Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަސްތުވާތަކެތި އަތުލައިގަތުން

އޮސްޓްރޭލިއާގެ އެންމެ ބޮޑު ޑްރަގް ބަސްޓް: ބިލިއަން ޑޮލަރަށް އަގު އަރާ

އެތަކެތީގެ މަގުމަތީ އަގު 1.6 ބިލިއަން އެމެރިކާ ޑޮލަަރަށްވުރެވެސް މަތިވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 އޯގަސްޓު 2022 | ހުކުރު 08:34
މަސްތުވާތަކެތި ބަންދުކޮށްފައި ހުރީ މާރބަލް މުށިގަނޑުތަކެއް ބަހައްޓާފައިވާ ކޮންޓެއިނަރުތަކެއްގެ ތެރޭގައި

މަސްތުވާތަކެތި ބަންދުކޮށްފައި ހުރީ މާރބަލް މުށިގަނޑުތަކެއް ބަހައްޓާފައިވާ ކޮންޓެއިނަރުތަކެއްގެ ތެރޭގައި

އޮސްޓްރޭލިއާގެ ފުލުހުން ގާތްގަނޑަކަށް 2 ޓަނުގެ ޑްރަގު އަތުލައިގެންފިއެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން މިއީ އެ ޤައުމުގެ ތާރީޚުގައިވެސް އެއްފަހަރާ އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެން ފަހަރެވެ. އެގޮތުން މިފަހަރު އަތުލައިގެންފައިވަނީ 1800 ކިލޯގްރާމްގެ މެތަމްފެޓެމިންއެވެ. އެތަކެތި އަތުލައިގެންފައިވަނީ ސިޑްނީ ބަނދަރުގައި ހުރި ޝިޕިންގ ކޮންޓެއިނަރުތަކަކުންނެވެ.

އެ ކޮންޓެއިނަރުތަކަކީ މާރބަލް މުށިގަނޑުތަކެއް ބަހައްޓާފައިވާ ކޮންޓެއިނަރުތަކެކެވެ. އެގޮތުން ޑްރަގް ފޮރުވާފައި ހުރީ އޭގެ ތެރޭގައިކަމަށް ރިޕޯޓުތައް ބުނެއެވެ.

ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެތަކެތީގެ މަގުމަތީ އަގު 1.6 ބިލިއަން އެމެރިކާ ޑޮލަަރަށްވުރެވެސް މަތިވާނެއެވެ.

މި މައްސަލައާ ގުޅިގެން މިހާރު 3 މީހަކު ހައްޔަރު ކޮށްފައިވާއިރު، އެމީހުންނަކީ މެދުއިރުމަތިން މިތަކެތި އޮސްޓްރޭލިއާއަށް އެތެރެކުރިކަމުގެ ތުހުމަތުވާ މީހުންނެވެ. އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މިއީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކަކާއި ގުޅުންހުރި މައްސަލައެއްކަމަށް ބެލެވެއެވެ.

އެ ޤައުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުންވެސް ވަނީ އެހައި ބޮޑު އަދަދަކުން އެއްވެސް ޖެހިލުމެއް ނެތި މަސްތުވާތަކެތި އެތެރެ ކުރުމަކީ އެމީހުންނަށްވެސް ހައިރާންކަން ގެނުވި ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އޮސްޓްރޭލިއާގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުން އަންނައިރު، އެކަމުގެ ސަބަބުން ޖިނާއީ ބޮޑެތި ކުށްތައްވެސް އިތުރުވަމުންދާކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އެ ޤައުމަކީ މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ގިނަ އަދަދަކަށް މެތަމްފެޓެމިން ބޭނުންކުރާ އެއް ޤައުމުކަމަށް ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ. އެގޮތުން އެ ޤައުމުގެ އާބާދީގެ 6 އިންސައްތަ މީހުން މި ޑްރަގް ބޭނުންކޮށްފައިވާކަމަށް މާހިރުން އަންދާޒާ ކުރެއެވެ. އެއީ ގާތްގަނޑަކަށް އާބާދީގެ 1.2 މިލިއަން މީހުންނެވެ.

މިމަހުގެ ކުރީކޮޅު ވެސް އެ ޤައުމުގެ ފުލުހުން ވަނީ ސިޑްނީގެ ބަނދަރު ކައިރިން 150 ކިލޯގްރާމްގެ މެތަމްފެޓެމިން އަތުލައިގެންފައެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
12 ފެބުރުއަރީ 2017

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު