Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެއްކާބެހޭ ޤާނޫނު

މަސްދަރު ހާމަކުުރަން އެންގުމުގެ ބާރު ހައިކޯޓަށް ލިބިދޭ ގޮތަށް ހެއްކާބެހޭ ޤާނޫނަށް އިސްލާޙެއް ހުށައަޅަނީ

ކޮމިޓީން ހެއްކާބެހޭ ބިލުގެ 136 ވަނަ މާއްދާއަށް އިސްލާހުތަކެއް ގެނެސްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 އޯގަސްޓު 2022 | ހުކުރު 08:18
މަސްދަރު ހާމަކުުރަން އެންގުމުގެ ބާރު ހައިކޯޓަށް ދިނުމަށް ހުށައެޅުމަށް ދަނީ މަޝްވަރާ ކުރަމުން

މަސްދަރު ހާމަކުުރަން އެންގުމުގެ ބާރު ހައިކޯޓަށް ދިނުމަށް ހުށައެޅުމަށް ދަނީ މަޝްވަރާ ކުރަމުން

މަސްދަރު ހާމަކުުރަން އެންގުމުގެ ބާރު ހައިކޯޓަށް ލިބިދޭ ގޮތަށް ހެއްކާބެހޭ ޤާނޫނަށް އިސްލާޙެއް ހުށައެޅުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑް އޮފް މޯލްޑިވްސް (އެމްއީޖީ)ން ތައްޔާރުވެއްޖެއެވެ.

ހެއްކާބެހޭ ބިލުގައި ހިމެނޭ އުސޫލުގެ ސަބަބުން ނޫސްވެރިންނާއި ޢާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި، އެ ބިލުގެ ކަމާބެހޭ މާއްދާތައް މުރާޖައާކޮށް، އެ ބިލަށް ގެންނަންޖެހޭ އިޞްލާހުތައް ގެނައުމުގެ މަސައްކަތް އެމްޖޭއޭއިން ވަނީ ފަށާފައެވެ. އެގޮތުން އެމްޖޭއޭއިން ވަނީ ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް އެ އެސޯސިއޭޝަނުން އެކުލަވާލާފައިވާ އިސްލާހުތަކަށް ހިޔާލު ހޯދުމަށް ހުޅުވާލާފައެވެ.

Advertisement - newsAdvertisement

އެ އިސްލާހުތަކަށް ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ 2 ސެޕްޓެމްބަރު 2022 ގެ މެންދަމު 12:00 އެވެ.

މަސްދަރު ހާމަކުރުމުގެ މައްސަލައިގައި، ނޫސްވެރިންނާއި ކަމާބެހޭ އިދާރާތަކުގެ ކަންބޮޑުވުން ހުރުމާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ހެއްކާބެހޭ ބިލަށް، ޖުޑިޝަރީ ކޮމިޓީން އެކި ފަރާތްތަކާ ބައްދަލުކޮށް އިސްލާހު ހުށައެޅިއެވެ. އަދި ބައްދަލުކުރި ފަރާތްތަކުގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނާއެކު ބައްދަލުވުންތައް ބާއްވައި ކަންބޮޑުވުންތައް ހިއްސާކުރިއެވެ.

އަދި އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މިނިވަން ދިމިގްރާތީ މުޖުތަމައުތަކުގައި ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ރިއާޔަތްކޮށް، ކޮމިޓީން ހެއްކާބެހޭ ބިލުގެ 136 ވަނަ މާއްދާއަށް އިސްލާހުތަކެއް ގެނެއެވެ.

ހެއްކާބެހޭ ބިލުގެ 136 ވަނަ މާއްދާއަށް، އެކި ފަރާތްތަކާ ބައްދަލުކުރުމަށްފަހު 136 ވަނަ މާއްދާގެ (ހ)ށް ގެނައި އިސްލާހުގައި ބުނެފައިވަނީ، ނޫސްވެރިއެއްގެ ހައިސިއްޔަތުން، އެ ނޫސްވެރިޔަކަށް އެއްވެސް ފަރާތަކުން މައުލޫމާތެއް ދީފައިވަނީ މަސްދަރު ހާމަނުކުރާނެކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއް ނުވަތަ ދީފައިވާ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިން ފަރާތެއްގެ ރުހުމާނުލައި، އެ ފަރާތެއް ހާމަކޮށްދޭ ނުވަތަ ހާމަވުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އެއްވެސް ފަރާތަކުން މަޖުބޫރުކޮށްގެން ނުވާނެކަމަށެވެ.

އަދި 136 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ 136 ވަނަ މާއްދާގެ (ހ)ގައި އެހެން އޮތްނަމަވެސް، ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި، ތަހުގީގުކުރާ ފަރާތުން ނުވަތަ ޕްރޮސެކިއުޓަރ ޖެނެރަލް ނުވަތަ ތުހުމަތު ކުރެވޭ ފަރާތުން ނުވަނަ ދައުވާލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން، ވަކި ހާލަތެއްގައި އެ މަސްދަރު ހާމަކުރުމަށް ޝަރީއަތުން އަމުރުކުރެވިދާނެކަމަށެވެ.

އެގޮތުން މަސްދަރު ހާމަކުރުމަށް އަމުރުކުރެވޭނީ 8 ކަމަކަށް ރިއާޔަތްކުރުމާއެކު، މަދަނީ މިންގަނޑުން އެކަންކަން ސާބިތުވާނަމަ ކަމަށެވެ.

އެހެންނަމަވެސް އެ ބިލަށް އިސްލާޙުތަކެއް ހުށައެޅުމަށް އާންމުންގެ ހިޔާލަށް އެމްޖޭއޭއިން މިވަނީ ހުޅުވާލާފައެވެ.

ހެއްކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2022/11) ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައި ވަނީ 18 ޖުލައި 2022 ގައެވެ. މި ބިލަކީ، 2022 ޖޫން 30 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 6 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. އެގޮތުން މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއި ގުޅިގެން 18 ޖުލައި 2022 ގައި ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު