Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރެއިޑުކުރުން

ޓްރަމްޕް ދިރިއުޅުއްވާ ރިސޯޓުން 700ށްވުރެ ގިނަ ސަފުހާގެ ސިއްރު ލިޔެކިޔުންތައް އަތުލައިގެންފި

25 އޯގަސްޓު 2022 | ބުރާސްފަތި 11:09

މި ލިޔެކިޔުންތަކެއް ހޯދާފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 އޯގަސްޓު 2022 | ބުރާސްފަތި 11:09
ޑޮނަލްޑް ޓްރަމްޕް

ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިރިއުޅުއްވާ ރިސޯޓުން 700ށްވުރެ ގިނަ ސަފުހާގެ ސިއްރު ލިޔެކިޔުންތައް އަތުލައިގެންފައިވާކަމަށް އެ ގައުމުގެ ގައުމީ އަރުޝީފުން ބުނެފިއެވެ.

ރިޑާގެ ޕާމް ބޯޗުގެ މާރް-އަ-ލާގޯގައި ހުންނަ ޓްރަމްޕުގެ ރިސޯޓުން ގިނަ އަދަދެއްގެ ސިއްރު ލިޔެކިޔުންތަކެއް ހޯދާފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު ފެޑެރަލް ބިޔުރޯ އޮފް އިންޓެލިޖެންސް (އެފް.ބީ.އައި)ން ޖެހި ރެއިޑެއްގައެވެ.

އެ ރެއިޑުގައި އެފް.ބީ.އައިން ވަނީ ވައިޓް ހައުސްގެ ލިޔެކިޔުންތައް ހުރި 20 ފޮށިގަނޑު ހޯދާފައެވެ. އޭގެތެރޭގައި އެމެރިކާގެ ޤައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތުގެ މައްޗަށް އެކުލެވޭ ސިއްރު ލިޔެކިޔުންތައް ހިމެނެއެވެ.

އެ ގައުމުގެ ގައުމީ އަރުޝީފުން ޖަނަވަރީ މަހުވެސް ވަނީ ޓްރަމްޕް ވަގަށް ގެންދަވާފައިވާ ގިނަ އަދަދެއްގެ ލިޔެކިޔުންތައް ހޯދާފައެވެ. ޓްރަމްޕްގެ ފްލޮރިޑާގައި ހުންނަ އެސްޓޭޓް، މަރ އަ ލާގޯއަށް ވަދެ މިމަހުގެ ކުރީކޮޅު އެފްބީއައިން ގެންދިޔަ ފައިލްތައް ބެލުން ހުއްޓުވައިދިނުމަށް އެދިވަޑައިގެން ޑޮނަލްޑް ޓްރަމްޕް ވަނީ ކޯޓަށްވެސް ވަޑައިގެންފައެވެ.

ޓްރަމްޕްގެ ގާނޫނީ ވަކީލުން ވަނީ އެފައިލްތައް ތަހުގީގުކުރުމުގެ މައްސަލަ މިނިވަން ވަކީލެއްގެ ބެލުމުގެ ދަށުން ކުރިއަށް ދާގޮތަށް ނިންމައިދިނުމަށްވެސް ކޯޓުގައި އެދިފައެވެ.

އޮގަސްޓް 8 ވަނަ ދުވަހު އެފްބީއައިގެ ޚާއްސަ އޭޖެންޓުންގެ 24 މެމްބަރުންގެ ގްރޫޕަކުން ވަނީ ކުއްލި ގޮތަކަށް ޓްރަމްޕްގެ ބިޔަ ގަނޑުވަރު މަރ އަ ލާގޯއަށް ވަދެ، އެތަން ބަލައި ފާސްކޮށް، 11 ސެޓުގެ "ކްލެސިފައިޑް" ޑޮކިއުމަންޓުތަކެއް އެތަނުން ނަގާފައެވެ. ރިޔާސީ ގަނޑުވަރުގެ ޑޮކިއުމަންޓެއް އެއްވެސް ގޮތަކަށް އެތަނުން ނެރުމަކީ އެމެރިކާގައި ގާނޫނީ ކުށެކެވެ. އެހެންކަމުން ޑޮކިއުމަންޓުތަކަށް ފަރުވާކުޑަކުރެއްވިކަމުގެ ދައުވާ ވަނީ ޓްރަމްޕްގެ މައްޗަށް ކުރެވިފައެވެ.

އެމެރިކާގެ ގާނޫނުގެ ދަށުން ހުރިހާ ރައީސުން ވެސް އެބޭފުޅުން ގެންގުޅުއްވި ޑޮކިއުމަންޓުތަކާއި އީމެއިލްތައް، ސަރުކާރުން ބަލަހައްޓާ ނެޝަނަލް އާރކައިވްއަށް ބަދަލުކުރަންޖެހެއެވެ. އެފްބީއައިގެ މި ތަހުގީގަކީ ޑޮނަލްޑް ޓްރަމްޕްގެ މަގާމުގެ މުއްދަތު ހަމަކުރައްވައި ވަޑައިގެންނެވިއިރު، މިގޮތަށް އާރކައިވްއަށް ނުލައި އަމިއްލަ ގަނޑުވަރަށް ޑޮކިއުމަންޓްތައް ގެންދަވާފައިވާތީ ކުރާ ތަހުގީގެކެވެ.

ޓްރަމްޕް ވަނީ އޭނާ ކުށެއް ނުކުރައްވާކަމަށާއި އޭނާ ގެންދެވި ޑޮކިއުމަންޓްތަކަކީ ކްލެސިފައިޑް ނޫން ޑޮކިއުމަންޓްތަކެއްގެ ގޮތަށް ބަދަލުކޮށްފައިވާ ލިޔުންތަކެއްކަމަށް ވިދާޅުވެފައެވެ.

ފްލޮރިޑާގެ ކޯޓަށް ހޯމަ ދުވަހު ޓްރަމްޕްގެ ފަރާތްޕުޅުން ހުށައެޅި 27 ސަފުހާގެ ޑޮކިއުމަންޓްގައި ވަނީ، ޖަސްޓިސް ޑިޕާޓްމަންޓުން އެކުރާކަމަކީ ޓްރަމްޕް އަލުން ރައީސްކަމަށް ކުރިމަތިލެއްވުން ހުއްޓުވާލެވޭނެ ސަބަބެއް ހޯދުންކަމަށް ތުހުމަތުކޮށްފައެވެ. 

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް