Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޓީޓީއެމް 2022

އެމްއެމްޕީއާރުސީއިން ޓީޓީއެމް 2022ގައި ބައިވެރިވެއްޖެ

ކޮންމެ އަހަރަކު ވެސް ޓީޓީއެމް ހަރަކާތްތަކުގެ ޒަރިއްޔާއިން 500ށް ވުރެ ގިނަ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންގެ މެދުގައި 3000ށް ވުރެ ގިނަ ޕްރީ-ޝެޑިއުލް ބައްދަލުވުން ބާއްވާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 އޯގަސްޓު 2022 | ބުރާސްފަތި 06:26
ޓީޓީއެމް 2022ގައި އެމްއެމްޕީއާރުސީން ވަނީ ބައިވެރިވެފައި

ޓީޓީއެމް 2022ގައި އެމްއެމްޕީއާރުސީން ވަނީ ބައިވެރިވެފައި

ލޯކަލް އަދި އިންޓަނޭޝަނަލް ޓޫރިޒަމް ސްޓޭކްހޯލްޑަރުންނާއި ގުޅުން ބަދަހިކޮށް ރާއްޖެ އިތުރަށް މާކެޓްކުރުމުގެ މަޤްސަދުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޓީޓީއެމް 2022ގެ އިވެންޓްތަކުގައި ބައިވެރިވެއްޖެވެއެވެ.

ޓީޓީއެމް އަކީ ރާއްޖޭގައި ބާއްވާ ފަތުރުވެރިކަމާ ބެހޭ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ހަރަކާތުގެ ދަށުން ހައިބްރިޑް އެކްޓިވިޓީތަކާއި ތަފާތު އިވެންޓްތައް ހިންގާއިރު، މީގެތެރޭގައި ޓީޓީއެމް ކަނެކްޓް، ޓީޓީއެމް ޓްރެވަލް ސަމިޓް، ޓީޓީއެމް އެވޯޑްސް އަދި ގާލާ ނައިޓް ހިމެނޭކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ. ކޮންމެ އަހަރަކު ވެސް ޓީޓީއެމް ހަރަކާތްތަކުގެ ޒަރިއްޔާއިން 500ށް ވުރެ ގިނަ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންގެ މެދުގައި 3000ށް ވުރެ ގިނަ ޕްރީ-ޝެޑިއުލް ބައްދަލުވުން ބާއްވާ ކަމަށާއި މި އިވެންޓް މެދުވެރިކޮށް އެއް ބިލިއަން ޑޮލަރުގެ އަގުހުރި ފަތުރުވެރިކަމުގެ ކޮންޓްރެކްޓްގެ މަޝްވަރާ ކުރެވޭނެ ކަމަށް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.

Advertisement - businessAdvertisement

ޓީޓީއެމް ކަނެކްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ މީރުމާ ކޮންފަރެންސް ފެސިލިޓީގައި އޮގަސްޓް މަހުގެ 23-25 އަށެވެ. ޓީޓީއެމް ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 25 ވަނަ ދުވަހުގެ ހެނދުނު ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. އަދި ކްރޮސްރޯޑްސްގައި ޓީޓީއެމް އެވޯޑްސް އަދި ގާލާ އިވެންޓް ބާއްވާނެއެވެ.

ޓީޓީއެމް ސަމިޓުގައި، "އިވޮލިއުޝަން އޮފް ޑެސްޓިނޭޝަން މާކެޓިންގ" މި މައުލޫގެ މައްޗަށް، އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފީސަރ އަދި މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބް މުހައްމަދު ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެކްސްޕާރޓް ސްޕީކަރެއްގެ ހައިސިއްޔަތުން ޕެނަލް ޑިސްކަޝަނެއްގައި ވެސް ތޮއްޔިބް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ.

ވިޒިޓް މޯލްޑިވްސް އަކީ ޓީޓީއެމް 2022ގެ ޑެސްޓިނޭޝަން ޕާޓްނަރެވެ. މީގެއިތުރުން އުރީދޫ މޯލްޑިވްސް، އައިޑިއާސް، ކްރޮސްރޯޑްސް މޯލްޑިވްސް، ޖަލްބޫޓް، އަލް ޝާލީ މެރިން، އެޗްއާރުއެސް، ލޮޓަސް ބައިކް ޝޮޕް، ރެޑް ކްރިއޭޓިވްސް، މެޑްޓެކް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އަކީވެސް މި ހަރަކާތުގެ ޕާޓްނަރުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށް އެމްއެމްޕީއާރްސީއިން ވަނީ ފާހަގަކޮށްފައެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ ރާއްޖޭ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ކަޑައަޅާފައިވާ ބަޖެޓު ސަރުކާރުން ތިން ގުނަ އިތުރުކުރެއްވުން ކަމުގައި އެމްއެމްޕީއާރްސީއިން ބުނެއެވެ. އަދި މިސިނާއަތުގެ އުސޫލުތައް ކަނޑައެޅުމުގައި ދާއިރާގެ މަސައްކަތްތެރިންނާއި ސްޓޭކްހޯލްޑަރުންނަށް ރައްކާތެރިކަމާއި، ރަގަނޅު މުސްތަޤްބަލެއް ޤާއިމްކުރުމަށް ރައީސް ޞާލިޙް އަދި މި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ހާއްސަ އިސްކަމެއްދޭ ކަމުގައިވެސް އެމްއެމްޕީއާރްސީއިން ވަނީ ފާހަގަކޮށްފައެވެ. އަދި މިކަމުގެ އަލިގަދަ އެއް ހެއްކަކީ 2019 ވަނަ އަހަރު ރާއްޖެއިން 1.7 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔުންކަމުގައި އެމްއެމްޕީއާރްސީއިން މައުލޫމާތުދެއެވެ. ވޭތުވެދިޔަ ދެ އަހަރު ދުނިޔެއިން ކުރިމަތިލި ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން ސިނާއަތައް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ، އިޤްދިސާދު އަނދަވަޅަކަށް ނުވެއްޓި ގައުމު ނެގެހެއްޓިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުގެ ތޫނުފިލި ވިސްނުންތެރި ނިންމެވުންތަކުގެ ސަބަބުން ކަމަށާއި މިގޮތުން 2020 ވަނަ އަހަރު ރާއްޖޭގެ ބޯޑަރު ތިން މަހު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލާ، ދާއިރާގެ އެންމެހާ ފަރާތްތައް ވެކްސިނޭޓްކޮށް، ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރުދަނާ އުސޫލުތައް އެކުލަވަލާ، ތަންފީޒުކުރުމުގެ ނަތީޖާއަކަށްވީ ރާއްޖެއިން ކޮވިޑްގެ ސަބަބުން ކުރިމަތި ގޮންޖެހުންތަކުން އަރައިގަތުމަށް ފަސޭހަވިކަމެއް ކަމަށްވެސް އެމްއެމްޕީއާރްސީއިން ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ދާއިރާއަކަށް ދިގުދެމިގެންދާ އަސަރުތަކެއް ކުރިކަމެކެވެ. އެމްއެމްޕީއާރްސީއިން ބުނީ އެފަދަ ދަނޑިވަޅުގައި އެމްއެމްޕީއާރުސީފަދަ ޑެސްޓިނޭޝަން މާކެޓިންގ ކުންފުނިތަކަށް ޖެހުނީ ދުވަހުންދުވަހަށް ބަދަލުވަމުން އަންނަ ހާލަތްތަކަށް އެޑެޕްޓްވުމަށްޓަކައި މާކެޓިންގ ސްޓްރެޓެޖީތައް އަލުން ވިސްނައި ބައްޓަންކުރަން ކަމަށެވެ. ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީއިން ހަމައެކަނި ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ހިންގާފައިވާކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ބާއްވާފައިވާ ކަމަށާއި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ހިންގާފައިވާކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަން ކަމުގައި އެމްއެމްޕީއާރްސީއިން ފާހަގަކުރެއެވެ. އެމްއެމްޕީއާރުސީގެ އުންމީދަކީ ރައީސް ޞާލިޙް ކަނޑައެޅުއްވި ލަނޑުދަޑިއެކޭ އެއްފަދައިން މިއަހަރު ރާއްޖެއިން 1.6 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔާ، މިއަހަރުވެސް 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ހާސިލްކުރުން ކަމުގައި އެމްއެމްޕީއާރްސީއިން ބުނެއެވެ.

އެމްއެމްޕީއާރުސީން ޓީޓީއެމް ކަނެކްޓްގައި ބައިވެރިވަމުން އަންނަނީ ލޯކަލް އަދި އިންޓަނޭޝަނަލް ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއެކު ރާއްޖެ އިތުރަށް ދުނިޔޭގެ ފެންވަރުގައި ޕްރޮމޯޓްކުރެވޭނެ ގޮތްތައް ދެނެގަނެ މަޝްވަރާކުރުން ކަމުގައި ވެސް އެމްއެމްޕީއާރްސީއިން ބުނެއެވެ. މި އިވެންޓް މެދުވެރިކޮށް މަސައްކަތް ކުރާނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ރާއްޖޭގެ ޕްރޮޑަކްޓްތައް މާކެޓްކޮށް، ފަތުރުވެރިންނަށް މި މަންޒިލުން ލިބޭ ތަފާތު ތަޖުރިބާތައް ޕްރޮމޯކުރުމަށް ކަމަށާއި މި އިވެންޓުގައި ހޮޓެލިއަރުންނާއި އެއަރލައިންތަކާއި ކީ ސްޓޭކްހޯލްޑަރުން ހިމެނޭ ގޮތަށް 150 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 30 މާކެޓުގެ ޓޮޕް އޮޕަރޭޓަރުންނާއި ބައްދަލުވުމުގެ ފުރުސަތުވެސް ފަހިކޮށްދޭ ކަމުގައި އެމްއެމްޕީއާރްސީއިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވާރލްޑް ޓްރެވަލް މާކެޓްގައި ރާއްޖެއިން ބައިވެރިވެއްޖެ

ވާރލްޑް ޓްރެވަލް މާކެޓްގައި ރާއްޖެއިން ބައިވެރިވެއްޖެ

04 ނޮވެމްބަރު 2018
ސްވިސް އިންޓަރނޭޝަނަލް އެގްޒިބިޝަން 2018ގައި ރާއްޖެއިން ބައިވެރިވެއްޖެ

ސްވިސް އިންޓަރނޭޝަނަލް އެގްޒިބިޝަން 2018ގައި ރާއްޖެއިން ބައިވެރިވެއްޖެ

03 ނޮވެމްބަރު 2018
އިންޑިޔާ އިންޓަރނޭޝަނަލް ޓްރެވެލް މާޓްގައި މަޓާޓޯއިން ބައިވެރިވެއްޖެ

އިންޑިޔާ އިންޓަރނޭޝަނަލް ޓްރެވެލް މާޓްގައި މަޓާޓޯއިން ބައިވެރިވެއްޖެ

29 ޖުލައި 2018
އިޓަލީގެ އެންމެ މަޤްބޫލު ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

އިޓަލީގެ އެންމެ މަޤްބޫލު ޓްރޭޑް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

12 އޮކްޓޯބަރު 2017
ޓީޓީއެމް އަކީ ފަތުރުވެރިކަމުގެ ދައިރާގެ ވިޔަފާރިތަށް އިޝްތިހާރު ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް: ވިޔަފާރިވެރިން

ޓީޓީއެމް އަކީ ފަތުރުވެރިކަމުގެ ދައިރާގެ ވިޔަފާރިތަށް އިޝްތިހާރު ކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް: ވިޔަފާރިވެރިން

12 ޖުލައި 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު