Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިންޑިއާގެ ދަނޑުވެރިން

ގަދަ ވިއްސާރާގައި ބޮޑުވި ފެންގަނޑާއެކު އިންޑިއާ ދަނޑުވެރިންގެ ޖަޒުބާތުތައް ބަންޑުންކޮށްލައިފި

26 އޯގަސްޓު 2022 | ހުކުރު 10:44

އިންޑިއާގެ 2.7 ޓްރިލިއަން ޑޮލަރުގެ އަގުހުރި އިގުތިސޯދުގެ 15 ޕަސެންޓް ހިއްސާ ކުރަނީ ދަނޑުވެރިކަން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 26 އޯގަސްޓު 2022 | ހުކުރު 10:44
ދަނޑުވެރިން ބުނާ ގޮތުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން، އެމީހުންގެ ދަނޑުބިންތައް ވަނީ އެކީއެކައްޗަކަށްހެން ސުންނާފަތިވެ، ހަލާކުވެފައި

ދަނޑުވެރިން ބުނާ ގޮތުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން، އެމީހުންގެ ދަނޑުބިންތައް ވަނީ އެކީއެކައްޗަކަށްހެން ސުންނާފަތިވެ، ހަލާކުވެފައި

މޫސުމީ ނޭދެވޭ ބަދަލުތަކުގެ ވާހަކައަކީ ހަމައެކަނި ސިޔާސީ ޕޯޑިއަމްތަކުގައި އަނެކާއަށް ވުރެ ބޮޑު މަޤުބޫލުކަމެއް ހޯދަން ދައްކާ ވާހަކައެއް ކަމަށް ދުށް ޒަމާން މާޒީ ވެއްޖެ ކަމުގައި ޤަބޫލު ކުރަން މިއަދު މިވަނީ މަޖުބޫރުވެފައެވެ. 

ދުނިޔޭގެ އެކި ހިސާބުތަކަށް، މޫސުމީ ގޮތުން ބޮޑެތި ބަދަލުތަކެއް އައިސް، ދިރިއުޅުމުގެ ހުރިހާ ކަމެއްހެން އެފުށް މިފުށަށް ޖަހާލާފައި ވަނީ ވިސްނާވެސް ނުލާ ތިއްބައެވެ. އެއްބައި ސަރަހައްދުތަކަށް އާދަޔާ ޚިލާފު ގަދަ ހޫނާއެކު ހަނަފަސްކަން ކުރިމަތިވެފައި ވާ އިރު، ގަދަ ވިއްސާރައިގެ ސަބަބުން މުޅި ދިރިއުޅުން ފެނު އަޑީގައި ޣަރަޤުވެފައިވާ މީހުންގެ އަދަދުވެސް މަދެކޭ ނުދެންނެވޭނެއެވެ. އެފަދަ އެއް ބަޔަކީ، ދިވެހި މުޖުތަމައުވެސް އެ ބައެއްގެ އުފެއްދުންތަކަށް ފަރިތަ، އަވަށްޓެރި އިންޑިއާގެ ދަނޑުވެރިންނެވެ.

އިންޑިއާގެ މެދުތެރޭ ހިސާބުތަކަށް، ހުއްޓުމެއް ނެތި ކުރަމުން ދާ ގަދަ ވިއްސާރައިގެ ސަބަބުން ދަނޑުބިންތައް ވަނީ މުޅިންހެން ސުންނާފަތިވެފައެވެ. އިންޑިއާގެ މެދުތެރޭ ހިސާބުތަކުގެ ދަނޑުބިންތަކުގެ އުފެއްދުންތައް ހަލާކުވެފައި ވާ އިރު، އާންމު ދިރިއުޅުމުގެ ކަންކަންވެސް އޮތީ މަޑުޖެހުމެއްގައެވެ. 

އާދަޔާ ޚިލާފު ގަދަ ވިއްސާރައިގެ ސަބަބުން ވިދިއްސާ ސިޓީގެ ބިތުވާ ކޯރުގެ ފެންގަނޑު ބޮޑުވެ، ރަށު ތެރެއަށް ބަންޑުންވެފައި ވާ އިރު، ދަނޑުބިންތަކާއި އާންމު ގެދޮރުތައްވެސް މިއަދު އޮތީ ފެނު އަޑީގައެވެ.

ދަނޑުވެރިން ބުނާ ގޮތުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން، އެމީހުންގެ ދަނޑުބިންތައް ވަނީ އެކީއެކައްޗަކަށްހެން ސުންނާފަތިވެ، ހަލާކުވެފައެވެ. އެތައް ސަތޭކަ ހެކްޓަރެއްގެ ދަނޑުބިން އޮތީ ފެނުއަޑީގައެވެ. އެ ދަނޑުތަކުގައި މައިގަނޑު ގޮތެއްގައި ހުރީ، ގިނަ ބައެއްގެ ކެއިންބުއިމުގެ ތާވަލުގެ ބޮޑު ހިއްސާއެއް އޮންނަ ގޮދަނެވެ. 

އިންޑިއާގެ އެކި ހިސާބުތަކަށް ކުރަމުން ދާ ގަދަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ތަޖުރިބާ ކުރަން ޖެހުނު އަވަށްތަކުގެ އަދަދު، ގާތްގަނޑަކަށް 300 އަށް އަރައެވެ. ޒަރޫރީ ސާމާނު ހޯދުމަށްޓަކާ، އެހެން އަވަށްތަކަށް ދަނީވެސް ރަށު ތެރޭގައި ބޮޑުވެފައިވާ ފެންގަނޑު ތެރޭގައި ފަތާފައެވެ. 

އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، އެންމެ ބޮޑަށް ގެއްލުންވި ސަރަހައްދުތަކުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރި މީހުންގެ އަދަދު 7500 އަށް ވުރެ މައްޗަށް އަރައެވެ. 

ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ އިގުތިސޯދުތަކުގެ ތެރޭގައި ގުނާލެވޭ އިންޑިއާގެ 2.7 ޓްރިލިއަން ޑޮލަރުގެ އަގުހުރި އިގުތިސޯދުގެ 15 ޕަސެންޓް ހިއްސާ ކުރަނީ ދަނޑުވެރިކަމެވެ. 1.3 ބިލިއަން މީހުންގެ އާބާދީގެ 2 ބައިކުޅަ 1 ބައި މީހުންނަކީ ދަނޑުވެރިކަމުގެ ސިނާއަތާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅިފައިވާ މީހުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

ކޮފީ ވަސްދުވާ ސްޓޭމްޕް އިންޑިއާގައި ނެރެފި

29 އެޕްރީލު 2017
ކޮފީ ވަސްދުވާ ސްޓޭމްޕް އިންޑިއާގައި ނެރެފި
18 އެޕްރީލު 2017

ރަވީނާގެ "މާތުރް" އިންޑިއާގެ ސެންސަރު ބޯޑުން ހިފަހައްޓައިފި

18 އެޕްރީލު 2017
ރަވީނާގެ "މާތުރް" އިންޑިއާގެ ސެންސަރު ބޯޑުން ހިފަހައްޓައިފި
17 އެޕްރީލު 2017

އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން

17 އެޕްރީލު 2017
އިންޑިއާގެ ރައީސްގެ އަތްޕުޅުން ސޯނަމް އަށް އެވޯޑް ލިބޭތީ ބައްޕަ އަނިލް އުފަލުން
07 އެޕްރީލު 2017

އިންޑިއާގެ ގައުމީ ލަވަ އަދި ދިދައާ ނުލައި ޑަންގަލް ޕާކިސްތާނުގައި ނުދެއްކޭނެ

07 އެޕްރީލު 2017
އިންޑިއާގެ ގައުމީ ލަވަ އަދި ދިދައާ ނުލައި ޑަންގަލް ޕާކިސްތާނުގައި ނުދެއްކޭނެ
07 މާރިޗު 2017

އެއަރ އިންޑިއާގެ އަންހެން މުވައްޒަފުން ދުނިޔެ ވަށާ ދަތުރުކޮށް ރެކޯޑެއް ހަދައިފި

07 މާރިޗު 2017
އެއަރ އިންޑިއާގެ އަންހެން މުވައްޒަފުން ދުނިޔެ ވަށާ ދަތުރުކޮށް ރެކޯޑެއް ހަދައިފި
20 ފެބުރުއަރީ 2017

62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި

20 ފެބުރުއަރީ 2017
62 ވަނަ ބޮލީވުޑް ފިލްމްފެއާ އެވޯޑް ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވައިފި
09 ފެބުރުއަރީ 2017

އިންޑިއާ އަންހެނެއްގެ ބޮލުތެރެއިން ދިރޭ ކުރަތްޕެއް ޑޮކްޓަރުން ނަގައިފި

09 ފެބުރުއަރީ 2017
އިންޑިއާ އަންހެނެއްގެ ބޮލުތެރެއިން ދިރޭ ކުރަތްޕެއް ޑޮކްޓަރުން ނަގައިފި
06 ފެބުރުއަރީ 2017

އަމަލް ކްލޫނީ ބަލިވެ އިންކަމަށް ބުނާ އަޑު އަނެއްކާވެސް ގަދަވެއްޖެ

06 ފެބުރުއަރީ 2017
އަމަލް ކްލޫނީ ބަލިވެ އިންކަމަށް ބުނާ އަޑު އަނެއްކާވެސް ގަދަވެއްޖެ
13 ޖެނުއަރީ 2017

އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި

13 ޖެނުއަރީ 2017
އިންޑިއާގެ 14 އަހަރުގެ ކުއްޖަކު މައިން ބޮން ދެނެގަންނަ ޑްރޯންއެއް އުފައްދައިފި
07 ޖެނުއަރީ 2017

ދީޕިކާގެ ހޮލީވުޑް ޑެބިއުޓް "ޓްރިޕަލް އެކްސް: ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" މުމްބާއީގައި ކުލަގަދަކޮށް ޕްރިމިއާރ ކުރުމަށް ތައްޔާރީތައް ވަނީ!

07 ޖެނުއަރީ 2017
ދީޕިކާގެ ހޮލީވުޑް ޑެބިއުޓް "ޓްރިޕަލް އެކްސް: ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" މުމްބާއީގައި ކުލަގަދަކޮށް ޕްރިމިއާރ ކުރުމަށް ތައްޔާރީތައް ވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް