Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދީމާ ތަމްރީނު ހޯދަން ފްރާންސަށް

ދީމާ މިމަހު ފްރާންސަށް ފުރާނެ

24 އޯގަސްޓު 2022 | ބުދަ 09:50

ރަފާއާއި އެހެން ކުޅުންތެރިން ދާނީ ކްރޮއޭޝިޔާއަށް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 24 އޯގަސްޓު 2022 | ބުދަ 09:50
ފާތިމަތު ދީމާ އަލީ

ފާތިމަތު ދީމާ އަލީ

ސްކޮލަރޝިޕްގައި ރާއްޖޭގެ އެއްވަނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ފްރާންސަށް މިމަހު ފުރާނެއެވެ.

ކިޔެވުންވެސް ހިމެނޭ ގޮތަށް ދީމާ ތަމްރީނު ހޯދުމަށް ފްރާންސަށް ފުރާ ދުވަސް ޔަޤީން ނުވި ނަމަވެސް ވިސާގެ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިމަހު 28 ގެ ކުރިން ދީމާ ފްރާންސަށް ދާންޖެހޭކަމަށް ޓޭބަލް ޓެނިސް އެސޯސިއެޝަންގެ ނައިބުރައީސް އިބްރާހީމް ޝިއުރީ ވިދާޅުވިއެވެ. ދީމާ ފްރާންސްގައި ދެ އަހަރު ތަމްރީނު ހޯދާނެއެވެ. ދީމާ ވަނީ މީގެކުރިންވެސް ރައްޖެއިން ބޭރުގައި ތަމްރީނު ހޯދާފައެވެ. ސްރީލަންކާއާއި ތައިލެންޑްގައިވެސް ދީމާ ވަނީ ތަމްރީނު ހޯދާފައެވެ. އަދި އެދެ ޤައުމުގެ މުބާރާތްތަކުގައިވެސް ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދިއެވެ. ދީމާއަކީ އިންޑިވިޖުއަލް އެންމެ ގިނަ މެޑަލް ރާއްޖެއަށް ހޯދައިދެމުން އަންނަ އެތްލީޓެވެ. ދީމާ ސްކޮލަރޝިޕްގައި ފްރާންސަށް ފުރާކަން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްވެސް މީގެކުރިން ވަނީ އިއުލާންކުރައްވާފައެވެ.

ދީމާގެ އިތުރުން ރައްޖޭގެ ސީނިއަރ ޓީމްގައި ހިމެނޭ ޒުވާން އެހެން ބައެއް ކުޅުންތެރިން ކްރޮއޭޝިޔާއަށް ފުރަންވެސް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އައިޝަތު ރަފާ ނާޒިމްއާއި, ޝައްފާން އިސްމާއީލްއާއި, މުހައްމަދު ތާބިން ސުޖާއު ތަމްރީނު ހޯދާނީ ކްރޮއޭޝިޔާގައެވެ. އެކުޅުންތެރިންވެސް ވިސާގެ ކަންކަން ފުރިހަމަކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި އެކުޅުންތެރިން ކްރޮއޭޝިޔާއަށް ދާނެއެވެ. ކްރޮއޭޝިޔާގައި އެކުޅުންތެރިން 6-12 މަހާ ދެމެދުގެ މުއްދަތެއްގައި ތަމްރީނު ހޯދާނެކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

އަންހެން ޓީޓީ ޓީމްގެ އިތުރުން ފިިރިހެން ޓީމުންވެސް މިހާރު އަންނަނީ ކުރިއެރުން ހޯދަމުންނެވެ. ދެ އަހަރެއްގެ ތެރޭގައި އެޓީމުންވެސް މެޑަލް ހޯދާނެކަމަށް އެސޯސިއޭޝަނުން އުއްމީދުކުރެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

23 މެއި 2019

ދީމާގެ ތަމްރީން ހަރަދުތަކާ ހަވާލުވާން ޔޫތު މިނިސްޓްރީން ނިންމައިފި

23 މެއި 2019
ދީމާގެ ތަމްރީން ހަރަދުތަކާ ހަވާލުވާން ޔޫތު މިނިސްޓްރީން ނިންމައިފި
18 މެއި 2019

ޖޫނިއާ ކެޑޭޓް އޯޕަން މުބާރާތުގެ ލޯ މެޑަލް ދީމާ ހޯދައިފި

18 މެއި 2019
ޖޫނިއާ ކެޑޭޓް އޯޕަން މުބާރާތުގެ ލޯ މެޑަލް ދީމާ ހޯދައިފި
13 މެއި 2019

އޭޝިއަން ޓީޓީ ހޯޕްސް އިވެންޓުން ދީމާ ރިހި މެޑަލް ހޯދައިފި

13 މެއި 2019
އޭޝިއަން ޓީޓީ ހޯޕްސް އިވެންޓުން ދީމާ ރިހި މެޑަލް ހޯދައިފި
12 މެއި 2019

އޭޝިއަން ޓީޓީ ހޯޕްސް އިވެންޓްގެ ސެމީއަށް ދީމާ

12 މެއި 2019
އޭޝިއަން ޓީޓީ ހޯޕްސް އިވެންޓްގެ ސެމީއަށް ދީމާ
23 އެޕްރީލު 2019

މަމެން އިންޓަރ ސްކޫލް ބައިކް ޗެމްޕިއަންޝިޕް މިމަހުގެ 26 އަދި 27 ވަނަ ދުވަހު

23 އެޕްރީލު 2019
މަމެން އިންޓަރ ސްކޫލް ބައިކް ޗެމްޕިއަންޝިޕް މިމަހުގެ 26 އަދި 27 ވަނަ ދުވަހު
27 ޖެނުއަރީ 2019

ސައުތު އޭޝިއަން ހޯޕްސް: ހުރިހާ މެޗަކުން މޮޅުވެ ރާއްޖޭގެ ދީމާ ރަން މެޑަލް ހާސިލްކޮށްފި

27 ޖެނުއަރީ 2019
ސައުތު އޭޝިއަން ހޯޕްސް: ހުރިހާ މެޗަކުން މޮޅުވެ ރާއްޖޭގެ ދީމާ ރަން މެޑަލް ހާސިލްކޮށްފި
10 ޖުލައި 2018

ވާރލްޑް ކަޕް: ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސަށް

10 ޖުލައި 2018
ވާރލްޑް ކަޕް: ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސަށް
22 އެޕްރީލު 2018

ދީމާ ރިހި މެޑަލް ހޯދިއިރު ރަފާ ލޯ މެޑަލް ހާސިލްކޮށްފި

22 އެޕްރީލު 2018
ދީމާ ރިހި މެޑަލް ހޯދިއިރު ރަފާ ލޯ މެޑަލް ހާސިލްކޮށްފި
22 މެއި 2017

ވެންގާގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުން މިމަހުގެ 27 ގައި

22 މެއި 2017
ވެންގާގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުން މިމަހުގެ 27 ގައި
09 މެއި 2017

ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތް، މިމަހުގެ 19 އިން 23 އަށް މާލޭގައި

09 މެއި 2017
ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތް، މިމަހުގެ 19 އިން 23 އަށް މާލޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް