Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް، މަގާމުން ރިޓަޔަރ ކުރައްވައިފި

ސުހައިލް އެޗްޑީސީއާ ގުޅިވަޑައިގަތީ 2001 ވަނަ އަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 އޯގަސްޓު 2022 | ބުދަ 13:59
ސުހައިލް އަހުމަދު

ސުހައިލް އަހުމަދު

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ސުހައިލް އަހުމަދު ރިޓަޔަރކުރައްވައިފިއެވެ.

ސުހައިލް އެޗްޑީސީއާ ގުޅިވަޑައިގަތީ 2001 ވަނަ އަހަރު، ހުޅުމާލޭގެ ބިންހިއްކުމާއި ތަރައްގީގެ މަސައްކަތްތަކަށް ވަކި އިދާރާއެއް އުފެދުމާއެކުއެވެ. އޭނާ ވަނީ މިވޭތުވެދިޔަ އަހަރުތަކުގައި އެޗްޑީސީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ހުޅުމާލޭގައި 200 އާއިލާ އެންމެ ފުރަތަމަ އާބާދުވީއިރުވެސް ސުހައިލް ދިޔައީ އެޗްޑީސީގައި މަސައްކަތްކުރައްވަމުންނެވެ.

މީގެއިތުރުން އޭނާއަކީ، ހުޅުމާލޭގައި މީހުން ވަޒަންވެރިވަމުންދިޔައިރު ރައްޔިތުންނަށް އިތުރު ބޯހިޔާވަހިކަން ބޭނުންވާކަން ފާހަގަކުރައްވައި، ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަތް ބޭފުޅެކެވެ.

ބިޔޯންޑް ހުޅުމާލޭގެ ނަމުގައި އަތޮޅުތަކަށްވެސް އެޗްޑީސީގެ ތަޖުރިބާ ގެންދިއުމުގެ މަސައްކަތްވެސް އޭނާ ވަނީ ފައްޓަވާފައެވެ. ސަރުކާރުގެ އެންމެ ބޮޑު އެސްއޯއީއަކަށް އެޗްޑީސީ ވީއިރު ސުހައިލަކީ ފާއިތުވެދިޔަ 4 ވެރިކަމުގައިވެސް އެޗްޑީސީގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

ސުހައިލް މަގާމުން ރިޓަޔަރކުރެއްވުމާ ގުޅިގެން އެޗްޑީސީން ވަނީ، އޭނާ ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

މާފުށީ ކައުންސިލްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި

20 އެޕްރީލު 2017
މާފުށީ ކައުންސިލްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި
20 އެޕްރީލު 2017

ހައިކޯޓުގެ ރަޖިސްޓްރާ ހަސަން އަލީ މަގާމުން ވަކިކޮށްފި

20 އެޕްރީލު 2017
ހައިކޯޓުގެ ރަޖިސްޓްރާ ހަސަން އަލީ މަގާމުން ވަކިކޮށްފި
26 މާރިޗު 2017

މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު

26 މާރިޗު 2017
މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު
26 މާރިޗު 2017

މަސީހު މަގާމުން ދުރުކުރެވޭނެ، ވީހާވެސް ގިނަ ރައްޔިތުން ހޯމަ ދުވަހު މާލެ އަރަންވީ: އަލީ ނިޔާޒު

26 މާރިޗު 2017
މަސީހު މަގާމުން ދުރުކުރެވޭނެ، ވީހާވެސް ގިނަ ރައްޔިތުން ހޯމަ ދުވަހު މާލެ އަރަންވީ: އަލީ ނިޔާޒު
24 މާރިޗު 2017

ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"

24 މާރިޗު 2017
ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު