Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެލޭޝިޔާގެ ސިޔާސީ މަސްރަހު

ނަޖީބު ރައްޒާގުގެ ޖަލު ހުކުމް އެންމެ އިސް ކޯޓުން ދަމަހައްޓައިފި

23 އޯގަސްޓު 2022 | އަންގާރަ 14:14

ޕްރޮސެކިއުޓަރުން ބުނާގޮތުން ވަން އެމް.ޑީ.ބީން ނަޖީބު ވަނީ ޖުމްލަ 4،5 ބިލިއަން ޑޮލަރު ވަގަށްނަންގަވާފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 23 އޯގަސްޓު 2022 | އަންގާރަ 14:14
ނަޖީބު ރައްޒާގު، މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު

ނަޖީބު ރައްޒާގު، މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު

ކޮރަޕްޝަނާއި ވައްކަން އަދި މަނީ ލޯންޑަރިންގގެ ކުށުގައި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ކޮށްފައިވާ 12 އަހަރުގެ ޖަލު ހުކުމް އެގައުމުގެ އެންމެ މަތީ ކޯޓު ކަމަށްވާ ފެޑަރަލް ކޯޓުން ދަމަހައްޓައިފިއެވެ. މިއާއެކު، އުމުރުފުޅުން 69 އަހަރުގެ ނަޖީބު ރައްޒާގު ހިމެނިވަޑައިގަންނަވާނީ މެލޭޝިޔާގައި ޖަލު ހުކުމެއް ފުރިހަމަކުރައްވަން ޖެހިވަޑައިގަންނަވާނެ ފުރަތަމަ ބޮޑުވަޒީރަށެވެ. އަދި ކުރެވުނު 46 މިލިއަންޑޮލަރުގެ ޖޫރިމަނާވެސް ދައްކަވަން ޖެހިވަޑައިގަންނަވާނެއެވެ.

ކޮރަޕްޝަނާއި މަނީ ލޯންޑަރިންގ އަދި މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރެއްވިކަމުގެ ކުށުގައި ނަޖީބު ރައްޒާގުގެ މައްޗަށް ކުރެވުނު ދައުވާގައި ކުށް ސާބިތުވެ، ތިރީކޯޓަކުން ހުކުމްކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ނަމަވެސް 2018 ވަނަ އަހަރުން ފެށިގެން އޭނާ ހުންނެވީ ޝަރީއަތް ނިމެންދެން ކަފާލާތުގެ ދަށުން މިނިވަންކޮށްފައެވެ.

މައިގަޑު ދައުވާއަކީ ފައިސާގެ ބޮޑެތި މުއާމަލާތުތަކެއް ނަހަމަގޮތުގައި ހިންގެވުމެވެ. މިގޮތުން ފާހަގަކުރެވޭ އެންމެ ބޮޑު ކުށަކީ 42 މިލިއަން ރިންގިޓް (10 މިލިއަން ޑޮލަރު) ވަން އެމް.ޑީ.ބީ ކިޔާ މުހިންމު ސްޓޭޓް ފަންޑަކުން އަމިއްލަފުޅު ބޭންކް އެކައުންޓަކަށް ޖަމާ ކުރެއްވުމެވެ. އަދި އިތުރު 6 ދައުވާއެއްގެ ތެރެއިން 42 ދައުވާއެއްގެ ތަހުގީގު ދަނީ ކުރެވެމުންނެވެ.

ޕްރޮސެކިއުޓަރުން ބުނާގޮތުން، ވަން އެމް.ޑީ.ބީން ނަޖީބު ވަނީ ޖުމްލަ 4.5 ބިލިއަން ޑޮލަރު ވަގަށްނަންގަވާފައެވެ. އަދި ތަހުގީގީ ފަރާތްތަކުން ވަނީ މިހާރުވެސް އެއްބިލިއަން ޑޮލަރު, ނަޖީބާ ގުޅުންހުރި އެކި އެކައުންޓްތަކަށް ޖަމާކުރިކަން ހޯދިފައިވާކަމަށް ބުނެފައެވެ.

2018 ވަނަ އަހަރުން ފެށިގެން ނަޖީބު ރައްޒާގާއި އޭނާގެ އަރިސް ބޭފުޅުން ގުޅިގެން ފައިސާއަށް ބޮޑެތި އަދަދު ތަކުން ޚިޔާނާތްތެރިވަމުން ދާކަމުގެ އަޑުތައް އައީ ފެތުރެމުންނެވެ.

ނަޖީބު ގެންދަވަނީ އޭނާއަށް އަދަބު ދެވެމުން ދަނީ ސިޔާސީގޮތުން ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް ވެރިކަމުގައި އޮތީ ނަޖީބު ނިސްބަތްވެވަޑައިގަންނަވާ ޕާޓީކަމުން، އެއީ މާ ހަމަޖެހޭ ވާހަކަފުޅަކަށް ނުވެއެވެ.

ފެޑަރަލް ކޯޓުގެ ނިންމެވުމާއެކު ނަޖީބު 12 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

ފަހު ވަގުތުވެސް ހުކުމް ފަސްކުރެއްވޭތޯ ނަޖީބު ބެއްލެވިއެވެ. މިގޮތުން ފެޑަރަލް ކޯޓުގެ އެންމެ ފަހުގެ ނިންމުން އިއުލާންކުރުމުގެ ކުރިން، ދެމަސް ދުވަހަށް ފައިނަލް ވަރޑިކްޓް ފަސް ކުރުމަށާއި އަދި އިސް ފަޑިޔާރު ބަދަލު ކުރެއްވޭތޯ ނަޖީބު ރައްޒާގު ބެއްލެވިއެވެ. މިގޮތުން އިސްފަޑިޔާރުގެ ފިރިކަލުންނަކީ އޭނާއާ ދެކޮޅަށް ސޯޝަލް މީޑިޔާގައި ފާޑުފާޑު އެއްޗެތި ލިއުއްވާ ބޭފުޅެއް ކަމަށާއި، އެހެންކަމުން ގޮތް ނިންމަވާއިރު ފިރިކަލުންގެ ނުފޫޒު އިސް ފަޑިޔާރުގެ މައްޗަށް ފޯރާފައި އޮވެދާނެކަމަށް ވިދާޅުވިއެވެ. އަދި ނަޖީބުގެ ފަރާތްޕުޅުން އަލަށް އައްޔަން ކުރެވުނު ވަކީލުން މައްސަލައިގެ ތެރެޔަށް ވަނުމަށް އަދި ދެ މަސްދުވަސް ދެއްވުމަށްވެސް އެދި ވަޑައިގެންފައިވެއެވެ.

ނަމަވެސް ފެޑަރަލް ކޯޓުގެ އިސް ފަޑިޔާރު ވަނީ، މިއީ ވަރަށް ސާފުކޮށް ފެންނަން އޮތް، ކޮރަޕްޝަނާއި ވައްކަމުގެ މައްސަލައެއް ކަމަށާއި، ހައިކޯޓުގެ ހުކުމް ބަދަލުކުރަންޖެހޭ ސަބަބެއް ނެތްކަމުގައި ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
29 ޖެނުއަރީ 2017

ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި

29 ޖެނުއަރީ 2017
ގެމްބިޔާގެ ނަމުން އިސްލާމިކް އުނިކުރުމަށް ބެރޯ ނިންމަވައިފި
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް