ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ ރައްޔިތުން އެދޭފަދަ ޚިދުމަތަކަށް ހެދުމަށް މިޑުލް މެނޭޖްމަންޓުގައި ހިންގުމުގެ ނިޒާމުގެ އާރުކާޓީންގެ ގޮތުގައި، ޒަމާނަށް ލޯ ހުޅުވިފައިވާ އަދި ރައްޔިތުންގެ ވިންދު ދެނެގަނެވޭ ފުލުހުން ތިބުން ވަރަށް މުހިންމު ކަމަށެވެ. އަދި އިންސްޕެކްޓަރ ކޯހަށް އެހާ އަހަންމިއްޔަތުކަމެށް ދެވޭ ސަބަބަކީވެސް އެއީކަން ފާހަގަކުރެއްވިއެވެ. އަދި މި ކޯސް ފުރިހަމަކުރި އެންމެހައި ބައިވެރިން ދެން ޚިދުމަތަށް ނުކުންނާނީ އިތުރު ހުނަރާއި ގާބިލިއްޔަތުކަން ލިބިގެންކަމާމެދު ޝައްކުނުކުރާކަމަށް ވިދާޅުވިއެވެ.

އަދި ހަމަ އެހެންމެ މިއަދު ދިވެހި ވެށީގައި ފުލުހުން އަދާކުރާ ދައުރު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ފުޅާވަމުންކަމާ އަދި ފުލުހުންގެ މަސައްކަތް ހިންގާ މާހައުލަށް އަންނަ ތަފާތުތަކުގެ ސަބަބުން އެ ބަދަލުތަކާ އެއްހަމަކޮށް ބަދަލުތަކަށް އަށަގަނެ ޚިދުމަތްދިނުން ތަރައްގީވާން އެބަޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ޓެކްނޮލޮޖިކަލް، އިޖުތިމާއީ އަދި ތިމާވެއްޓަށް އަންނަމުންދާ ހަލުވި ބަދަލުތަކުގެ ސަބަބުން ކުށުގެ މާހައުލު އަދި ރައްޔިތުންގެ ރައްކާތެރިކަމަށް ކުރިއާއި ތަފާތު ގޮންޖެހުންތައް މެދުވެރިވެފައިިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ގޮންޖެހުންތަކުން އަރައިގަނެ، ފުލުހުން ގާއިމުވެތިބޭ މަގުސަދުތައް ހާސިލުކުރުމަށް ހިންގޭ މަސައްކަތުގައި ރައްޔިތުންގެ އިތުބާރާއި ޔަގީންކަމާއި އަދި ފުލުހުންގެ މަސައްކަތަށް ރައްޔިތުންގެ އެއްބާރުލުން ހޯދަން ވަރަށް ގިނަ މަސައްކަތްތަކެއް އަދިވެސް ފުލުހުން ކުރަންޖެހިފައިވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ ކޯރ މިޝަން ހާސިލުކުރުމަށް ޝައުގުވެރިކަމާއި ޖޯޝާއެކުގައި މަސައްކަތްތަކެއް ކުރެވެންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އުންމީދަކީ މި މަގުން މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ފުލުހުންގެ ޚިދުމަތުގައި ތިބި، މި ކޯހުގެ ދަސްވެނިންފަދަ ޚިދުމަތްދާރު އަދި ތަޖުރިބާކާރު އޮފިސަރުން ކުރިއެރުން ހޯދައި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށް ވަރަށް ސާބިތުކަމާއެކީ މަސައްކަތްކުރަމުން ގެންދިއުންކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް