Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީޗަރ ރިޕޯޓް

ދިރިއުޅުމުގެ ބޮޑެތި ސައްލާތައް ޓިކްޓޮކް ލައިވްގައި!

26 އޯގަސްޓު 2022 | ހުކުރު 07:59

ޓިކްޓޮކްގައި ކުރިއަށްގެންދާ ބައެއް ބަހުސްތަކަކީ އާއްމުންގެ ތެރޭގައި ކުރުން ރަނގަޅު ނޫން ފަދަ ބަހުސްތައް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 26 އޯގަސްޓު 2022 | ހުކުރު 07:59
ޓިކްޓޮކް

ޓިކްޓޮކް

ބައެއް މީހުންނަކީ އެމީހުންގެ ދިރިއުޅުމުގެ ކަންކަން ސޯޝަލް މީޑިއާގައި އާއްމު ކުރަން ބޭނުންވާ ބައެކެވެ. ދިރިއުޅުމުގައި ކުޑަ އުފަލެއް ލިބުނު ނަމަވެސް ކުޑަ ދެރަކަމެއްވި ނަމަވެސް ވަގުތުން ސޯޝަލް މީޑިއާގައި އެ ޕޯސްޓް ކޮށްލަން ކެތްމަދުވެފައި ތިބޭ މީހުން އުޅެއެވެ. މިގޮތަށް މިހާރު ފާހަގަ ކުރެވޭ އެއް ޕްލެޓްފޯމަކީ ޓިކްޓޮކްއެވެ.

ރާއްޖޭގެ ގިނަ ބަޔަކު މިހާރު ޓިކްޓޮކް ބޭނުން ކުރެއެވެ. އެޕްލެޓްފޯމުގައި ވީޑިއޯ ހަދާ ހުރިހާ ކްރިއޭޓަރުންނަކީ ވެސް މިހާރު ދިވެހިން ދަންނަ މޫނުތަކަށް ވަނީ ވެފައެވެ. އެހެންކަމުން ގިނަ ބަޔަކަށް މި ފަރާތްތަކުގެ ދިރިއުޅުމުގައިވާ ކަންކަން ވަރަށް ޝައުގުވެރިވެއެވެ. އެއީ ދިރިއުޅުމުގެ ކަންކަން ޓިކްޓޮކްގެ ޒަރީއާއިން ބެލުންތެރިންނާ ހިއްސާ ކުރާތީއެވެ.

ޓިކްޓޮކްގައި މިހާރު އެންމެ ހިނގަނީ ލައިވްތަކެވެ. މިއީ ވީޑިއޯ ކްރިއޭޓް ކުރާ ފަރާތްތައް ވަގުތުން އެ މީހުންގެ ބެލުންތެރިންނާ ނުވަތަ "ފޭނުންނާ" ބައްދަލުކޮށްލާ ވަގުތެކެވެ. އެތައް ގަޑިއިރެއް މި ލައިވްގައި މީހުން ހޭދަ ކުރެއެވެ. ލައިވްއަށް ކޮމެންޓު ކުރާ މީހުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމާއި އެ މީހުން ކުރާ ބައެއް ކަހަލަ ޓާސްކުތައް ފުރިހަމަ ކުރުން ފަދަ ކަންކަން ކުރުމުގައެވެ.

އެހެންނަމަވެސް މިހާރު އެންމެ އާއްމު ކަމަކީ މި ލައިވްގައި ތިބެގެން ދިރިއުޅުމާ ގުޅޭ ވާހަކަތައް މަޝްވަރާ ކުރުމެވެ. އެއްބަޔަކު ލައިވްގައި ތިބެގެން މާ ފޮޅުވައި، ކައިވެންޏާ ހިސާބަށް ދާއިރު އަނެއް ބަޔަކު ވަރިވަނީ ވެސް މި ލައިވްގެ ތެރެއިންނެވެ. ދެމަފިރިންގެ ޒުވާބު ލައިވްގައެވެ. އަނެއްބަޔަކު ކައިބޮއި ހަދަނީ ވެސް ލައިވްގެ ތެރެއިންނެވެ. ބައެއް މީހުން ލައިވްގައި ބަރަހަނާ ވެސް ވަނީއެވެ.

މިހާރު އެންމެ ބޮޑަށް ހިނގާ ބަހުސަކަށް ވެފައި އޮތީ ރާއްޖޭގައި ޓިކްޓޮކް ކުޅޭ ދެ ދިވެއްސެއްގެ ކައިވެނީގެ ވާހަކައެވެ. ދެ މީހުންނަށް ކައިވެނި ނުކުރެވިގެން އުޅޭ ވާހަކައާއި ކައިވެނި ނުކުރެވިގެން އުޅޭ ސަބަބުތަކުގެ ވާހަކައެވެ. މިވާހަކަތަކަށް ވެސް ހާއްސަ ކޮށްގެން ލައިވްތައް ކުރިއަށްގެންދެއެވެ. މި ވާހަކަތައް ދައްކާއިރު ލައިވްގައި ތިބެނީ ކައިވެނި ކުރަން ބޭނުންވާ ދެ މީހުންނެވެ. ދެން ތިބެނީ ދެ މީހުންގެ ފަރާތުން ވާހަކަދައްކާ މީހުންނާއި މޮޑަރޭޓަރެވެ. އެހެން ގޮތަކަށް ބުނާނަމަ، ގާޒީ އާއި ދެ ހެކިވެރިންނާއި ކައިވެނި ކުރާ ދެ މީހުންނެވެ.

މި ލައިވްގައި ދައްކާ ވާހަކަތަކަކީ އާއްމުކޮށް މީހުން އެކަނިތިބެ ސިއްރިއްޔާތުގައި ދައްކާ ވާހަކަތަކެވެ. އެއީ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި މިފަދަ ވާހަކަތައް އާއްމުންގެ ތެރޭގައި ދެއްކުމަކީ މާ ރަނގަޅު ގޮތަކަށް ނުވާތީއެވެ. ދަރިންގެ ވާހަކަތަކާއި ދެމަފިރިންގެ ވާހަކަތައް ލައިވް ތެރޭގައި ދައްކާއިރު އެވާހަކަތައް އެ އިވެނީ މުޅި ދުނިޔެއަށް ކަމެއް ހިތަށް ވެސް ނާރަނީއެވެ. ލައިވް ބަލާ ބައެއް ފަރާތްތަކުން ވެސް އެފަދަ ވާހަކަތައް ނުދެއްކުމަށާއި އެފަދަ މަޝްވަރާތައް ނުކުރުމަށް ވެސް އެދެއެވެ.

ލައިވްގައި އެ ވާހަކަ ދައްކަނީ އެވާހަކަތައް އަޑު އިވޭނީ ހަމައެކަނި ލައިވް ބަލަން ތިބި މީހުންނަށް ކަމަަށް ހީކޮށް ކަމަށް ވެސް ވެދާނެއެވެ. ގިނަ ފަހަރު މިކަހަލަ ވާހަކަތައް ދައްކަނީ ދަންވަރު ވަގުތުގައި ކަމަށްވުމުން ލައިވް ބަލާ މީހުންގެ އަދަދު އެހާ ގިނައެއް ނޫނެވެ. ނަމަވެސް ލައިވް ބަލާ ބައެއް ފަރާތްތަކުން މި ލައިވްތައް ރެކޯޑު ކުރެއެވެ. އެއަށްފަހު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކަށް އެ ވީޑިއޯތައް ދޫކޮށްލައެވެ.

ތިމާގެ ދިރިއުޅުމުގައިވާ ކަންކަން ހިއްސާކުރަން ވާނީ ވަރަށް އިތުބާރު ހިފޭ، ތިމާއާ މެދު ހެޔޮ އެދޭ މީހުންނާއެވެ. ނަމަވެސް މިހާރު އެއްވެސް ވަރަކަށް "ޕްރައިވަސީ" އަކަށް ބެލުމެއް ނެތެވެ. އަމިއްލަ ދިރިއުޅުމުގައި ހުރި ގޯސްކަންކަމާއި ރަނގަޅު ކަންކަން އަދި ކޮންމެހެން ސިއްރު ކުރަން ޖެހޭ ކަންކަން ވެސް ބަންޑުން ކޮށްލަނީ އެއްކަލަ ޓިކްޓޮކް ލައިވްއަށެވެ. މުޅި ދުނިޔެއަށް ފެންނަ ގޮތަށެވެ. މިއީ ރަށު ރައްޔިތުން އެއްކޮށްގެންތިބެ ޒުވާބު ކުރުން ފަދަ ކަމެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2018

ކަރީނާގެ އަތުގައި ހުރި އަގުބޮޑެތި ތަކެތި އިނގޭތަ؟

27 ސެޕްޓެމްބަރު 2018
ކަރީނާގެ އަތުގައި ހުރި އަގުބޮޑެތި ތަކެތި އިނގޭތަ؟
05 ޖުލައި 2018

އެމްޑީޕީގެ ޖަޒީރާ ދިރިއުޅުމުގެ ވައުދުން ތަރައްގީ އާއި ހިތްހަމަޖެހުން

05 ޖުލައި 2018
އެމްޑީޕީގެ ޖަޒީރާ ދިރިއުޅުމުގެ ވައުދުން ތަރައްގީ އާއި ހިތްހަމަޖެހުން
23 ޖޫން 2018

އެމްޕީއެލްގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް!

23 ޖޫން 2018
އެމްޕީއެލްގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް!
01 ފެބުރުއަރީ 2018

ދިރިއުޅުމުގެ އުފާވެރިކަން ފޭރިގަތް ކުލި!

01 ފެބުރުއަރީ 2018
ދިރިއުޅުމުގެ އުފާވެރިކަން ފޭރިގަތް ކުލި!
11 ޖެނުއަރީ 2018

ޗައިނާގެ "ފަށުވި މަގު" ގައި ބޮޑެތި ވަޅުގަނޑުތަކާއި ހުރަސްތައް

11 ޖެނުއަރީ 2018
ޗައިނާގެ "ފަށުވި މަގު" ގައި ބޮޑެތި ވަޅުގަނޑުތަކާއި ހުރަސްތައް
05 ޑިސެމްބަރު 2017

ބޮޑެތި ލޯނުތައް ނެގި، އެޅީ ޖީބަށް! ޒަމީރު، ކޮނޑުހުޅުން ނެއްޓޭވަރަށް އަތްޖަހަންވީ ނޫންތޯ؟

05 ޑިސެމްބަރު 2017
ބޮޑެތި ލޯނުތައް ނެގި، އެޅީ ޖީބަށް! ޒަމީރު، ކޮނޑުހުޅުން ނެއްޓޭވަރަށް އަތްޖަހަންވީ ނޫންތޯ؟
20 ނޮވެމްބަރު 2017

މުސާރަ ބޮޑުކުރަނީ! ދިރިއުޅުމުގެ ފެންވަރު މަތިވާނީ ކިހާ ވަރަކަށް؟

20 ނޮވެމްބަރު 2017
މުސާރަ ބޮޑުކުރަނީ! ދިރިއުޅުމުގެ ފެންވަރު މަތިވާނީ ކިހާ ވަރަކަށް؟
21 އޮކްޓޯބަރު 2017

ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

21 އޮކްޓޯބަރު 2017
ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް
01 މާރިޗު 2017

އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް

01 މާރިޗު 2017
އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް