Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން

ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން: ރަނގަޅު ފެށުމެއް

އެންމެ ބޮޑު އެއް ގޮންޖެހުމަކީ މުޖުތަމައުން އެ ފަރާތްތައް ބަލައިނުގަތުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 އޯގަސްޓު 2022 | ބުރާސްފަތި 11:19
ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަންގެ ފުރަތަމަ ޕްރޮގްރާމް ކާމިޔާބުކަމާއެކު މިވަނީ ނިންމާލާފައި

ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަންގެ ފުރަތަމަ ޕްރޮގްރާމް ކާމިޔާބުކަމާއެކު މިވަނީ ނިންމާލާފައި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން ގައިދީންނަށް ހިންގި ފުރަތަމަ ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު މިވަނީ ނިންމާލާފައެވެ. މިއީ ރާއްޖޭގެ ޖަލެއްގައި މިހާ ފުޅާކޮށް، އެންމެން ގުޅިގެން ހިންގުނު ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމަށްވާއިރު، މިއީ ރަނގަޅު ފެށުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ މޫލާފައިވާ މިންވަރަށް ބަލާއިރު، އެކަމުން އަރައިގަނެވޭ މިންވަރާ ގާތަށްވެސް މަސްތުވާތަކެތީގެ ފަރުވާ ފޯރުކޮށް ނުދެވޭކަން މިއީ ފެންނަން އޮތް ހަގީގަތެކެވެ. އޭގެ އެއް މިސާލަކީ މަސްތުވާތަކެތީގެ ފަރުވާ ފޯރުކޮށްދިނުމުގެ ޒިންމާ ހަވާލުވެފައިވާ މުއައްސަސާކަމަށްވާ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)އާމެދު އާންމުންގެ އޮތް ނިމުމެއް ނެތް ޝަކުވާތަކެވެ. އެގޮތުން އެގޮތުން ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ދެވޭ ފަރުވާ މިހާރަށްވުރެ ހަރުދަނާކުރަން ގޮވާލުމުގެ އިތުރުން، އެންޑީއޭގެ ބޯޑު ބަދަލުކުރަން ގޮވާލައި އެތައް ބަޔަކު މީގެ ކުރިން އިހުތިޖާޖުތައްވެސް ކޮށްފައިވެއެވެ.

ރާއްޖޭގެ ޖަލުތަކަށް ބަލާއިރު، ޖަލުގައި ތިބި ގައިދީންގެ 70 އިންސައްތައަށްވުރެ ގިނަ މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ހިމެނޭ މީހުންނެވެ. އެހެންކަމަށްވާއިރު، ޑްރަގް ކޯޓާއި އެންޑީއޭއާއި ކަރެކްޝަންސްގެ މެދުގައި މި އޮތް ބޮޅުގެތެރޭގައި އެ ފަރާތްތައް ތާށިވުމުގެ ބަދަލުގައި، ޖަލުގައި ތިބެގެން ފަރުވާ ހޯދޭނެ ގޮތް ވުމަކީ ގައިމުވެސް މި މަސައްކަތަށް ލިބިގެންދާނެ އިތުރު ފަސޭހައެކެވެ. މަސްތުވާތަކެތީގެ މައްސަލަތަކަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އިޖްތިމާއީ މައްސަލައަށްވާއިރު، މި ވަބާއިން ސަލާމަތްވުމަށް އައު ގޮތްތަކެއް މިއަދު މިވަނީ ހޯދަންޖެހިފައެވެ.

ކުށްތަކުން އަރައިގަނެ، ވަކިން ޚާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ފަރުވާ ހޯދުމަށްފަހު އެ ފަރާތްތަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މުޖުތަމައުން އެ ފަރާތްތައް ބަލައިނުގަތުމެވެ. ވަޒީފާ ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކެވެ. އާންމު ދިރިއުޅުމަށް ފައި ހަމަކުރުމުގައި ކުރިމަތިވާ ހުރަސްތަކެވެ.

ފުރަތަމަ ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފަރުމާ ކުރެވިފައިވަނީ މި ދެންނެވި ހުރަސްތައް ގިރާކުރުމަށް މަގުކޮށައިދޭގޮތަށެވެ. އެގޮތުން މި ޕްރޮގްރާމަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ގައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުމަށް، އެ ފަރާތްތަކަށް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ފަށާ ޕްރޮގްރާމެކެވެ. 

މިސާލެއްގެ ގޮތުން "ސެޓްފިކެޓް 1 އިން ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން" ކޯހަކީ މި ޕްރޮގްރާމްގެ ދެވަނަ މަރުހަލާގެ ތެރެއިން ކުރިއަށްގެންދިޔަ ކޯހެކެވެ. ކުރިއަށް އޮތް ތަނުގައި މި ޕްރޮގްރާމް އިތުރަށް ފުޅާކުރުމަށް ރޭވިފައިވާއިރު، މިއީ ގައިދީން އަނބުރާ ހެޔޮ ގޮތުގައި މުޖުތަމައަށް ނެރުމަށް ހިފާފައިވާ އަމާޒުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

ކަރެކްޝަންސްގެ މިސްރާބު ރިހެބިލިޓޭޝަނަށް ބަދަލުކޮށް ވަކިން ރިހެބިލިޓޭޝަން ކޮމާންޑެއް އޮނިގަނޑުގައި އެކުލަވާލުމާ ދިމާއަށެވެ. ހަމައެއާއެކު، ގާނޫނީ އިސްލާހު ގެނެސް، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ގާނޫނު ތަންފީޒުކުރުމާއެކު، ފުރިހަމަ ރިހެބިލިޓޭޓިވް މެކޭނިޒަމެއް ގެނައުމަކީ މިއަދު އިދާރާތަކުގެ އަމާޒެވެ. މިއީ ގޮންޖެހުން ބޮޑު، ހުރަސްތައް ގިނަ މަސައްތަކަށްވީނަމަވެސް، މިއީ ގައިމުވެސް ރަނގަޅު ފެށުމެއްކަން ޔަގީނެވެ.

މަސްތުވާތަކެއްޗާ ގުޅިގެން ހުކުމް ތަންފީޒުކުރަމުންދާ 40 ގައިދީންނާއެކު މި ޕްރޮގްރާމް ފެށިނަމަވެސް، އެކި ސަބަބުތަކާހުރެ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ 32 ގައިދީންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިޔާސީ ބައެއް ބޭފުޅުންނަށް ރާއްޖޭގެ ފަނޑިޔާރުގެ ރަނގަޅުވެދާނެ!

ސިޔާސީ ބައެއް ބޭފުޅުންނަށް ރާއްޖޭގެ ފަނޑިޔާރުގެ ރަނގަޅުވެދާނެ!

07 ޖުލައި 2018
މި ޝަރުތުތައް އަދި މާބޮޑަށްވެސް ރަނގަޅު!

މި ޝަރުތުތައް އަދި މާބޮޑަށްވެސް ރަނގަޅު!

27 ޖޫން 2018
އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުން ރަނގަޅު ނިންމުމެއްތަ؟

އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުން ރަނގަޅު ނިންމުމެއްތަ؟

10 މެއި 2018
ހިދުމަތުގެ ފެންވަރު ރަނގަޅު ނުވާކަމުގައިވާނަމަ ކޮންކްރީޓް އިމާރާތަކުން ކުރާނެ ފައިދާއެއް އެބައޮތްތަ؟

ހިދުމަތުގެ ފެންވަރު ރަނގަޅު ނުވާކަމުގައިވާނަމަ ކޮންކްރީޓް އިމާރާތަކުން ކުރާނެ ފައިދާއެއް އެބައޮތްތަ؟

03 މެއި 2018
ފިނި ކޮޓަރިން ކުޅިވަރުގެ މައިދާނަށް، ކުރިމަގަށް އެޅުނު ރަނގަޅު ބިންގަލެއް

ފިނި ކޮޓަރިން ކުޅިވަރުގެ މައިދާނަށް، ކުރިމަގަށް އެޅުނު ރަނގަޅު ބިންގަލެއް

22 އެޕްރީލު 2018

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު