Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޗާގޯސްގެ ޑިސްޕިއުޓް މައްސަލަ

ޗާގޯސް އައިލެންޑްސްގެ މައްސަލައިގެ ކަންކަން ރާއްޖެއިން ދަނީ ކައިރިން ބަލަމުން: އަސްލަމް

މަލިކު ރާއްޖެއިން ބަޔަކަށް ނުވަނީ ކީއްވެތޯ ޖާބިރު ސުވާލުކުރެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 އޯގަސްޓު 2022 | ބުދަ 05:17
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއާ ސުވާލުކުރެއްވުން

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއާ ސުވާލުކުރެއްވުން

ޗާގޮސް އައިލެންޑްސްގެ މައްސަލައިގެ ކަންކަން ރާއްޖެ އިން ދަނީ ކައިރިން ބަލަމުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މޮރިޝަސް އިން ޑިއާގޯ ގާސިއާގެ ސަރަހައްދީ ބާރުވެރިކަމާއި ގުޅޭގޮތުން ހައްގު ހޯދުމަށް މަސައްކަތް ކުރާ އިރު ރާއްޖެއިން މަލިކުގެ ސަރަހައްދީ މިލްކުވެރިކަން ހޯދުމަށް މަސައްކަތް ނުކުރަނީ ކީއްވެގެންތޯ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ބުދަ ދުވަހު މަޖިލީހުގައި ޖާބިރު ވަނީ މަލިކުގެ ސަރަހައްދީ މިލްކުވެރިކަމާ މެދު ސުވާލު އުފައްދާ، ރާއްޖެ އިން އެ މައްސަލަ ހައްލުކުރަން މަސައްކަތް ނުކުރަނީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ.

Advertisement - newsAdvertisement

ޖާބިރުގެ ވާހަކަފުޅާއި ގުޅިގެން އަސްލަމް ވަނީ އެއްވެސް އިރެއްގައި މަލިކަކީ ރާއްޖޭގެ ބައެއް ނޫން ކަަމަށާއި، މަލިކުގެ ސަރަހައްދީ ބާރުވެރިކަމާއި، އިން ކަނޑައަޅާފައިވާ ގޮތާއި މެދު ރާއްޖެއިން އެއްވެސް އިރެއްގައި ސުވާލުވެސް އުފައްދާފައި ނުވާ ކަަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ޗާގޮސް އައިލެންޑްގެ ސަރަހައްދީ އިން ކަނޑައެޅިފައިވާ ގޮތާ މެދު އިނގިރޭސިވިލާތާއި ދެމެދު ހިނގާ މައްސަލައިގައި ރާއްޖެއިން ވެސް ބައިވެރިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންނަމަވެސް އެ މައްސަލައިގައި ރާއްޖެއިން ވަކި ކޮޅަކަށް ވަކާލާތުކޮށް ބުރަ ނުވާނެ ކަމަށާއި ރާއްޖެއިން އެ މައްސަލައިގެ ކަންކަން ބަލަމުން ދަނީ ޗާގޮސްގެ ސަރަހައްދީ އިމުގެ މައްސަލަ އަކީ، ރާއްޖޭގެ މަސްލަހަތާއި ގުޅިފައިވާ ކަމަކަށް ވުމުން ކަމަށް ވެސް އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ.

ބައެއް ލިޔުންތެރިންގެ ލިޔުންތަކުގައި މަލިކަކީ ކުރިން ރާއްޖޭގެ ބައެއް ކަމަށް ލިޔުއްވާފައިވެއެވެ. އެހެންނަމަވެސް ތާރީހު ދިރާސާކުރައްވާ ބޭފުޅުންނާއި ބައެއް ލިޔުންތެރިން ވިދާޅުވާ ގޮތުން މަލިކުގެ މައްޗަށް ދިވެހިރާއްޖޭގެ ވެރީންގެ އަމުރު ބައެއް ފަހަރު ހިނގި ނަމަވެސް، މަލިކަކީ އެއްވެސް އިރެއްގައި ދިވެހިރާއްޖޭގެ ވެރިކަން އޮތް ރަށެއް ނޫނެވެ. އެހެންނަމަވެސް ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތް އިރު މަލިކު ވެސް އޮތީ އިނގިރޭސީންގެ ބެލުމުގެ ދަށުގައި ކަމަށާއި އެއީ ދެ ތަނެއްގެ ގޮތުގައި ކަމަށް އެފަދަ ބޭބޭފުޅުން ވިދާޅުވެއެވެ. އަދި އިނގިރޭސީންގެ އަތްދަށުން އިންޑިޔާ މިނިވަންވުމަށް ފަހު މަލިކުގައި ނެގި ވޯޓަކަށް ފަހު ރަސްމީކޮށް މަލިކު، އިންޑިޔާގެ ބައެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ. އެހެންނަނަމަވެސް މަލިކުގެ ސަގާފަތާއި ބަހުގައި ދިވެހިންނާއި އެއްގޮތްކަމެއް ހުރުމުން މަލިކާއި ރާއްޖެ އާއި ގުޅުންތަކެއް އޮތްކަން ދޭހަވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު